04 ސެޕްޓެމްބަރ 2024
ތަނެއްގެ ބާރާއި ނުފޫޒު އަބަދުވެސް އޮންނާނީ އެތަނެއްގެ މުއްސަނދިކަން ނުވަތަ ރިސޯސްތައް އެބައެއްގެ އަތުގައި އޮތް ބަޔަކަށް ކަމަށާއި ރިސޯސްތައް އަތްމައްޗަށް އަރާނީ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ތެރެއިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތަނެއްގެ ބާރާއި ނުފޫޒު އަބަދުވެސް އޮންނާނީ އެތަނެއްގެ މުއްސަނދިކަން ނުވަތަ ރިސޯސްތައް އެބައެއްގެ އަތުގައި އޮތް ބަޔަކަށް ކަމަށާއި ރިސޯސްތައް އަތްމައްޗަށް އަރާނީ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ތެރެއިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އިންސާނާ އޭނާގެ ފަސްގަނޑަށްޓަކައި ފުރާނަދެނީ އެ ފަސްގަނޑުން އޭނާގެ ފުރާނަ ސަލާމަތްކޮށްދީ، އޭނާ ދިރިއުޅޭ ފަސްގަނޑުން އޭނާގެ ބަނޑުފުރާނަ މުއްތިކުރެވޭ ނަމަ ކަމަށެވެ.
މި ސަބަބަށް ޓަކައި އެ ފަސްގަނޑުގެ ދިފާއުގައި އޭނާ ހޭލައި ހުންނަ ކަމަށާއި ދިވެހީންގެ މަސްކަނޑުތައް ދިވެހީން ޒަމާނުއްސުރެ ސަލާމަތްކުރާ ތޮބީއީ ސިއްރަކީ ދިވެހީން ބަނޑުފުރާނަ މުއްތިކުރާ މައި ރޯއްޖަކީ އެ ކަނޑުތަކުން ލިބޭ ރިޒުގުކަމުގައިވުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ކަނޑުތަކުގެ މައްޗަށް ދިވެހީންގެ ބާރު ގެއްލިއްޖެ ނަމަ އެއީ ހައިހޫނުކަމެއްގެ ފެށުންކަން ދިވެހީން ދަތުން. އެހެންވީމާ މީގެ މާނައަކީ ކޮބައިތޯ؟ ގައުމަށް ވަފާތެރި ދަރީން ބިނާކުރުމަށްޓަކައި މަސައްކަތްތެރި ޖީލުތަކެއް ބިނާކުރަން ޖެހޭކަން. ދިވެހީންގެ ފަސް ހިއްސު ދިވެހީންގެ މަސްކަނޑާއި ފަސްގަނޑާ އިހުއްސުރެ ގުޅިފައިވާ ގޮތަށް އަންނަން އޮތްތާނގައި ވެސް ގުޅުވާލަން ޖެހޭކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސައްކަތްތެރިކަން ބިނާވެފައި އޮންނަނީ ވަޒަންވެރިކަމުގެ މައްޗަށް އަދި ދިރިއުޅުމެއް ލިބުމުގެ މައްޗަށް ކަމަށެވެ. އަދި އަންނަން އޮތް ދިވެހި ޖީލުތަކަކީ މި ދިވެހި ބިމަށް ވަޒަންވެރި ޖީލުތަކަކަށް ހެދުން ކިތަންމެހާ ވެސް މުހިންމު ކަމަށާއި ވަޒަންވެރިކަމޭ ދަންނަވަނީ ދިރިއުޅުމުގެ މަސައްކަތްތެރިކަމާ އެކު ވަޒަނެއްގައި ދިރިއުޅުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ތަނެއްގެ ބާރާއި ނުފޫޒު އަބަދުވެސް އޮންނާނީ އެތަނެއްގެ މުއްސަނދިކަން ނުވަތަ ރިސޯސްތައް އެބައެއްގެ އަތުގައި އޮތް ބަޔަކަށް. ރިސޯސްތައް އަތްމައްޗަށް އަރާނީ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: އިހުގައި ދިވެހިންގެ މެދުގައި އޮތް އަހްލާގީ މަތިވެރި ދަންމަރު އަލުން ހުޅުދާން ކުރައްވާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަކީ ބަޔަކު ވަޒަންވެރިވި ވަކި ދުވަސްވަރެއް ނޭނގޭ އެހާމެ އެވޭލާ ގަދީމީ ތަނެއް ކަމަށާއި ތަނުގެ އަސްލުވެހީންގެ ގޮތުގައި ހޭދަކުރި ހަތަރު ހާހެއްހައި އަހަރުން އަމިއްލަ ބަހަކާއި އަމިއްލަ އަކުރެއް އުފެދި އެބަހަށް ވަނީ އެތައް މުއްސަނދިކަމެއް ލިބިފައި ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހިންގެ ފުދުންތެރި ސަގާފަތެއް އެބަ އޮތް ކަމަށާއި އެތައް ތަރިކައެއް އެބަ އޮތް ކަން ރައީސް ފާހަގަކުރެއްވި އެވެ.
