Roadha Mihaaru
އައިފޯން 15: ޓައިޓޭނިއަމް ޑިޒައިނާ އެކު ބަދަލުތަކެއް

އައިފޯން 15: ޓައިޓޭނިއަމް ޑިޒައިނާ އެކު ބަދަލުތަކެއް

12 ސެޕްޓެމްބަރ 2023

އެޕަލް އައިފޯން 15 އާއި ވޮޗް ސީރީޒް 9 މިރޭ ތައާރަފްކޮށްފި އެވެ.

އެޕަލް އައިފޯން 15 އާއި ވޮޗް ސީރީޒް 9 މިރޭ ތައާރަފްކޮށްފި އެވެ.

އައިފޯން 15 އާއި 15 ޕްރޯ ނެރުނީ 48 މެގަޕިކްސެލް މެއިން ކެމެރާއަކާ އެކުގަ އެވެ. އައިފޯން 15 ޕްރޯ އާއި ޕްރޯ މެކްސް ޓައިނޭނިއަމް ޑިޒައިނާ އެކު އުފައްދާފައިވަނީ މިހާތަނަށް އެންމެ ތުނި ބޯޑަރާ އެކުގަ އެވެ.

މިފަހަރު އައިފޯންގައި ވަނީ ކުރިން ވެސް ލަފާކުރި ގޮތަށް ޗާޖިން ޕޯޓް ލައިޓްނިން އިން ޔޫއެސްބީ ސީ އަށް ބަދަލުކޮށްފަ އެވެ. އެހެންވެ ޗާޖިން ކޭބަލްގެ އިތުރުން ހެޑްސެޓްގައި ވެސް ދެން ބޭނުންކުރާނީ ޔޫއެސްބީ ސީ އެވެ.

މި ބަދަލާ އެކު ކެމެރާ އަށް އިތުރު ފުރިހަމަކަން ގެނެސް ޓެލެފޮޓޯ އަށް ހާއްސަ ފީޗާތައް ވެސް ވަނީ ގެނެސްފަ އެވެ. މީގެ ތެރޭގައި ޕޯޓްރެއިޓް ފޮޓޯ ނެގުމާއި އަލި މަޑު ތަންތަނުގައި ރީތި ފޮޓޯ ނެގުމަށް ވެސް މުޅިން ތަފާތު ތަޖުރިބާއެއް ކުރެވޭ ގޮތަށް ފީޗާތައް ވަނީ ހިމަނައިފަ އެވެ.

އެޕަލް އައިފޯން 15 ޓައިޓޭނިއަމް

އެޕަލް އައިފޯން 15 ޓައިޓޭނިއަމް

އައިފޯން 15 ގައި ވަނީ މިހާތަނަށް ރިންގް އޮންކޮށް އޮފް ކުރުމަށް ބޭނުންކުރި ބަޓަންގެ ޑިޒައިން ބަދަލުކޮށް "އެކްޝަން ބަޓަން" އަށް ބަދަލުކޮށްފަ އެވެ.

އައިފޯން 15 ގެ އެކްޝަން ބަޓަން

އައިފޯން 15 ގެ އެކްޝަން ބަޓަން

އެ ބަޓަނަށް ފިތާލައިގެން ހުރުމުން އެކި ފަންކްޝަންތައް ނެގޭނެ އެވެ. އެ މީހަކު ބޭނުންވާ ފަންކްޝަން އައުމުން ސިލެކްޓްކޮށް އެ ކަމެއް އެ ސްވިޗް ބޭނުންކޮށްގެން ކުރެވޭނެ އެވެ.

އައިފޯންގައި ދެން ބޭނުންކުރާނީ ޔޫއެސްބީ ސީ ޕޯޓް

އައިފޯންގައި ދެން ބޭނުންކުރާނީ ޔޫއެސްބީ ސީ ޕޯޓް

އައިފޯން 15 799 ޑޮލަރަށް އައި އައިފޯން ޕްރޯ 999 ޑޮލަރަށް ވިއްކާއިރު ޕްރޯ މެކްސް ވިއްކާނީ 1199 ޑޮލަރަށެވެ. މި މަހުގެ 15 އިން ފެށިގެން އައިފޯން 15 އަށް ޕްރީ އޯޑާކުރެވޭނެ އެވެ. އަދި މި މަހުގެ 22 އިން ފެށިގެން އާންމުކޮށް ވިއްކަން ފަށާނެ އެވެ.

