Roadha Mihaaru
މަސްރޭހުގެ ނައިފަރުގެ ޗެމްޕިއަންކަން "ހުސްބުޅި" ޓީމަށް

މަސްރޭހުގެ ނައިފަރުގެ ޗެމްޕިއަންކަން "ހުސްބުޅި" ޓީމަށް

07 ސެޕްޓެމްބަރ 2024

ޅ. ނައިފަރުގައި އުރީދޫން އިއްޔެ ބޭއްވި މަސްރޭހުގެ އެއް ވަނަ ޓީމަކަށް "ހުސްބުޅި" ހޮވިއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޅ. ނައިފަރުގައި އުރީދޫން އިއްޔެ ބޭއްވި މަސްރޭހުގެ އެއް ވަނަ ޓީމަކަށް "ހުސްބުޅި" ހޮވިއްޖެ އެވެ.

އެ ޓީމަށް އެއް ވަނަ ލިބުނީ 921 ޕޮއިންޓާ އެކު އެވެ. އެ ރޭހުގެ ދެ ވަނަ ހޯދީ 698 ޕޮއިންޓާ އެކު ޓީމު "ޗިލް ބްރޯޒް" އެވެ. ފޯރިގަދަ މި މަސްރޭހުގައި 438 ޕޮއިންޓު ހޯދައިގެން ތިން ވަނަ މަގާމަށް ދިޔައީ ޓީމް "ކޮރަކިލި" އެވެ.

އުރީދޫގެ ނައިފަރު މަސްރޭހުގައި އެންމެ ބަރު މަސް ބޭނީ ޓީމު އަލިފަސްގެ މުހައްމަދު ނަޝީދެވެ. އެއީ ނުވަ ކިލޯގެ މުޑަ ހަންޖެއް ބާނައިގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު މަސްވެރިއަކަށް ހޮވުނީ "ޗިލް ބްރޯޒް"ގެ އަލީ އަބްދުﷲ އެވެ. އެންމެ މޮޅު އަންހެން މަސްވެރިއަކަށް ހޮވުނީ ޓީމު ޓީމު "ކޮރަކިލި"ގެ އާޖަވާދާ އަހުމަދު އެވެ.

މި މަސްރޭހުގެ އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 10،000ރ. އަދި ތިން ވަނަ ޓީމަށް ދެނީ 5،000ރ. އެވެ. އެންމެ މޮޅު މަސްވެރިޔާ އަށް 1،000ރ. އަދި އެންމެ މޮޅު ފިޝަވުމަން ނުވަތަ އަންހެން މަސްވެރިޔާ އަށް ވެސް 1،000ރ. ވަނީ ހުށަހަޅައިފަ އެވެ. އެންމެ މޮޅު މަސްވެރިޔާ އާއި އަންހެން މަސްވެރިޔާ އަށް ޕިއޯ އަލްޓިމެޓްސީ ސްޕިރިޓް/ގޭންގްސްޓަ (އެޗް/ޑީ) ދޮއްޓެއް ވެސް ވަނީ އިނާމަކަށް ހުށަހަޅައިފަ އެވެ.

މިއީ އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވާ މަސް ރޭހެކެވެ. ނައިފަރުގައި ބޭއްވީ މި އަހަރުގެ އެންމެ ފަހު މަސްރޭހެވެ.