ބުރުގާ އެޅި މުސްލިމު މޮޑެލްއަކަށްވާތީ ކުރިއަށްދާން ހުރި ހުރަސްތަކާ ހެދި، މޮޑެލް ކުރުން ހުއްޓައިލިކަން މިދިޔަ އަހަރު އިއުލާނުކުރި ހަލީމާ އޭޑެން އަލުން މޮޑެލްކުރަން ނުކުމެއްޖެ އެވެ.
06 ޖޫން 2021
ބުރުގާ އެޅި މުސްލިމު މޮޑެލްއަކަށްވާތީ ކުރިއަށްދާން ހުރި ހުރަސްތަކާ ހެދި، މޮޑެލް ކުރުން ހުއްޓައިލިކަން މިދިޔަ އަހަރު އިއުލާނުކުރި ހަލީމާ އޭޑެން އަލުން މޮޑެލްކުރަން ނުކުމެއްޖެ އެވެ.
ކެންޔާ އަށް އުފަން އެކަމަކު އެމެރިކާގައި ދިރިއުޅޭ 23 އަހަރުގެ ހަލީމާ އަލުން އަލުން ފެޝަންގެ ދުނިޔެ އަށް ނުކުތް ވާހަކަ އިއުލާންކުރީ މަޝްހޫރު ފެޝަން ޑިނައިނަރު ޓޮމީ ހިލްފިގާއާ އެކު ނަގާފައިވާ ފޮޓޯއެއް މިދިޔަ މަހުގެ 24 ގައި އިންސްޓަގްރާމްގައި ޕޯސްޓްކޮށެވެ. އޭގައި އޭނާ ބުނީ އެންމެ ފެވަރިޓް ޑިޒައިނަރާ އެކު ވަަރަށް ހާއްސަ ޝޫޓަކަށް ތައްޔާރު ކަމަށެވެ.
ބުރުގާ އެޅި ފުރަތަމަ ސުޕަމޮޑެލްގެ ޝަރަފު ހޯދި ހަލީމާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މޮޑެލްކުރުން ހުއްޓައިލަން ނިންމިކަން އިއުލާންކުރުމާ އެކު ވަރަށް ގިނަ ބަޔަކު އެ ނިންމުމަށް ތާއީދުކޮށް، ހިތްވަރު ވެސް ދީފައިވެ އެވެ. އޭގެ ތެރޭގައި މަޝްހޫރު މޮޑެލުން ކަމަށްވާ ބެލާ ހަޑީޑް އާއި ދައްތަ ޖިޖީ ހަޑީޑްގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ހިމެނެ އެވެ.
އަލުން ފެޝަނުގެ ދުނިޔޭގައި މޮޑެލްކުރަން ނުކުތް ނަމަވެސް ކެރިއަރު ދެން ބައްޓަންކުރާނެ ގޮތަކާއި ވިސްނުން ހުރި ގޮތުގެ އިތުރު އެއްވެސް ވާހަކައެއް ހަލީމާ އަދި ކިޔައިދީފައެއް ނުވެ އެވެ.
ނަމަވެސް މިކަން ވާނީ އެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ މުސްލިމު ޒުވާން އަންހެނުންނަށް ލިބޭނެ ހިތްވަރަކަށެވެ. ހަލީމާ ބުނެފައިވާ ގޮތުގައި އޭނާ އަބަދު ވެސް އެދެނީ މުސްލިމަކަށްވީތީ ނުވަތަ ބުރުގާ އެޅި މޮޑެލްއަކަށްވާތީ ތަފާތު ކުރުން ނުގެންގުޅެ، އޭނާގެ ގޮތުގައި ބަލައިގަނެ ކުރިއަށް ދާން ފެޝަން އިންސްޑަސްޓްރީގެ ތެރެއިން ފުރުސަތުތައް ފަހިކޮށް ދިނުމެވެ.
ހަލީމާ ކިޔައި ދީފައިވާ ގޮތުގައި އެންމެ އުނދަގޫވާ ކަމަކީ އޭނާގެ ބުރުގާ އަކީ މައްސަލައެއްގެ ގޮތުގައި ނަގާތީ އެވެ. އެހެންވެ ދުނިޔޭގެ އެންމެ ބޮޑު އެއް މޮޑެލިން ކުންފުނި އައިއެމްޖީގެ ކޮންޓްރެކްޓްގައި 2017 ގައި ސޮއިކުރި އިރު ވެސް މައިގަނޑު އެއް ޝަރުތަކީ އޭނާގެ އެއްވެސް ހަރަކާތެއްގައި ބުރުގާ ބޭލުމާ މެދު ވާހަކަ ނުދެއްކުމެވެ.
ކޮވިޑް-19 އާ ވެސް ހެދި މިދިޔަ އަހަރު އެއްކޮށްހެން މޮޑެލިންއާ ވަރަށް ދުރުގައި އުޅެން ޖެހުމާއި އެ ދާއިރާ ދޫކޮށްލަން ނިންމުންވެގެން ދިޔައީ ހަލީމާ އަށް އާއިލާ އާއި މުޖުތަމައުގެ އެހެން ކަންކަމާ ދޭތެރޭ ވެސް ވިސްނައިލަން ލިބުނު ކަމަކަށެވެ.
އެހެންވެ މިދިޔަ އަހަރު އޭނާ ކުރި އެންމެ ހާއްސަ އެއް މަސައްކަތަކީ ކޮވިޑް ބަލިމަޑުކަމާ ދެކޮޅަށް އިސް ސަފުގައި މަސައްކަތްކުރާ ބުރުގާ އެޅި މުސްލިމުންނަށް ހާއްސަކޮށްގެން މާކްސް އުފެއްދުމެވެ. އޭގެ ވާހަކަ އޭނާ އިންސްޓަގްރާމްގައި ވެސް ކިޔައި ދީފައިވެ އެވެ.
މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް
ހުވާގެ ރަސްމިއްޔާތުން ކަމަލާގެ ދޮންދަރި މޮޑެލްއަކަށް
ބޮޓޮކްސް ޖަހާ ކަމަށް ބުނާތީ ޖޭލޯ ހިތްހަމަނުޖެހިއްޖެ
ބިލިއަނަރުންގެ ލިސްޓުން ކައިލީގެ ނަން އުނިކޮށްފި
"ރެއާ ބިއުޓީ" ގެ ނަމުގައި ސެލީނާގެ މޭކަޕް ލައިނެއް
މިސް ޔުނިވާސް އަކީ ދެކުނު އެފްރިކާގެ ރީތީގެ ރާނީ
ޓްރަމްޕުގެ ސިޔާސަތާ ދެކޮޅަށް މުސްލިމެއްގެ ފެޝަން ޝޯއެއް
ކަވަގާލްގެ ބުރުގާ އެޅި ފުރަތަމަ އެމްބެސެޑަރު
ބުރުގާ އެޅި މީހެއް އެމެރިކާގެ ފިޓްނަސް މަޖައްލާއަކަށް
ބުރުގާ މައްސަލައިގައި އިންޑިއާގެ ނުރުހުން އޯއައިސީ އަށް