އޭ ލެވެލް އިމްތިހާނުގެ ދިވެއްސާއި އިސްލާމް މާއްދާގައި ގުރޭޑްތައް ކަނޑައަޅާފައިވާ ގޮތުގެ މިންގަނޑު (ގުރޭޑް ތްރެޝްހޯލްޑް) އާންމުކުރަން ފަށައިފި އެވެ.
16 ޖެނުއަރީ 2025
އޭ ލެވެލް އިމްތިހާނުގެ ދިވެއްސާއި އިސްލާމް މާއްދާގައި ގުރޭޑްތައް ކަނޑައަޅާފައިވާ ގޮތުގެ މިންގަނޑު (ގުރޭޑް ތްރެޝްހޯލްޑް) އާންމުކުރަން ފަށައިފި އެވެ.
މީގެ ކުރިން ރާއްޖޭގައި އެ ނަތީޖާ އާއްމެއް ނުކުރެ އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން މިއަދު ދޫކުރަން ފެށި މިދިޔަ އަހަރުގެ އޭލެވެލް ނަތީޖާއާ އެކު ވަނީ 2017 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ހުރި ގުރޭޑް ތްރެޝްހޯލްޑްތައް އާންމު ކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ މީގެ ކުރިން އެ ނަތީޖާއަކީ ގެންގުޅެފައި ވަނީ ވަރަށް ސިއްރުން ކަމަށެވެ.
— Department of Public Examinations (@dpemv) January 16, 2025
ނަމަވެސް މިނިސްޓަރު ގަބޫލު ކުރައްވަނީ އެ ނަތީޖާ އަކީ ރާއްޖޭގައި ހަދާ އެހެނިހެން އިމްތިހާން (ކެމްބްރިޖް އަދި އެޑެކްސެލް) ތަކުގެ ނަތީޖާއެކޭ އެއްގޮތަށް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އޮންނަން ޖެހޭނެ އެއްޗެއް ކަމަށެވެ.
"ކެމްބްރިޖް އަދި އެޑެކްސެލް އިން މި ގެންދަނީ އެ މާއްދާތަކުގެ ތްރެޝްހޯލްޑްތައް އިއުލާން ކުރަމުން. އެހެންވެ ދިވެހި/އިސްލާމުގެ ވެސް އަޅުގަނޑު ގަބޫލު ކުރަނީ ހަރުދަނާ ބީދައަކުން ހަމަ އިއުލާން ކުރެވެން ޖެހޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"ގުރޭޑް ތްރެޝްހޯލްޑާއެކު ކިޔަވާ ދަރިވަރުންނަށާއި ޓީޗަރުންނަށް ދެން އެނގޭނެ ގްރޭޑް ތަކުގެ ލޯވާ އެންޑް އަޕާ ބައުންޑްރީސްތައް."
އިސްމާއިލް ވިދާޅުވީ ދެން ކޮންމެ އަހަރެއްގައި ވެސް އޭލެވެލްގެ ދިވެހި/އިސްލާމުގެ ގުރޭޑް ތްރެޝްހޯލްޑް އާންމު ކުރާނެ ކަމަށެވެ. މި އަހަރު މޭ/ޖޫންގައި އޮންނަ އޯލެވެލް އިމްތިހާނުގެ ނާތީޖާއާ އެކު ދިވެހި/އިސްލާމުގެ ގުރޭޑް ތްރެޝްހޯލްޑްތައް އާންމު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކަރަންޓީނުކޮށްފައިވާ ދަރިވަރުން އިމްތިހާނު ހަދާނީ ވަކިން
އޯލެވެލް ސެޓްފިކެޓްތައް ސެންޓަރުތަކަށް ފޮނުވަން ފަށައިފި
"ބޯޑަރުތައް ބަންދުކޮށްފައިވާތީ ސެޓްފިކެޓު އަދި ނުލިބޭ"
އިނގިރޭސިން ދިވެހި ކުދިންނަށް ދުނިޔޭގެ ވަނަތަކެއް
މަތީ އަރުތަވެރިންގެ އިނާމު 441 ކުއްޖަކަށް ދީފި
އޯލެވެލް ފާސް ޕަސެންޓު އަދިވެސް 50 ޕަސެންޓަށް ނާރާ
އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
އޯލެވެލްއިން ފާސްވާ ކުދިންގެ އަދަދު ދަށް: މިނިސްޓަރު
ގްރޭޑް 8ގެ ކުދިން ދެން ކިޔަވާނީ އޯލެވެލް ސިލަބަސް
އޭލެވެލް ސިލަބަސް ބަދަލުކުރަން ނިންމި ނިންމުން ބާތިލް