އޯލެވެލް އަދި އޭލެވެލް އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ދޭ ސަރުކާރުން ދޭ "މަތީ އަރުތަވެރީންގެ އިނާމު" 441 ކުއްޖަކަށް މިއަދު ދީފި އެވެ.
12 ސެޕްޓެމްބަރ 2024
އޯލެވެލް އަދި އޭލެވެލް އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ދޭ ސަރުކާރުން ދޭ "މަތީ އަރުތަވެރީންގެ އިނާމު" 441 ކުއްޖަކަށް މިއަދު ދީފި އެވެ.
އެ ކުދިންނަށް އެވޯޑު ދިނީ ތިން ދަންފަޅިއަކަށް ބަހާލައިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާތަކުގަ އެވެ.
މިއަދުގެ ހެނދުނާއި މެންދުރު އަދި މިރޭ ބޭއްވި ޖަލްސާ އަށް ވެސް ވަޑައިގެން އެ ރަސްމިއްޔާތުތައް ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ފަހަރު މި ހަފުލާ ބޭއްވީ އެހެން ފަހަރުތަކާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުގެ ސްޕޮންސަޝިޕެއް ނެތި ސީދާ ސަރުކާރުގެ ހަރަދުގަ އެވެ.
ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދަރިވަރަކަށް އިނާމު ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް
އޭލެވެލްގެ 2023-2022 ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ގައުމީ ގަދަ 10 ގައި 376 ކުއްޖަކު ހިމެނުނެވެ. އޯލެވެލް އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަތައް 65 ކުއްޖަކު ހޯދި އެވެ.
އޯލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާ ހާސިލްކުރި ކުދިންގެ ތެރެއިން 18 ކުއްޖަކު ވަނީ ދުނިޔޭގެ ވަނަތައް ހާސިލްކޮށްފަ އެވެ.
ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެެރިވަނީ-- ފޮޓޯ: ރައީސް އޮފީސް
އޭލެވެލްގައި ރާއްޖެ އިން އެއްވަނަ 12 ކުއްޖަކު ހާސިލްކުރިއިރު، ސެޓްފިކެޓް އޮފް އެކްސެލެންސް (ތިން އޭ ސްޓާ ) 27 ކުއްޖަކު ހޯދި އެެވެ. އޯލެވެލް އިން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ 25 ކުއްޖަކު ހޯދި އެވެ. އަދި ރާއްޖޭން އެއްވަނައިގެ ތެރޭގައި 23 ކުއްޖަކު ހިމެނުނެވެ.
އޯލެވެލް ގަދަ 10ގެ ކާމިޔާބީ ފާހަގަކުރާނެ: މިނިސްޓަރު
އޭލެވެލްގެ ގުރޭޑް ތްރެޝްހޯލްޑް އާންމުކުރަން ފަށައިފި
މަތީ ތައުލީމްގައި ފިރިހެންކުދިން މަދުވާތީ ކަންބޮޑުވުން!
"ހެއްކެއް ނެތި 300 މުވައްޒަފުންނަށް އަދަބު ދިން"
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި
"ރައީސްގެ ނިންމެވުމުން މަގުމަތިވާ ކުދިން މަދުވާނެ"
މާލެ ސީއެޗްއެސްއީ ރަސްމީކޮށް ހުޅުވައިފި
އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު 28 ގައި
ހިރިމަރަދޫ ސްކޫލުގައި ޕްރިންސިޕަލަކު ނެތި 4 އަހަރު!
އޭލެވެލް ކިޔަވާ ކުދިން އިތުރު ކުރެވިއްޖެ: މިނިސްޓަރު