"ހައްތާ ވެސް މިއީ މާދަމާގެ މަންޒިލުތަކަށް އަމާންކަމާ އެކު ދަތުރުކުރުމަށްޓަކައި ކުނބަށް ނަގަން ހުރި ރިޔާތައް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތޮލުން ކަމަށާއި ދިވެހީންގެ ތޮބީއަތަކީ މިނިވަންކަމާ އެކު ދެމި ތިބުން ކަމަށެވެ. އެމަނިކުފާނުގެ މުޅި ސިޔާސަތު ބިނާކުރަނީ މި އަސާސްގެ މައްޗަށް ކަމަށް ވެސް ވިދާޅުވި އެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން: ރިސޯސްތައް އަތްމައްޗަށް އަރާނީ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ތެރޭން ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް
މިއަދު ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމުވެ ނެތީ އެހެންވެގެން ކަމަށާއި މިއަދު ރާއްޖެ ބަލަހައްޓަން އެންމެ ޒަމާނީ ޓެކްނޯލޮޖީއާ އެކު އުޅަނދުތައް އުދުހެމުން އެ ދަނީ އެހެންވެގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިއަދު ދިވެހި ގައުމިއްޔަތުގެ ނިޒާމެއް ތައާރަފުކުރެވި އެ ދާއިރާގެ ތައުލީމާ ހޭލުންތެރިކަން އާންމު ކުރަމުން މިދަނީ މި މުހިންމު ބޭނުމުގައި ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތުން ދަސްވާނީ ދިވެހިވަންތަކަން ކުރިއަރުވާން ކަމަށާއި ލޮބުވެތި ދިވެހިރާއްޖެ ނުވަތަ ދިވެހި ފަސްނގަޑާ ދިވެހީން ހަވާލުވާން ކަމަށެވެ.
"ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ހާއްސަ މަސައްކަތްތަކެއް މި ސަރުކާރުން ފެށީ މި ފަދަ އެތައް ހަގީގަތްތަކެއް އެ ކަމުގައި އެކުލެވިގެންވާތީ. މާޒީއަކީ މުސްތަގުބަލުގެ މޫނު ބަލާ ލޯގަނޑުކަމަށް ވާތީ. ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ މި މަސައްކަތުގެ ތެރޭގައި ދިވެހި ގައުމާ މެދު ޢިލްމީ ނަޒަރިއްޔާތުތަކުން ބެލޭނެ. އަހަރުން އަހަރަށް ރާއްޖޭގައި ހިނގާކަންކަން ވަޒަންކުރެވި އެންތޮލޮޖައިޒްކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ހާއްސަ ހިދުމަތުގެ އިނާމު ހާޖަރާގޭ ތައުފީގަށް
ގައުމިއްޔަތަށް ހާއްސަ ކޮލެޖު އިފުތިތާހުކޮށްފި
އަހްލާގީ ދަންމަރު އަލުން ހުޅުދާން ކުރާނަން: ރައީސް
ގައުމިއްޔަތުގެ މަތީ ޝަރަފު ސަލާހުއްދީނުގެ ހަނދާނަށް
އަންނަ ހަފުތާގެ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު
އާބަން ސެންޓަރުގެ ބޭނުމަކީ އެއްފަސްކުރުން: މިނިސްޓަރު
ޓޫރިސްޓުން ގެންނަ ދުންފަތުގެ ބާވަތުން ޑިއުޓީ ނުނަގާނެ
ހަތް އާބަން ސެންޓަރު ކަނޑައެޅީ މެނިފެސްޓޯގައިވާ ގޮތަށް
ތައުލީމަށް ހިދުމަތް ކުރުމުގެ މަތީ ޝަރަފު ޑރ.ޒާހިރަށް
އިސްލާމިކް ފައިނޭންސިން ހައުސިން ލޯނަށް ހުޅުވާލައިފި