25 އޯގަސްޓް 2016
ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅޭ މެޗު އަދި ބަންގްލަދޭޝްއާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗުގެ ސްޕޮންސަރުންނާ އެކު އެފްއޭއެމް އިން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅޭ މެޗު އަދި ބަންގްލަދޭޝްއާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗުގެ ސްޕޮންސަރުންނާ އެކު އެފްއޭއެމް އިން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މި ދެ މެޗަށް ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސީ އެލައިޑް އިންޝުއަރެންސާއި އުރީދޫ އެވެ. ސިލްވާ ޕާޓްނަރުންނަކީ ހޮޓެލް ޕާޓްނަރު ޖުމެއިރާ ވިއްޓަވެއްލި، އެސްޓީއޯ، ވިލާ ޓްރެވަލްސް ވެސްޓަން ޔޫނިއަން އަދި އޯލް ސްޕޯޓްސް އެވެ.
އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް އެވެ. ވިލާ ޓްރެވަލްސްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ފަރުހަތު އަބްދުލް ލަތީފް ސޮއިކުރެއްވިއިރު، އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒް އެވެ. ޖުމެއިރަ ވިޓަވެލިގެ ފަރާތުން ރިލޭޝަން މެނޭޖަރު އަބްދުލް އަޒީޒް ސޮއިކުރެއްވިއިރު، އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އަހުމަދު ރިޔާޒީ އެވެ. އަދި އޯލް ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަން މެނޭޖަރު އަހުމަދު ނިޝާން އެވެ.
އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައްސާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ އަށް ވިޔާފާރިތަކުންނާއި ޓޫރިޒަމް އިންޑަސްޓްރީން ވަނުމަކީ ފުޓްބޯޅަ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"ރާއްޖޭގެ ވިޔަފާރިތަކުންނާއި ޓޫރިޒަމް އިންޑަސްޓްރީން ފުޓްބޯޅައިގެ ތެރެއަށް ވަނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ލެޖެންޑުންގެ ޓީމުގެ ހުރިހާ ކަމެއް ޖުމެއިރާ އިން ވަރަށް ރަނގަޅަށް އިންތިޒާމްކޮށްފައި މި އޮތީ. އަޅުގަނޑުމެން ބޭނުން ފުޓްބޯޅަ ކުރިއަރުވަން ހުރިހާ ފަރާތެއްގެ އެހީ ވެސް. ސްޕޮންސަރުންގެ ބައިވެރިވުން އަބަދުވެސް ފާހަގަކުރަން،" ބައްސާމް ވިދާޅުވި އެވެ.
ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅޭ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭގަ އެވެ. އެ މެޗަށް އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ އާއި ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ރާއްޖެ އަންނާނެ އެވެ. އަޔާލާ މި މެޗުގައި ކުޅުނު ނަމަވެސް ޒަވީ ނުކުޅޭނެ އެވެ.
އަންނަ މަހު ހަ ވަނަ ދުވަހު ލާއޯސްއާ ދެކޮޅަށް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭ މެޗަށް ތައްޔާރުވުމަށް ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގަ އެވެ.
އެސްޓީއޯ އަށް ފައިސާ ދައްކަން އެފްއޭއެމަށް އަމުރުކޮށްފި
ބައްސާމްގެ އެޕާޓްމެންޓްމައްސަލަ ފަނޑިޔާރުންގެ ރިވިއުއަށް
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި
ބައްސާމްގެ ދެ ޕެންޓްހައުސްގެ މައްސަލަ ހައި ކޯޓަށް
ބައްސާމްގެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި
ބައްސާމްގެ މައްސަލާގައި ބައެއް ހެކި ސިއްރުކުރަން އެދެފި
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ބައްސާމްގެ ފްލެޓް އަތުލުން ފަސްކުރުމުން ފާޑުކިޔުން
އެޕާޓްމަންޓް ހަވާލުކުރާ މުއްދަތު އިތުރުކުރަން އެދެފި