މިއަހަރުގެ އޮސްކާ އަކީ ގިނަ ބަޔަކު ސިއްސުވާލި ތަފާތު ހަފުލާ އެކެވެ. އޮސްކާގެ ރަތް ދޫލަ މަތިން ވެސް ވަރަށް ތަފާތު އެކި ޒާތުގެ ހެދުންތައް ފެނުނެވެ. އެކަމަކު އެންމެ މަޝްހޫރު ތަރިންގެ އެންމެ އަގު ބޮޑު ހެދުންތަކަށްވުރެ ތަފާތު އަދި ބޮޑު މެސެޖެއް ދިން ހެދުމެއް ރަތް ދޫލަ މަތީ ފެނުނެވެ. މިއީ އެންމެ އަގު ބޮޑު ރީތި ހެދުމަށް ނުވެދާނެ އެވެ.
05 މާޗް 2017
މިއަހަރުގެ އޮސްކާ އަކީ ގިނަ ބަޔަކު ސިއްސުވާލި ތަފާތު ހަފުލާ އެކެވެ. އޮސްކާގެ ރަތް ދޫލަ މަތިން ވެސް ވަރަށް ތަފާތު އެކި ޒާތުގެ ހެދުންތައް ފެނުނެވެ. އެކަމަކު އެންމެ މަޝްހޫރު ތަރިންގެ އެންމެ އަގު ބޮޑު ހެދުންތަކަށްވުރެ ތަފާތު އަދި ބޮޑު މެސެޖެއް ދިން ހެދުމެއް ރަތް ދޫލަ މަތީ ފެނުނެވެ. މިއީ އެންމެ އަގު ބޮޑު ރީތި ހެދުމަށް ނުވެދާނެ އެވެ.
އޮސްކާ އެވޯޑަކަށް ނޮމިނޭޓު ވެފައިވާ ކުރު ޑޮކިއުމެންޓަރީ ފިލްމަކީ "ވަތަނީ" އަކީ ސީރިއާގެ ހަނގުރާމައިން ސަލާމަތްވުމަށްޓަކައި ޖަރުމަނަށް ހިޖުރަކުރާ އާއިލާއެއްގެ ވާހަކަ އެވެ. އެގޮތުން މި ފިލްމުގެ ބަތަލާ އަދި ސީރިއާގެ ރެފިއުޖީއެއް ކަމަށްވާ ހާލާ ކާމިލް ވަނީ އޮސްކާގެ ހަފުލާގައި ބައިވެރިވެފަ އެވެ. މަޝްހޫރު ޑިޒައިނާ ބްރޭންޑަން މެކްސްވެލްގެ ކަސްޓަމް ޑިޒައިނެއް ލައިގެންނެވެ. އެކަމަކު އޭނާ އޮސްކާގެ ހަފުލާގައި ބައިވެރިވާން ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް މަދެއް ނޫނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރުކަށި "ޓްރެވަލް ބޭން" ގެ ސަބަބުން ހާލާއަށް އޮސްކާ ހަފުލާގައި ބައިވެރިވެވޭނެ ކަމުގެ ޔަގީންކަމެއް ނެތި އެތައް ދުވަހެއް ހުންނަން ޖެހުނެވެ. އަދި އެމެރިކާއަށް ދެވޭނެކަން އެނގުނީ ވެސް ހަފުލާ އޮންނަ ދުވަހުގެ ތިން ދުވަސް ކުރީންނެވެ. ހަފުލާއަށް ދެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތުމުން، އޮސްކާ އަށް ލާނެ ހެދުމެއް ވެސް ތައްޔާރެއް ނުކުރެ އެވެ. އެހެންވެ ޑިޒައިނަރެއްގެ ހެދުމެއް ހޯދަން ޓްވީޓެއް ކުރި އެވެ.
މިޓްވީޓަށް ޖަވާބު ދިނީ ޑިޒައިނާ ބްރޭންޑަން މެކްސްވެލް އެވެ. އެއީ ލަވަކިޔުންތެރިއާ ލޭޑީ ގާގާގެ ސްޓައިލިސްޓް އަދި ޑިޒައިނަރެވެ. އޭނާއަށް ހާލާގެ ވާހަކަ އިވުމުން، އެހީތެރިވާން ބޭނުންވި އެވެ. ހާލާއަށް ހާއްސަ ހެދުމެއް ޑިޒައިންކޮށްދޭން ބޭނުންވި އެވެ.
ހާލާ ހަފުލާއަށް ދިޔައީ ބްރޭންޑޮން ފަރުމާކޮށްދިން، ދަނބު ކުލައިގެ އަތް ދިގު ވެލްވެޓް ބްލައުޒް އާއި ބުރުގާއާ އެކު ކަޅު ސްކާޓެއް ލައިގެންނެވެ. އޮސްކާއަށް ނޮމިނޭޓްވި އެހެން އަންހެން ތަރިންނަށް ވެސް ބްރޭންޑަން ހެދުން ފަރުމާ ކޮށްދީފައިވެ އެވެ. އޭގެ ތެރެއިން ވަޔޯލާ ޑޭވިސް އަދި ސުޕާ މޮޑެލް ޖޯން ސްމޯލްސް ހިމެނެ އެވެ.
ބްރޭންޑަންގެ އިންސްޓަގްރަމް ޕޭޖުގައި ހާލާގެ އޮސްކާ ފޮޓޯއާ އެކު ކުޑަ މެސެޖެއް ދީފައިވެ އެވެ.
"މިއީ ސީރިއާގެ ރެފިއުޖީއެކެވެ. ހަތަރު ކުދިންގެ މަންމައެކެވެ. އަދި އެކެޑެމީ އެވޯޑަށް ނޮމިނޭޓު ވެފައިވާ ކުރު ޑޮކިއުމެންޓަރީ ފިލްމް ވަތަނީގެ ފޯކަސް އެވެ. މިރޭ، 89 ވަނަ އެކެޑަމީ އެވޯޑް ހަފުލާގައި ހާލާ ބައިވެރިވި ފުރަތަމަ ފަހަރު ލައިގެން ހުރީ ބްރޭންޑަން މެކްސްވެލް ލުކް އެކެވެ. މި ދަނބު ކުލައިގެ ހެދުމުން ރަމްޒު ކޮށްދެނީ ހާލާއަށް އެންމެ ކަމުދާ މަލުގެ ކުލަ އެވެ އެއީ އަހަރެންގެ މަންމައަށް ވެސް އެންމެ ރީތި ކުލަ އެވެ." ބްރޭންޑަން ބުނެފައިވެ އެވެ.
އޮސްކާގެ އެންމެ ރީތި އަދި ހުތުރު ހެދުންތައް
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
އަހަރުގެ އެންމެ މޮޅު ފިލްމަކީ "އޮޕެންހައިމާ"
"ސޫޓީ ކަލެކްޝަން" އާއެކު ބުރުގާ ސްޓައިލް!
މި އަހަރުގެ އޮސްކާ ނޮމިނޭޝަންތައް އިއުލާންކޮށްފި
އިންޑިއާގެ ނޫހަކުން ހެދި ޑޮކިއުމެންޓްރީއެއް އޮސްކާގައި
ހަލީމާ އަލުން މޮޑެލިން އަށް
ބުރުގާއެޅި ފުރަތަމަ ސުޕަމޮޑެލް އެކަން ހުއްޓާލީ ކީއްވެ؟
އޮސްކާގެ ރައީސަށް ވެސް ޖިންސީ ގޯނާގެ ތުހުމަތު
ނިވާކަން ބޮޑު ހެދުންތަކުގެ ފެސްޓިވަލެއް