އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުވެގެން އިންޑިއާގައި އެކަހެރިކުރި މީހާ އެ ބައްޔަށް ޕޮޒިޓިވް ކަމަށާއި ނަމަވެސް އެ މީހާއަށް ޖެހިފައި ހުރީ ދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް މެދުވެރިވި ނުރައްކާ ސްޓްރެއިން ނޫން ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.
އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުވެގެން އިންޑިއާގައި އެކަހެރިކުރި މީހާ އެ ބައްޔަށް ޕޮޒިޓިވް ކަމަށާއި ނަމަވެސް އެ މީހާއަށް ޖެހިފައި ހުރީ ދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް މެދުވެރިވި ނުރައްކާ ސްޓްރެއިން ނޫން ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.
އެމްޕޮކްސް އަލުން ފެތުރެން ފަށާފައި ވާތީ އާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ކްލޭޑް 1ބީ ގެ ނަން ދީފައިވާ އާ ސްޓްރެއިންއެއް ފެނުމާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ބައިނަލްއަގުވާމީ އެލާޓް ލެވެލް އެންމެ މަތިކޮށްފަ އެވެ.
ގައުމުން ބޭރަށް ގޮސް އެނބުރި އައި އިންޑިއާ މީހެއްގެ ގައިން އެމްޕޮކްސްގެ އަލާމާތްތައް ފެނި އެކަހެރިކުރިކަން އިއްޔެ ހާމަކުރުމަށް ފަހު މިއަދު ބުނީ ޓެސްޓުތައް ހެދި އިރު އެއީ އެމްޕޮކްސްކަން ކަށަވަރުވެފައިވާ ކަމަށެވެ. އެކަމަކު ހެލްތު މިނިސްޓްރީން ބުނީ އެ މީހާއަށް ޖެހިފައި ހުރީ ކްލޭޑް2 ސްޓްރެއިން ކަމަށެވެ.
"ލެބޯޓްރީ ޓެސްޓުތަކުން ވެސްޓް އެފްރިކަން ކްލޭޑް 2 ގެ އެމްޕޮކްސް ވައިރަސް ބަލިމީހާގެ ހަށިގަނޑުގައި ހުރިކަން ވަނީ ކަށަވަރުވެފައި،" ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
"މިއީ 'އައިސޮލޭޓެޑް ކޭސް' އެއް ... އަދި މިއީ މިހާރު [ޑަބްލިޔުއެޗްއޯއިން އިއުލާނުކޮށްފައިވާ] އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ އަސްލު ކަމަށްވާ އެމްޕޮކްސްގެ ކްލޭޑް 1 އާ ގުޅޭ ކޭސްއެއް ނޫން."
އާބާދީ 1.4 ބިލިއަނަށްވުރެ ބޮޑު އިންޑިއާގައި ވައިރަސްގެ އާ ސްޓްރެއިންގެ ސަބަބުން އެމްޕޮކްސް ޖެހިފައިވާ މީހަކު މިހާތަނަކަށް އަދި ނުފެނެ އެވެ.
އެފްރިކާގެ ބައެއް ގައުމުތަކުގައި އެމްޕޮކްސްގެ އާ ސްޓްރެއިން ވަރަށް ބޮޑަށް ފެތުރިފައި ވާއިރު މެއި 2022 ގައި ވެސް ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ފެނުނެވެ. އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެފަހަރު ވެސް މިއީ ދުނިޔެއަށް ސިއްހީ ނުރައްކަލެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި އެވެ. ޖުލައި 2022 އިން ފެށިގެން މެއި 2023 އަށް އެ ހާލަތު ދެމެހެއްޓުމަށް ފަހު އުވާލީ ބަލީގެ ކޭސްތައް މަދުވުމުންނެވެ. އެކަމަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑިިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން އެތައް ހާސް ބަޔަކަށް ވަނީ މި ބަލި ޖެހިފަ އެވެ.
އެމްޕޮކްސް އަށް ޝައްކުވާ ކޭސްއެއް އިންޑިއާގައި
އެމްޕޮކްސް އަވަހަށް ދެނެގަނެވޭ ޓެސްޓު ކިޓަށް ހުއްދަ ދީފި
ރާއްޖެއަށް އެމްޕޮކްސް ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި
"އެމްޕޮކްސް ފެތުރޭ ބޮޑު ސަބަބަކީ ގައިގައި ބީހުން"
ތައިލެންޑުން ވެސް އެމްޕޮކްސްގެ ނުރައްކާ ވެރިއެންޓް
އެމްޕޮކްސް އަކީ އާ ކޮވިޑެއް ނޫން: ޑަބްލިޔުއެޗްއޯ
އެމްޕޮކްސްގެ ހާލަތު މޮނީޓާކޮށް، ރާއްޖެއިން ތައްޔާރުވަނީ
އިންޑިއާގެ ފުރަތަމަ ކޭސް އަދި މަރު ކެރެލާއިން
ކެރެލާގައި މަރުވި މީހެއް މަންކީޕޮކްސް އަށް ޓެސްޓުކުރަނީ
30ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަނިކޮށް އަތުލައިގެންފި