Roadha Mihaaru
ގުދުރަތީ ގޭހުން ހަކަތަ އުފައްދަން ޕްރޮޕޯސަލްއެއް

ގުދުރަތީ ގޭސް ބޭނުންކޮށްގެން ރާއްޖޭގައި ކަރަންޓު އުފައްދަން ޝައުގުވެރިކަން ފާޅުކޮށްފި

18 ސެޕްޓެމްބަރ 2024

ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ނުވަތަ ގުދުރަތީ ގޭސް ބޭނުންކޮށްގެން ރާއްޖޭގައި ކަރަންޓު އުފައްދަން ސިންގަޕޫރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ނުވަތަ ގުދުރަތީ ގޭސް ބޭނުންކޮށްގެން ރާއްޖޭގައި ކަރަންޓު އުފައްދަން ސިންގަޕޫރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެލްއެންޖީ ބޭނުންކޮށްގެން ރާއްޖޭގައި ޕަވަ ޖެނަރޭޝަން ނެޓްވޯކެއް ނުވަތަ ކަރަންޓު އުފެއްދުމަށް ސިންގަޕޫރުގެ ޝީ އެނާޖީ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށް، މިނިސްޓްރީއަށް ޕްރޮޕޯސަލްއެއް ހުށަހަޅާފައިވާ ކަމަށެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަނީ އެ ޕްރޮޕޯސަލްއާ ގުޅޭ މަޝްވަރާތައް ވެސް ކޮށްފަ އެވެ.

އެލްއެންޖީއަކީ ގުދުރަތީ ގޭސް ލިކުއިޑް ފޯމަށް ބަދަލުކޮށްގެން ހަކަތަ އުފައްދާ ނިޒާމެކެވެ.

އެލްއެންޖީއަކީ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމަކަށް ނުވި ނަމަވެސް، ތެޔޮ ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް ވުރެ ރައްކާތެރި އަދި ގެއްލުން ކުޑަ ނިޒާމެކެވެ.