ސޯސަން މަގުގައި ހުންނަ ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 57 މީހަކު ހާލުގައި ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބުނެފި އެވެ.
09 ސެޕްޓެމްބަރ 2024
ސޯސަން މަގުގައި ހުންނަ ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 57 މީހަކު ހާލުގައި ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބުނެފި އެވެ.
އެ އިދާރާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހ. ދޫހިމިރިގޭގައި ހުންނަ ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 37 މީހަކު ހާލުގައި ޖެހިފައިވާ ކަމަށެވެ. އެއީ 37 ދިވެހިންނާއި 20 ބިދޭސީން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ މައުލޫމާތު އެންޑީއެމްއޭގެ އޮފިޝަލުން ނަގަނީ.-- ފޮޓޯ: އެންޑީއެމްއޭ
"މި މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތައް މި އޮތޯރިޓީން މިވަގުތު އަންނަނީ ކުރަމުން،" އެންޑީއެމްއޭ އިން ބުންޏެވެ.
ގާމަގު ކެފޭ ހުންނަ އިމާރާތުގައި ތިން ފްލޯ ހުރެ އެވެ. އެ އިމާރާތުގެ މަތީ ދެ ފްލޯ ހަދާފައި ވަނީ ޑެގު އަޅައި، ވަށައިގެން ޓިނު ޖަހައިގެންނެވެ.
އެނގިފައިވާ ގޮތުގައި، އެ ކެފޭގެ މަތީ ދެ ފްލޯ ބޭނުންކުރަނީ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގަ އެވެ. އެ ތަނުގައި 50 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅޭ ކަމަށް ވެސް ވެ އެވެ. ބިދޭސީން ހިންގާ އެ ކެފޭއާ އެކު، އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.
އެ ކެފޭއާ ޖެހިގެން ހުރި، ދިވެހިން ދިރިއުޅޭ ގެއަކަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވެ އެވެ.
އަލިފާނުގެ ހާދިސާގައި ހިނގި ތަނުގައި ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އެންޑީއެމްއޭ
އަލިފާން ރޯވީ ކެފޭގެ ބަދިގޭގަ އެވެ. މިއަދު މެންދުރު ފަހު 3:30 ހާއިރު ރޯވި އެ އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ނިއްވާލީ ގަޑިއިރެއް ހާއިރުވި ފަހުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ނުވި ނަމަވެސް، ދުމުގެ އަސަރުކޮށްގެން ބިދޭސީ ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ކުރިން ބުންޏެވެ.
ކެފޭގެ އަލިފާން: 50 ބިދޭސީންގެ އެކޮމޮޑޭޝަނެއް
އަލިފާނުގައި ދެ ގެއެއްގެ ފެން ހޮޅިއަށް ގެއްލުންވެއްޖެ
ރޭގައި ރޯވި ގޭގެ އެއް ކޮޓަރި އަނދައި ހުލިވި
ތިން ގެއަކުން 29 މީހުން ވަގުތީ ހިޔާތަކަށް
އެހީތެރިކަން ބޭނުންވެގެން 50 ރިޕޯޓް ލިބުނު
ހާލުގައި ޖެހުނު މީހުންނަށް ދެ ލައްކައެއްހާ ރުފިޔާ
ބިދޭސީން ހިންގާ ކެފޭއެއްގައި ރޯވެއްޖެ
ހިތަދޫގައި ގެއެއް އަނދައި އާއިލާއެއް ހާލުގައި ޖެހިއްޖެ
ނީލަންފިހާރަ އަލިފާން: 166 މީހަކު ހާލުގައި ޖެހިފައި
ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓަކުރިޔަސް އަޅާނުލި