ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ހަމަލާދިނުމުގެ ރިކޯޑު އޮންނަ މީހަކު މާލެއިން އަނެއްކާ ވެސް އިއްޔެ ހައްޔަރުކޮށްފި އެވެ.
16 ސެޕްޓެމްބަރ 2024
ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ހަމަލާދިނުމުގެ ރިކޯޑު އޮންނަ މީހަކު މާލެއިން އަނެއްކާ ވެސް އިއްޔެ ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، ތ. ތިމަރަފުށީގެ 30 އަހަރުގެ އެ އަންހެން މީހާ ހައްޔަރުކުރީ މުދަލަށް ގެއްލުން ދިނުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައިގަ އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އެނގިފައިވާ ގޮތުގައި އެ އަންހެން މީހާގެ އުފަން ރަށުގައި ވެސް ތޫނު އެއްޗެހިން މީހުންނަށް ހަމަލާދީގެން ދޭތެރެ ދޭތެރެއިން ހައްޔަރުކުރެ އެވެ. އޭގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމާއި ގްރޫޕު ހަދައިގެން ގިނަ ބަޔަކާ އެކު ޖިންސީ ގުޅުން ހިންގާކަމުގެ ތުހުމަތުތަކާ އެކު ވެސް އަންހެން މީހާއަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާތީ ތިމަރަފުށީގައި އާއްމުން ކަންބޮޑުވުން ފާޅުކުރެ އެވެ.
ބަންދު އަމުރުގައިވާ ގޮތުން އަންހެން މީހާ އެ ހާދިސާ ހިނގި ތަނަށް ދިޔައީ އޭނާގެ ފޯނު ހޯދަން ކަމަށާއި އެއްވެސް މާރާމާރީއެއް ނުހިންގާ ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު އޭނާއާ ދެކޮޅަށް ފުލުހުން ބައެއް ހެކިތައް ކޯޓަށް ހުށަހަޅާފައިވެ އެވެ.
ކޯޓުގައި އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ބުނެފައިވަނީ އަންހެން މީހާގެ އަތުން ކަޓަރެއް ފެނުނު ކަމަށާއި އަނިޔާ ލިބިފައިވާ މީހާއަށް ހަމަލާދީފައިވަނީ ކަޓަރުން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ތަނުގެ މުދަލަށް ވެސް ގެއްލުން ދީފައިވާ ކަމަށް ބުންޏެވެ.
އެ އަންހެން މީހާއަކީ އެ ބާވަތުގެ ބަންދު ރެކޯޑު އޮންނަ މީހެއް ކަމަށް އަމުރުގައި ވެސް ބުނެފައިވެ އެވެ.
މާލޭގައި ފިހާރައެއްގެ ސޭޓެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއްގައި ވެސް މި މީހާ ކުރިން ހައްޔަރުކޮށްފައިވެ އެވެ. އެފަހަރު ސައިކޮލޮޖިސްޓަކު ހެދި އެސެސްމަންޓުން ދައްކާ ގޮތުގައި އެ މީހާ އަށް އެޑްމިޓުކޮށްގެން މަސްތުވާތަކެތީގެ ފަރުވާ ދޭންޖެހެ އެވެ.
އެކަމަކު، ޑްރަގް ފަރުވާއަށް ކޯޓުން އަމުރުނުކުރާ ކަމަށް ބުނެ، އޭނާ ގެންދަން ޑްރަގް އެޖެންސީން ވަނީ ދެކޮޅު ހަދައިފަ އެވެ.
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
އެއާޕޯޓްގައި މާރާމާރީ ހިންގި މީހާއަށް ޖޫރިމަނާގެ އަދަބު
ދަތް އަޅައިގެން އިނގިލި ބުރިކޮށްލި މީހަކު ބަންދަށް
ވަޅިން ހަމަލާދިން ދެ މީހަކު 10 އަހަރަށް ޖަލަށް
ފުލުހުންނަށް ހަމަލާދިން މައްސަލާގައި ހަ މީހަކު ބަންދަށް
އަންހެނަކަށް އަނިޔާކުރި މައްސަލަ: ބަންދަށް 10 ދުވަސް
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން
އަންހެން ހެދުން އަޅައިގެން ވައްކަންކޮށްފި
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