Roadha Mihaaru
އުރީދޫގެ ނައިފަރު މަސް ރޭސް މިއަދު އޮންނާނެ

އުރީދޫގެ ނައިފަރު މަސް ރޭސް މިއަދު އޮންނާނެ

06 ސެޕްޓެމްބަރ 2024

އުރީދޫ މަސްރޭހުގެ އެންމެ ފަހު ރޭސް މިއަދު ޅ. ނައިފަރުގައި އޮންނާނެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫ މަސްރޭހުގެ އެންމެ ފަހު ރޭސް މިއަދު ޅ. ނައިފަރުގައި އޮންނާނެ އެވެ.

މި ރޭހަކީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ބާއްވަން ރޭވި ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ކެންސަލް ކުރި ރޭހެވެ. މި ރޭހުގައި 19 ޓީމުން ވާދަ ކުރާނެ އެވެ. މަސް ރޭސް ނިންމާލާނީ މިރޭ 9 ޖަހާއިރު އެވެ.

ނައިފަރުގައި މިއަދު އޮންނަނީ މި އަހަރުގެ އުރީދޫ މަސްރޭހުގެ ތިން ވަަނަ ރޭހެވެ. މިއަހަރު އުރީދޫގެ މަސް ރޭސް ބާއްވާފައިވާ އިތުރު ދެ ރަށަކީ ކ. ހިންމަފުށްޓާއި ގދ. ތިނަދޫ އެވެ. މި ފަހަރުގެ މަސް ރޭހުގައި އެ ދެ ރަށުން ހޫނު ތަރުހީބެއް ލިބުނެވެ.

މި މުބާރާތަކީ އަގުހުރި ފައިސާގެ އިނާމު ހުށަހަޅައިގެމް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގެ އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެވަނަ އަށް 10،000ރ. ހުށަހަޅާފައި ވާއިރު، ތިން ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 5،000ރ. އެވެ. އަދި އެންމެ މޮޅު މަސްވެރިޔާއަށް 1،000ރ. ހުށަހަޅާފައިވާއިރު އެންމެ މޮޅު ފިޝަވުމަން ނުވަތަ އަންހެން މަސްވެރިޔާ އަށް ވެސް 1،000ރ. ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން އެންމެ މޮޅު މަސްވެރިޔާ އާއި އަންހެން މަސްވެރިޔާ އަށް ޕިއޯ އަލްޓިމެޓްސީ ސްޕިރިޓް/ގޭންގްސްޓަ (އެޗް/ޑީ) ދޮށްޓެއް ވެސް ވަނީ އިނާމަކަށް ހުށަހަޅައިފަ އެވެ.

މިއީ އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ މަސް ރޭހެކެވެ. މި ރޭސް ފެށީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އެވެ.