ޓެލެގްރާމްގައި ކުށުގެ އަމަލުތައް ހިންގުމަށް ފުރުސަތު ލިބޭ މައްސަލައިގައި އޭގެ ވެރިޔާ ޕަވެލް ޑްރޯވް ފްރާންސުން ހައްޔަރުކުރުމަށް ފަހު ދައުވާ އުފުލައިފި އެވެ.
ޓެލެގްރާމްގައި ކުށުގެ އަމަލުތައް ހިންގުމަށް ފުރުސަތު ލިބޭ މައްސަލައިގައި އޭގެ ވެރިޔާ ޕަވެލް ޑްރޯވް ފްރާންސުން ހައްޔަރުކުރުމަށް ފަހު ދައުވާ އުފުލައިފި އެވެ.
އުމުރުން 39 އަހަރުގެ ބިލިއަނަރު ހައްޔަރުކުރިތާ ހަތަރު ދުވަސް ފަހުން ދައުވާތައް އުފުލައި އޭނާ މިހާރު ވަނީ ފަސް މިލިއަން ޔޫރޯގެ ކަފާލާތެއްގެ ދަށުން މިނިވަންކޮށްފަ އެވެ. އެކަމަކު އޭނާ ފްރާންސުން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ.
ޕްރައިވެޓް ޖެޓެއްގައި ފްރާންސަށް ދިއުމާ އެކު ހައްޔަރުކުރި ޑްރޯވް ކަފާލާތުގެ ދަށުން ދޫކޮށްލީ އިތުރު ޝަރުތުތައް ވެސް ކޮށްފަ އެވެ. ހަފްތާއަކު ދެ ފަހަރު ޕޮލިހަށް ރިޕޯޓްކުރުމާއި ފްރާންސުން ބޭރަށް ނުދިއުން އޭގެ ތެރޭގައި ހިމެނެ އެވެ.
އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ޓެލްގްރާމް ޕްލެޓްފޯމްގައި ކުށުގެ އަމަލުތައް ހިންގުމަށް ފުރުސަތު ދިނުމާއި ކަމާބެހޭ އިދާރާތަކުން އެދޭ ލިޔެކިޔުންތައް ހާމަނުކުރުމާއި ކުށުގެ އަމަލުތައް ހިންގާ ޖަމާއަތްތަކުން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ފެތުރުމަށް ފުރުސަތު ދިނުމާއި ޑްރަގް ޓްރެފިކިން އާއި މަނީ ލޯންޑަރިން ހިންގުމަށް ޓެލެގްރާމް ބޭނުންކުރުން ހިމެނެ އެވެ.
ޑްރޯވްގެ ވަކީލް ވިދާޅުވީ ޓެލެގްރާމްގައި އެހެން ބަޔަކު ހިންގާ އަމަލެއްގެ ޒިންމާ ޑްރޯވް އުފުލަން ޖެހުމަކީ ތާކުންތާކުޖެހޭ ކަމެއް ނޫން ކަމަށެވެ. ޓެލެގްރާމް ހިންގަނީ ޑިޖިޓަލް ޓެކްނޮލޮޖީއާ ގުޅޭ ގޮތުން ޔޫރަޕިއަން ޔުނިއަންގައި އަމަލުކުރާ މިންގަނޑުތަކުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
އެޕްލިކޭޝަނާ ގުޅުން ހުރި ކަންކަމުގެ އިތުރުން ކުރީގެ ބައިވެރިޔަކަށް ލިބިފައިވާ ފިރިހެން ދަރިއަކާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގި ކަމަށް ބުނާ ސީރިއަސް މައްސަލައެއް ވެސް ހިމެނެ އެވެ.
ޑްރޯވްގެ މިލްކިއްޔާތު 15.5 ބިލިއަން ޑޮލަރަށް އަރާ ކަމަށް ފޯބްސް މަޖައްލާއިން އަންދާޒާކުރެ އެވެ. އޭނާ އަކީ ބަނގުރާ ނުބޯ، އަހުލާގު ރަނގަޅު މީހެއްގެ ގޮތުގައި އޭނާ އަމިއްލައަށް ޕްރޮމޯޓްކުރެ އެވެ.
ޓެލެގްރާމްގެ ސީއީއޯ ފްރާންސުން ހައްޔަރުކޮށްފި
ޔުކްރެއިން ހަނގުރާމަ މެދުކަނޑާލަން ހުށަހަޅައިފި
ޑޮކްޓަރަކު ބެހުނު ބަލި މީހުންގެ އަދަދު 300 ގައި
ފްރާންސް އާއިލާ ފޮނުވާލަން ލިޔެކިޔުން އަދިވެސް ނުލިބޭ
ފްރާންސްގެ އާއިލާ ފޮނުވާލަނީ އެ މީހުން އެދިގެން
ވިސާނެތި ރާއްޖޭގައި އުޅޭ ފްރާންސްގެ އާއިލާ ފުރުވާލަނީ
ވިސާ ނެތި ފްރާންސްގެ އާއިލާއެއް ރާއްޖޭގައި 12 އަހަރު
ފްރާންސްގެ ސަރުކާރު ވެއްޓި ދާނެކަމުގެ ބިރު
ޗެނަލްތަކަށް ވަތް މީހުންނަށް ފިޔަވަޅު އަޅާނެ: ފުލުހުން
ބަރަހަނާ މަންޒަރުތައް އާންމުކުރީ ވަނަވަރު އެނގޭ ގޮތަށް