ކުޑަކުދިން ޓީވީ އަދި ސްކްރީން ބެލުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ނުދިނުމަށް ސްވިޑަން އިން ބެލެނިވެރިންގެ ކިބައިން އެދެފި އެވެ.
ކުޑަކުދިން ޓީވީ އަދި ސްކްރީން ބެލުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ނުދިނުމަށް ސްވިޑަން އިން ބެލެނިވެރިންގެ ކިބައިން އެދެފި އެވެ.
އެ ގައުމުގެ ޕަބްލިކް ހެލްތު އެޖެންސީން ބުނީ ދެ އަހަރުން ދަށުގެ ކުދިން ޑިޖިޓަލް މީޑިއާ އާއި ޓީވީއާ މުޅިން ދުރުގައި ގެންގުޅެންޖެހޭ ކަމަށެވެ.
އެ އިދާރާއިން ބުނީ އުމުރުން ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ ކުދިން ދުވާލަކަށް އެންމެ ގިނަވެގެން ދޭންވާނީ އެއް ގަޑިއިރުގެ ސްކްރީން ޓައިމް ކަމަށެވެ. އަދި ހަ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިން ދުވާލަކު އެއް ގަޑިއިރަށް ނުވަތަ ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ސްކްރީން ކުރިމަތީ ހޭދަކޮށްގެން ނުވާނެ ކަމަށް އާ ލަފާތަކުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ޓީންއޭޖް ކުދިން ދުވާލަކު ދެތިން ގަޑިއިރަށް ސްކްރީން ޓައިމް ލިމިޓް ކުރަން ޖެހޭނެ ކަމަށް އެ އެޖެންސީން ބުންޏެވެ.
ޕަބްލިކް ހެލްތު މިނިސްޓަރު ޖެކޮބް ފޯސްމެޑް ނޫސްވެރިންނަށް ވިދާޅުވީ ސްމާޓްފޯނާއި އެހެނިހެން ސްކްރީންތައް ދަރިންގެ ދިރިއުޅުމުގެ ހުރިހާ ދިމާލެއްގައި ބޭނުންކުރުމުގެ ހުއްދަ ދީގެން ތިބޭތާ މާ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސްވިޑެންގައި އުމުރުން 13 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން އެވްރެޖްކޮށް ދުވާލަކު ހައެއްކަ ގަޑިއިރު، ސްކޫލުން ބޭރުގައި ހޭދަކުރަނީ ސްކްރީން ކުރިމަތީގައި ކަމަށެވެ.
މިކަމުގެ ސަބަބުން އިޖުތިމާއީ ކަންކަމަށް އޮންނަ ވަގުތު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަސް އޭނާ ވިދާޅުވި އެވެ.
ކުޑަކުދިން ނިދުމުގެ ކުރިން ސްކްރީން ބޭނުން ނުކުރުމަށާއި ރޭގަނޑު ފޯނު އަދި ޓެބްލެޓް ކޮޓަރިން ބޭރުގައި ބެހެއްޓުމަށް ވެސް ހެލްތު އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާގިނައިން ސްކްރީން ބޭނުންކުރުމަކީ ނިދި މަދުވެ ޑިޕްރެޝަން އަދި ހިތްހަމަނުޖެހުމުގެ އިހްސާސްތަކަށް މަގުފަހިވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ސްވިޑަންގެ ސަރުކާރުން މީގެ ކުރިން ވަނީ ޕްރައިމަރީ ސްކޫލްތަކުގައި ސްމާޓްފޯން ބޭނުންކުރުން މަނާކުރަން ވިސްނަމުން އަންނަ ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ
ދަރިފުޅު ބަންދުކޮށްގެން 30 އަހަރު ވަންދެން ގެންގުޅެފި
ތިމާވެށީގެ އެކްޓިވިސްޓާ މެދު ބައްޕަ ކަންބޮޑުވޭ
ލީޑަރުންނަށް ދަރިވަރެއްގެ ހޫނު ހަމަލާތަކެއް
ފިރިހެން ކުދިން ވެސް ބޮޑުވާ އުމުރު ހަގުވެއްޖެ
ދަރިވަރަކު ގްރޫމްކުރި ޓީޗަރު ވަޒީފާއިން ވަކިކޮށްފި
ދަރިންގެ ހަރަދު ދޭންޖެހެނީ ބައްޕައެއް އެކަންޏެއް ނޫން
ސްވިޑެންގައި ދަރިވަރުންގެ ދަބަސް ފާސްކުރުމުގެ ހުއްދަދެނީ
އާމްދަނީދަށް ގައުމުތަކުގެ ކުދިންނަށް ކެންސަރު ބޭސް ހިލޭ
ފުލުހަކާއި ކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމެއް ބަލަނީ
ސްވިޑެންގެ ސްކޫލެއްގައި ބަޑިޖަހައި އެތައްބަޔަކު މަރައިފި