ދިވެހި ޕްރިމިއާ ލީގުގެ ބައެއްގެ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ހާއްސަކޮށްގެން އެފްއޭއެމް އިން ބާއްވަން ރޭވި ސައުތު ލީގު ބާއްވާވާފައި ނުވާތީވެ، އެ މުބާރާތް ސްޕޮންސާކުރަން އެސްޓީއޯ އިން ދިން 1.5 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް އިއްޔެ ޣައިރު ހާޒިރުގައި އަމުރުކޮށްފި އެވެ.
02 ސެޕްޓެމްބަރ 2024
ދިވެހި ޕްރިމިއާ ލީގުގެ ބައެއްގެ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ހާއްސަކޮށްގެން އެފްއޭއެމް އިން ބާއްވަން ރޭވި ސައުތު ލީގު ބާއްވާވާފައި ނުވާތީވެ، އެ މުބާރާތް ސްޕޮންސާކުރަން އެސްޓީއޯ އިން ދިން 1.5 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް އިއްޔެ ޣައިރު ހާޒިރުގައި އަމުރުކޮށްފި އެވެ.
އެސްޓީއޯ އިން ހުށަހެޅި މި މައްސަލައިގެ ދައުވާ ފޯމާއި ލިޔެކިޔުންތައް އެފްއޭއެމް އަށް ރައްދުކުރަން ކޯޓުން ކުރި މަސައްކަތް ކާމިޔާބުނުވުމުން، އެތަކެއްޗާ ހަވާލުވާން އެފްއޭއެމް ތަމްސީލްކުރާނެ މީހެއް ކޯޓަށް ހާޒިރުވުމަށް ވެސް އާއްމުކޮށް އިއުލާންކުރި އެވެ. ނަމަވެސް އެވަރުން ވެސް އެފްއޭއެމުން ލިޔެކިޔުންތަކާ ހަވާލުވެފައިނުވާތީ، އެ އެސޯސިއޭޝަނުން ދައުވާއަށް އިންކާރުކުރާ ކަމަށް ބަލައި، ޣައިރު ހާޒިރުގައި މައްސަލަ ނިންމީ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން ކޯޓުގައި ބުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެފްއޭއެމުން ސައުތު ލީގު ސްޕޮންސާކޮށްދޭން ޕްރޮޕޯސަލް ފޮނުވުމުން، އެކަމަށް ޝައުގުވެރިވެ ޖެހިގެން އައި އޮކްޓޫބަރުގައި ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކުރި ކަމަށެވެ.
އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން ތިން ފަހަރަކަށް ބަހާލައިގެން ފައިސާ ދިން ނަމަވެސް މުބާރާތް ފަށަން އެފްއޭއެމުން ބުނި ތާރީހު ކަމަށްވާ ޑިސެމްބަރު 4 ގައި މުބާރާތް ފަށާފައެއް ނުވެ އެވެ. އަދި މުބާރާތް ފެށޭނެ ދުވަހެއް ވެސް އަންގާފައިނުވާއިރު، އެކަން ސާފުކުރަން އެސްޓީއޯ އިން ފޮނުވި ސިޓީ އަށް ވެސް އެފްއޭއެމުން ޖަވާބެއް ދީފައެއް ނުވެ އެވެ.
އެއްބަސްވުމުގެ ދަށުން ތިން މަރުހަލާއަކަށް ބަހާލައިގެން އެސްޓީއޯ އިން ފައިސާ ދީފައިވީ ނަމަވެސް މުބާރާތް ފަށަން އެފްއޭއެމުން ބުނި ތާރީހު ކަމަށްވާ ޑިސެމްބަރު 4 ގައި ނުފެށި، ބޭއްވޭނެ ތާރީހެއް ވެސް އަންގާފައިނުވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި މުބާރާތް ފަށާނެ ދުވަހެއް އަންގަން އެސްޓީއޯ އިން ސިޓީއަކުން އެދުނު ނަމަވެސް އެފްއޭއެމުން އެއަށް ޖަވާބެއް ދީފައެއް ނުވެ އެވެ.
