ހުޅުމާލޭ 2 ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސްޕޯޓްސް ކާރު ދުއްވި މީހާ ބަންދުކުރި ގޮތް ގޯސްވެގެން ދޫކޮށްލުމުން އަލުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ތިން ދުވަސް ދީފި އެވެ.
03 ސެޕްޓެމްބަރ 2024
ހުޅުމާލޭ 2 ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސްޕޯޓްސް ކާރު ދުއްވި މީހާ ބަންދުކުރި ގޮތް ގޯސްވެގެން ދޫކޮށްލުމުން އަލުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ތިން ދުވަސް ދީފި އެވެ.
މިދިޔަ ޖުލައި މަހުގެ 31 ގައި އެ އެކްސިޑެންޓު ހިނގީ ވިނަރެސް ފްލެޓްތަކުގެ މެދަށް އޮންނަ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ކާރުން ޖެހިގެންނެވެ.
ކާރު ދުއްވި އިބްރާހިމް އިކްރާމް ފިލައިގެން އުޅެނިކޮށް އޭނާ ވަނީ ހަމަ އެ ރޭ ހައްޔަރުކޮށްފަ އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އޭނާ މިނިވަންވީ ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ގޯސްވެގެންނެވެ.
ހައި ކޯޓުން އޭނާ މިނިވަންކުރި އަމުރުގައި ވަނީ އިކްރާމް ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުނު އަޑުއެހުމުގައި ވަކީލެެއްގެ ފުރުސަތު އޭނާއަށް ނުދޭ ކަމަށެވެ. އެ އަމުރުގައި ބުނި ގޮތުގައި މުވައްކިލުންގެ ފަރާތުން 8:28 ގައި ވަކީލަށް ރުހުން ދިންއިރު ފުލުހުންގެ އިދާރާއިން 9:52 ގައި ވަކީލު އައްޔަންކުރި އެެވެ. އެކަމަކު 10:04 ގައި އިކްރާމުގެ ޝަރީއަތުގެ އަޑުއެހުން ފެށުނުއިރު ވަކީލު އައްޔަންކުރިކަން ވަކީލަށް އަންގާފައި އޮތީ 10:06 ގަ އެވެ.
އެހެންވެ ވަކީލެއްގެ ފުރުސަތު އިކްރަމަށް ނުދިނުމުން އެ ނިންމުން ބާތިލުކޮށް އޭނާ މިނިވަންކުރީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.
އެކަމަކު ހައި ކޯޓުގެ އެ ނިންމުމާ އެކު ފުލުހުން ފަހުން ވަނީ އަލުން ކޯޓު އަމުރެއް ހޯދައިގެން އެ ރޭ މެންދަމުގެ ވަގުތެއްގައި އިކްރާމު ހައްޔަރުކޮށްފަ އެވެ.
އެ އެކްސިޑެންޓާ ގުޅިގެން އިކްރާމާ އެކު ދެން ހައްޔަރުކުރީ އިކްރާމުއްރަހުމާނާއި ޖިނާހް އިސްމާއިލް އެވެ. އެ މީހުން ވެސް ތިބީ ބަންދުގަ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ.
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ގިނަ ދައުވާތަކެއް
ކާރެއްގެ ދަށުވެ،މީހަކު މަރުވި މައްސަލާގައި ދައުވާކޮށްފި
ކާރު ދުއްވި މީހާ ދޫވި ގޮތް ބަލައި، ފިޔަވަޅު އަޅަނީ
އެކްސިޑެންޓް މައްސަލާގައި ތިން މީހުން ވެސް ބަންދަށް
އެކްސިޑެންޓުވި ޓެކްސީ ގަވައިދާ ހިލާފްވިކަމަކަށް ނުބެލެވޭ
ހަފީޒަށް އަނިޔާވި އެކްސިޑެންޓް: ދުއްވި މީހާ ޖަލަށް
ނުރައްކާކޮށް ދުއްވި މީހާ ދެއްކީ "ހަފީޒްގެ މައްސަލަ"
ލޮލުގެ ފެނުން ގެއްލުނު އެކްސިޑެންޓް: އައީ ޖޫރިމަނާއެއް
ޝިއުނާގެ މަރު: ކާރު ދުއްވި މީހާ ސަލާމަތްވެއްޖެ