ސޯސަން މަގުގައި ހުންނަ ގާމަގު ކެފޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން ސަރުކާރުން ދެ ލައްކައެއްހާ ރުފިޔާ ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
10 ސެޕްޓެމްބަރ 2024
ސޯސަން މަގުގައި ހުންނަ ގާމަގު ކެފޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން ސަރުކާރުން ދެ ލައްކައެއްހާ ރުފިޔާ ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
ހ. ދޫހިމިރިގޭގައި ހުންނަ ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 57 މީހަކު ހާލުގައި ޖެހުނެވެ. އެއީ 37 ދިވެހިންނާއި 20 ބިދޭސީންނެވެ.
އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް މެނޭޖަރު އުމަރު ފިކްރީ، "މިހާރު" އަށް ވިދާޅުވި ގޮތުގައި ރޯވި ގެއާ ޖެހިގެން ހުރި ރީފްވިއު އާއި ސައުތު އެންޑް ގެއަށް ވެސް އަލިފާނުގެ އަސަރު ކުރި އެވެ.
"އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ރީފްވިއު އަށް ކޮށްފައި ހުރީ. އަނެއް ގެއަށް ދުމުގެ އަސަރުކޮށްފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި ހާލުގައި ޖެހުނު ދިވެހިންގެ ތެރޭގައި ގިނައީ ކުއްޔަށް އުޅޭ މީހުންނެވެ.
އެހެންވެ، އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމާއި ކެއުންބުއިމުގެ ހަރަދުތަކަށް ދެ ލައްކައެއްހާ ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ގާމަގު ކެފޭ ހުންނަ އިމާރާތުގައި ތިން ފްލޯ ހުރެ އެވެ. އެ އިމާާރާތުގެ މަތީ ދެ ފްލޯ ހަދާފައި ހުރީ ޑެގު އަޅައި ވަށައިގެން ޓިނު ޖަހައިގެންނެވެ. ރޯވި އަލިފާންގަނޑުގައި އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެތަނަކީ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެކެވެ.
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ މައުލޫމާތު އެންޑީއެމްއޭގެ އޮފިޝަލުން ނަގަނީ.-- ފޮޓޯ: އެންޑީއެމްއޭ
އިއްޔެ ހަވީރު 3:00 ހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ކުރި މަސައްކަތުން ގަޑިއެއްހާއިރު ފަހުންނެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް މާބޮޑު އަނިޔާއެއް ނުވެ އެވެ. އެކަމަކު ދުމުގެ އަސަރުކޮށްގެން ދެ ބިދޭސީއަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ.
އަލިފާނުގެ ހާދިސާގައި 57 މީހަކު ހާލުގައި ޖެހިފައިވޭ
ކެފޭގެ އަލިފާން: 50 ބިދޭސީންގެ އެކޮމޮޑޭޝަނެއް
ނީލަންފިހާރަ އަލިފާން: 166 މީހަކު ހާލުގައި ޖެހިފައި
އަލިފާނުގައި ދެ ގެއެއްގެ ފެން ހޮޅިއަށް ގެއްލުންވެއްޖެ
އަލިފާނުގައި ގެއްލުންވި ގެތަކުން 22މީހަކު ބަދަލުކޮށްފި
ރޭގައި ރޯވި ގޭގެ އެއް ކޮޓަރި އަނދައި ހުލިވި
ވަގުތީ ހިޔާތަކުގައި އަދިވެސް 22 މީހަކު އެބަތިބި
ތިން ގެއަކުން 29 މީހުން ވަގުތީ ހިޔާތަކަށް
އެހީތެރިކަން ބޭނުންވެގެން 50 ރިޕޯޓް ލިބުނު
ބިދޭސީން ހިންގާ ކެފޭއެއްގައި ރޯވެއްޖެ