Roadha Mihaaru
ފިރިހެން ކުދިން ވެސް ބޮޑުވާ އުމުރު ހަގުވެއްޖެ

ފިރިހެން ކުދިން ވެސް ބޮޑުވާ އުމުރު ހަގުވެއްޖެ

24 ޖުލައި 2019

ކުރިން ގަބޫލު ކުރެވިފައި އޮންނަ ގޮތުގައި އަވަހަށް ބާލިޣު ވަނީ އަންހެން ކުދިންނެވެ. އެކަމަކު އާ ދިރާސާއެއްގައި ބުނާ ގޮތުން ފިރިހެން ކުދިންނަށް ވެސް މިހާރު މި ހާލަތު އެބަ އޮތެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން ގަބޫލު ކުރެވިފައި އޮންނަ ގޮތުގައި އަވަހަށް ބާލިޣު ވަނީ އަންހެން ކުދިންނެވެ. އެކަމަކު އާ ދިރާސާއެއްގައި ބުނާ ގޮތުން ފިރިހެން ކުދިންނަށް ވެސް މިހާރު މި ހާލަތު އެބަ އޮތެވެ.

ޖަމާ ޕީޑިއަޓްރިކްސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނި ގޮތުގައި ފިރިހެން ކުދިން އަވަހަށް ބާލިޣުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ކަމަކީ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އެވެ.

މި ދިރާސާ ހަދާފައި ވަނީ ސްވިޑްންގައި 1947-1996 އާ ހަމައަށް އުފަންވި 4،090 ފިރިހެން ކުދިންގެ ހެލްތު ރެކޯޑް އެނަލައިޒްކޮށްގެންނެވެ. އެއިން ފާހަގަވި މައިގަނޑު ކަމަކީ ވޭތުވެ ދިޔަ 50 އަހަރުގެ ތެރޭގައި އުފަންވި ގިނަ ފިރިހެން ކުދިން ބާލިޣުވާ އުމުރު އަވަސްވެފައިވާ ކަމަށެވެ. އެގޮތުން ކުރިން އެވްރެޖެކޮށް އެ އުމުރު އޮތީ 14.2 އަހަރުގަ އެވެ. އަދި އެ އުމުރު ފަހުން ވަނީ 13.7 އަހަރަށް ދަށްވެފަ އެވެ.

ދިރާސާގައި ބުނި ގޮތުގައި ފިރިހެން ކުދިންގެ ބަރުދަނަށް އަންނަ ބަދަލުތަކަށް ރިޔާއަތްކުރާ އިރު، ބާލިޣުވާ އުމުރު އަވަސްވަމުން އަންނަކަމީ މި ފަހުން ފެންނަމުންދާ ޓްރެންޑެކެވެ.

މީގެ އިތުރުން މިކަމަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި ނިއުޓްރިޝަނާއި ސޯޝިއޯއިކޮނޮމިކް އެންވަޔަރަމަންޓާއި ހަށިގަނޑުގެ ހޯމޯންތަކަށް އަސަރުކުރުވާ ކެމިކަލުގެ ބާވަތްތަކަށް ކުދިން ހުށަހެޅުން އިތުރުވުން ހިމެނެ އެވެ.

މީގެ ހަތް އަހަރު ކުރިން އެމެރިކާގައި ހަދާފައިވާ ދިރާސާއެއްގައި ވެސް ބުނި ގޮތުގައި ފިރިހެން ކުދިން ބާލިޣުވާލެއް އަވަސްވާކަން ފާހަގަކުރެވިފައިވެ އެވެ. އެ ދިރާސާގައި ބުނި ގޮތުގައި އެމެރިކާގެ ކުދިންގެ ތެރެއިން ގިނަ ފިރިހެން ކުދިންނަކީ އާންމުކޮށް ކުދިން ބާލިޣުވާ ވަރަށް ވުރެ ހަ މަހާއި ދެ އަހަރު ދެމެދުގެ މުއްދަތެއްގެ ތެރޭގައި ބާލިޣުވާ ކުދިންނެވެ.