Roadha Mihaaru
ރަޝިޔާގެ "ސްޕައި ވޭލް" މަރުވެފައި އޮއްވައި ފެނިއްޖެ

ރަޝިޔާގެ "ސްޕައި ވޭލް" މަރުވެފައި އޮއްވައި ފެނިއްޖެ

02 ސެޕްޓެމްބަރ 2024

ރަޝިޔާ އިން ޖާސޫސްކުރުމަށް ތަމްރީންކޮށްފައިވާ ކަމަށް ތުހުމަތުކުރާ، ބޮޑުމަހުގެ އާއިލާގެ އެއްޗެއް ކަމަށްވާ ބެލޫގާ ވޭލް މަރުވެފައި އޮއްވައި ނޯވޭއިން ފެނިއްޖެ އެވެ.

ރަޝިޔާ އިން ޖާސޫސްކުރުމަށް ތަމްރީންކޮށްފައިވާ ކަމަށް ތުހުމަތުކުރާ، ބޮޑުމަހުގެ އާއިލާގެ އެއްޗެއް ކަމަށްވާ ބެލޫގާ ވޭލް މަރުވެފައި އޮއްވައި ނޯވޭއިން ފެނިއްޖެ އެވެ.

ހުދުކުލައިގެ މި މަހަކީ ރަޝިޔާގެ "ޖާސޫސެއް" 2019 ވަނަ އަހަރުން ފެށިގެން ކިޔަން ފެށީ މެރިން ބަޔޮލޮޖިސްޓުންނަށް އެ މަސް ފުރަތަމަ ފެނުނު އިރު އޭގެ ކަރުގައި ކެމެރާ ހަރުކުރެވޭ ގޮތަށް އަޅުވާފައިވާ ކަމަރަކާއި އޭގައި ރަޝިޔާގެ ނަން އޮތުމުންނެވެ.

އޭރު ނޯވޭގެ މެރިން ބަޔޮލޮޖިސްޓުން ވަނީ އެ ކަމަރު ނައްޓާލުމަށް ފަހު މަސް ދޫކޮށްލައިފަ އެވެ. ނޯވޭގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އެއީ ރަޝިޔާއިން ޖާސޫސްކުރުމުގެ ބޭނުމަށް ވޭލް ތަމްރީންކުރާ ތަނެއްގެ ރެރެއިން ދޫވެގެން އުޅޭ އެއްޗަކަށް ވެދާނެ އެވެ. އެހެން ބޮޑަށް ބެލެވެނީ އެ ވޭލް އިންސާނުންނާ ވަރަށް އެކުވެރިކޮށް ވެސް ފެންނާތީ ކަމަށް ބުނެފައިވެ އެވެ.

މި ތުހުމަތާ ގުޅޭ ގޮތުން ރަޝިޔާއިން ދުވަހަކު ވެސް ވާހަކައެއް ނުދައްކަ އެވެ.

ބެލޫގާ މަރުވެފައި އޮއްވައި ފެނުނީ މީގެ ހަތަރު އަހަރުން ކުރިން ފެށިގެން އެސޮރުގެ ހަރަކާތައް ބަލަމުން އައި ޖަމިއްޔާއެއް ކަމަށްވާ "މެރިން މައިންޑް" ގެ މީހަކަށެވެ. އެ ޖަމިއްޔާއިން ބުނީ ވޭލްގެ ބޭރުފުށުން އެއްވެސް ޒަހަމްވެސް ފެންނަން ނެތް ކަމަށެވެ. -- އޭއެފްޕީ