ހުޅުމާލޭ 2 ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސްޕޯޓްސް ކާރު ދުއްވި މީހާ ކޯޓުން ދޫކޮށްލުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައި، އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
01 ސެޕްޓެމްބަރ 2024
ހުޅުމާލޭ 2 ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސްޕޯޓްސް ކާރު ދުއްވި މީހާ ކޯޓުން ދޫކޮށްލުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައި، އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖުލައި މަހުގެ 31 ގައި އެ އެކްސިޑެންޓު ހިނގީ ވިނަރެސް ފްލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވި، އިބްރާހިމް އިކްރާމް ފިލައިގެން އުޅެނިކޮށް އެ ރޭގެ ވަގުތެއްގައި ހައްޔަރުކުރި އެވެ. އެކަމަކު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ނެރުނީ ގޯސްކޮށް ކަމަށް، ހައި ކޯޓަށް އޭނާގެ ފަރާތުން ހުށަހެޅި އިސްތިއުނާފްގައި ވަނީ ނިންމައިފަ އެވެ.
Miakan hingi goiyy thahugeegukoh ihumaaleh vefaivaanama emeehakah nuvatha bayakah emme harukashi fiyavalhu elheyne. Dhookolli meeha court amurehgge dhashun alun hayyarukurumah @PoliceMv in dhany masahkaiyy kuramun. https://t.co/z0LkZrWUz7
— Minister of Homeland Security & Technology (@min_mohst) September 1, 2024
އިކްރާމް ހައިކޯޓުން މިނިވަން ކުރުމާ ގުޅިގެން މިނިސްޓަރު އިހްސާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އިކްރާމް އަލުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. "މި ކަން ހިނގި ގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާ ނަމަ، އެ މީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ،" އޭނާ ވިދާޅުވި އެވެ.
މައްސަލަ ނިންމި ގޮތުގައި ބުނީ އެކްސިޑެންޓުގައި މީހަކަށް އަނިޔާވެފައިވަނިކޮށް، ކާރު ދުއްވި ފަރާތާއި އޭގައި ތިބި އިތުރު ދެ މީހުން މަޑުނުކޮށް ފިލާފައިވާތީ އާއި މައްސަލައާ ގުޅުންހުރި ހެކި ނައްތާލަފާނެތީ އާއި ތުހުމަތުކުރެވޭ ފަރާތް ފިލާފާނެތީ އާއި ހެކި ދޭ ފަރާތްތަކަށް ނުފޫޒު ފޯރުވާނެތީ އާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފަނޑިޔާރު މުހައްމަދު ފައިސަލް ރިޔާސަތު ބެލެހެއްޓެވި އެ ޝަރީއަތުން ނެރުއްވި އަމުރުގައި ވަނީ ފުލުހުން ކޯޓު އަމުރަކަށް އެދުނީ 6:44 ގައި ކަމަށާއި ވަކީލު އައްޔަންވުމަށް އެދި ފޯމު ހުށަހަޅާފައި ވަނީ 7:23 ގައި ކަމަށެވެ. މުވައްކިލުންގެ ފަރާތުން 8:28 ގައި ވަކީލަށް ރުހުން ދިންއިރު ފުލުހުންގެ އިދާރާއިން 9:52 ގައި ވަކީލު އައްޔަންކުރި އެެވެ. ވަކީލު އައްޔަންކުރިކަން ވަކީލަށް އެންގީ 10:06 ގަ އެވެ. އެކަމަކު 10:00 ގައި ތުހުމަތުކުރެވޭ ފަރާތް ކޯޓަށް ހާޒިރުކޮށް 10:04 ގައި ޝަރީއަތް ވަނީ ފަށައިފަ އެވެެ.
ކޯޓުން ބުނީ މި ކަންކަމަށް ބަލާއިރު ވަކީލެއްގެ ފުރުސަތު އަކްރަމަށް ލިބިފައި ނެތުމުން އަމުރު ބާތިލްކުރާ ކަމަށެވެ. އެ އެކްސިޑެންޓާ ގުޅިގެން އިކްރާމާ އެކު ދެން ހައްޔަރުކުރީ އިކްރާމުއްރަހުމާނާއި ޖިނާހް އިސްމާއިލް އެވެ.
އެކްސިޑެންޓުވި ކާރު.-- ފޮޓޯ: މިހާރު
އެކްސިޑެންޓުގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އިނީ ބީ ޒޯން [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވަން ރަޖިސްޓްރީކޮށްފަ އެވެ.
ކާރުން ޖެހުނުލެއް ބާރުކަމުން ސައިކަލުގައި މަޑުކޮށްގެން އިން މީހާ ވެއްޓެނީ ވިއްސައިގެން ގޮސް އެނބުރެމުން ގޮހެވެ. ސައިކަލްގެ މަޑިއާ އާއި އެކި ބައިތައް ވެސް މާ ދުރަށް ބުރައިގެން ދިޔަ މަންޒަރު، ސޯޝަލް މީޑިއާގައި އާންމުވި އެ އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. އަނިޔާވި މީހާގެ ހާލު ސްޓޭބަލް ނަމަވެސް އޭނާގެ މޫނަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ގިނަ ދައުވާތަކެއް
ކާރެއްގެ ދަށުވެ،މީހަކު މަރުވި މައްސަލާގައި ދައުވާކޮށްފި
އަލުން ހައްޔަރުކުރި ޑްރައިވަރުގެ ބަންދަށް ތިން ދުވަސް
އެކްސިޑެންޓް މައްސަލާގައި ތިން މީހުން ވެސް ބަންދަށް
"ފުލުހުން މައުލޫމާތުދެނީ ކޯޓާ ޗެލެންޖު ކުރާކަށް ނޫން"
ނޫސްތަކަށް މައުލޫމާތު ދޭއިރު ސަމާލުވާން އެދެފި
އިހްސާނާއި ފުލުހުން ކޯޓު ހުރުމަތް ކެނޑި މައްސަލައެއް
އެކްސިޑެންޓުވި ޓެކްސީ ގަވައިދާ ހިލާފްވިކަމަކަށް ނުބެލެވޭ
ހަފީޒަށް އަނިޔާވި އެކްސިޑެންޓް: ދުއްވި މީހާ ޖަލަށް