އެއްބަސްވުމުގައި އޮތް ގޮތުން އެފްއޭއެމުން އޭގެ މާއްދާއަކާ ނުވަތަ ދިވެހިރާއްޖޭގެ ގާނޫނަކާ ހިލާފުވެއްޖެ ނަމަ އެއްބަސްވުން ބާތިލުކުރުމުގެ ބާރު އެސްޓީއޯ އަށް ލިބެ އެވެ. އަދި އެފްއޭއެމްގެ މައްސަލައަކުން އެއްބަސްވުން ބާތިލުކުރާ ނަމަ 15 ދުވަހުގެ ތެރޭ ސްޕޮންސާޝިޕް ފައިސާ އެފްއޭއެމުން އަނބުރާ ދޭން ވެސް އެއްބަސްވުމުގައި ބުނެ އެވެ.
އެހެންވެ އެފްއޭއެމުން އެ އެސޯސިއޭޝަނުން ދިން ތާރީހަށް މުބާރާތް ބާއްވާފައިނުވާތީ އާއި ފަށާނެ ދުވަހެއް ވެސް އަންގާފައި ނުވާތީ އެއްބަސްވުން ބާތިލްކުރުމަށް ނޯޓިސްދީ 15 ދުވަހުގެ ތެރޭ ފައިސާ ދޭން އެސްޓީއޯ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންގި އެވެ.
ނަމަވެސް އެކަމަށް ވެސް އެފްއޭއެމުން އިޖާބަދީފައިނުވާތީވެ އެސްޓީއޯ އިން މައްސަލަ ކޯޓަށް ހުށަހެޅީ އެވެ. އެ ހުރިހާ ކަމަކަށާއި، އެސްޓީއޯ އިން ހުށަހެޅި ލިޔެކިޔުންތަކަށް ބަލައި ސިވިލް ކޯޓުން ހުކުމްކުރީ އެއްބަސްވުން ބާތިލްވެފައިވާތީވެ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ގެ ކުރިން އެ ފައިސާ ކޯޓަށް ދައްކައި ހަލާސްކުރުމަށެވެ.
އެފްއޭއެމް އަށް ފީފާ އާއި އޭއެފްސީން ދޭ އެހީ އާއި ސްޕޮންސަރުންދޭ ފައިސާ އަށް އެ އެސޯސިއޭޝަނުގެ ވެރިން ހިޔާނަތްތެރިވެފައިވާ ކަމުގެ ތުހުމަތުކުރެވި، އެފަދަ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. ފީފާ އިން ވަނީ އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެފަދަ މައްސަލައެއްގެ ތުހުމަތުގައި ސަސްޕެންޑް ވެސް ކޮށްފަ އެވެ.
އެފްއޭއެމް މިވަގުތު ހިންގަމުން އަންނަނީ ފީފާ އިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ. ފީފާ އިން އެ ކޮމިޓީ އަށް ދީފައިވާ އެންމެ ބޮޑު މެންޑޭޓަކީ ވެސް އެފްއޭއެމް އިން ގެއްލިފައިވާ ފައިސާތައް ހޯދުމާއި، ދަރަންޏާއި، މާލީ ކަންކަމާ ގުޅޭ ހިސާބުތައް އެކުލަވާލުމެވެ.
އެފްއޭއެމުން ފައިސާ ނުދީގެން މީގެ ކުރިން ވެސް ކޯޓުން މައްސަލަތައް ނިންމާފައިވެ އެވެ. އަދި ކޯޓަށް ހުށަނާޅާ ވެސް ވަރަށް ގިނަ މައްސަލަތައް އެބަހުއްޓެވެ. ކުޅުންތެރިންނާއި، ރެފްރީންނަށް ވެސް އުޖޫރަ ނުދޭ މައްސަލަތައް ފެންމަތިވެފައިވެ އެވެ.
ބޮޑު ދެ މެޗަށް ހަ ކުންފުންޏަކުން ސްޕޮންސާ ދީފި
ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު
އެފްއޭއެމް މައްސަލާގައި އަމިން އަށް ވެސް ދައުވާކޮށްފި
ބައްސާމްގެ ފްލެޓް މައްސަލަ: ބެންޗުން ވެސް ނުބެލި
ބައްސާމްގެ ދެވަނަ ވަކީލު ވެސް މައްސަލަ ދޫކޮށްލައިފި
އެފްއޭއެމްގެ ހިޔާނަތް: ބައްސާމަށް އިތުރު ދައުވާތަކެއް
ބައްސާމްގެ އެޕާޓްމެންޓްމައްސަލަ ފަނޑިޔާރުންގެ ރިވިއުއަށް
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި
ބައްސާމްގެ ދެ ޕެންޓްހައުސްގެ މައްސަލަ ހައި ކޯޓަށް