Roadha Mihaaru
ކ. މާލެ ކިޔުން ގާނޫނުއަސާސީއާ ހިލާފް: މިނިސްޓަރު

ކ. މާލެ ކިޔުމަކީ ގާނޫނުއަސާސީއާ ހިލާފް ކަމެއް: މިނިސްޓަރު

13 ސެޕްޓެމްބަރ 2024

މާލެ ސިޓީއަށް ނިސްބަތްކޮށް ލިޔުންތަކުގައި "ކ.މާލެ" ލިޔުމަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރާ ކަމެއް ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީއަށް ނިސްބަތްކޮށް ލިޔުންތަކުގައި "ކ.މާލެ" ލިޔުމަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރާ ކަމެއް ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މިހާރަކަށް އައިސް ލިޔުންތަކުގައި ކ. މާލެ ލިޔުމާއި ކިޔުން އިތުރުވަމުން އަންނަ ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީގައި، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެ ކަމަށް ބަޔާން ކޮށްފައި އޮންނައިރު، ކ. މާލެ ލިޔެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

".ސަރުކާރުގެ ރަސްމީ ލިޔުންތަކުގައި ކ. މާލެ ލިޔެފައެއް ނޯވޭ. ކ. އަތޮޅުގައި މާލެ އޮތް ނަމަވެސް މާލެ އަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށަށް ވާތީ މާލެ ލިޔާއިރު ކ. އިތުރުކޮށް ކ. މާލެ ލިޔެ ނޫޅޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކ. މާލެ ލިޔުމަކީ އަދި ކިޔުމަކީ ވެސް ގާނޫނުއަސާސީގައި އޮންނަ ގޮތާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން މިއީ ކުޑަ ކަމެއް ނޫން ކަމަށާއި ކ. މާލެ ކިޔުމަކީ ރަނގަޅު ކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 14 ވަނަ މާއްދާގައި ބުނަނީ ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެ ކަމަށެވެ. އަދި ކ. އަތޮޅަށް ނަން ދީފައިވަނީ ވެސް މާލެ އަތޮޅުގެ ނަމުންނެވެ.