އައޮފޯން 15 ތައާރަފްކުރަނީ: މިފަހަރު ފޯނުތަކުގެ ކުލަތައް ތަފާތު

އައޮފޯން 15 ތައާރަފްކުރަނީ: މިފަހަރު ފޯނުތަކުގެ ކުލަތައް ތަފާތު

އައިފޯން 15 ޕްރޯ ގައި ވީޑިއޯ ރެކޯޑްކުރާއިރު އެކްސްޓާނަލް ސްޓޮރޭޖަކަށް އެ ނެގޭނެ އެވެ. އެހެންވެ މިއީ ވީޑިއޯގެ މަސައްކަތުގައި އައިފޯން ބޭނުންކުރުމަށް ގެނައި ބޮޑު އިންގިލާބަކަށް ވާނެ އެވެ.

މިރޭގެ އިވެންޓްގައި އެންމެ ފުރަތަމަ ތައާރަފްކުރީ އެޕަލް ވޮޗް ސީރީޒް 9 އެވެ. މި ގަޑީގައި އެސް9 ޗިޕް ހިމަނައި ހެލްތު ފީޗާތައް ވަނީ އިތުރުކޮށްފަ އެވެ. އަދި ބެޓެރީ އިތުރަށް ވަރުގަދަކުރުމާއި ސިރީ މެދުވެރިކޮށް ގަޑިން ކުރެވޭ ކަންކަން އިތުރުކޮށް ފުރިހަމަކޮށްފައިވެ އެވެ.

އެޕަލް ވޮޗް 9

އެޕަލް ވޮޗް 9

ފޯނަށް ޖަވާބު ދިނުމާއި ފޯނު ކަނޑާލުމާއި އެޕްތައް ހުޅުވައި ސްކްރޯލްކުރުން ފަދަ އެތައް ކަމެއް ޝަހާދަތް އިނގިއްޔާއި ބޮޑުވާއިނގިލި ކޮޅުން ޑަބަލް ޓެޕް ކޮށްލައިގެން ކުރެވޭ ފީޗާ ހިމަނާފައިވާ ސީރީޒް 9 ގަޑި އަންނަ މަހު ބާޒާރަށް ނެރޭނެ އެވެ. މީގެ ގަޑި ފަސް ކުލައަކުން ލިބޭނެ އެވެ. ޑަބަލް ޓެޕް ފީޗާގެ ބޭނުންކޮށްގެން، ގަޑި އަޅާފައި އޮންނަ އަތުން އެއްޗެއް ހިފަހައްޓައިގެން ހުރެ ވެސް ކޯލްތަކަށް ޖަވާބު ދިނުން ފަދަ ކަންކަން އުނދަގުލެއް ނެތި ކުރެވޭނެ އެވެ.

އެޕަލް ވޮޗް

އެޕަލް ވޮޗް

އެޕަލްގެ ފުރަތަމަ ކާބަން ނިއުޓްރަލް ގަޑި ކަމަށްވާ ސީރީޒް 9 އަށް ފަހު ދެން ދައްކާލީ އެޕަލް ވޮޗް އަލްޓްރާ 2 އެވެ. އެޕަލް ވޮޗްގެ އެންމެ ވަރުގަދަ ގަޑި ކަމަށްވާ އަލްޓްރާގެ އާ ސީރީޒް ވެސް ވަނީ އެސް9 ޗިޕާ އެކު އިތުރަށް ވަރުގަދަކޮށްފަ އެވެ.

އެޕަލް ވޮޗް އަލްޓްރާ 2

އެޕަލް ވޮޗް އަލްޓްރާ 2

މިފަހަރު ނެރުނު ވޮޗް އެސްީ 249 ޑޮލަރަށް ވިއްކާއިރު ސީރީޒް 9 ވިއްކާނީ 399 ޑޮލަރަށެވެ. އަދި އަލްޓްރާ 2 ވިއްކާނީ 799 ޑޮލަރަށެވެ. މި ގަޑިތައް މި މަހުގެ 22 އިން ފެށިގެން ގަންނަން ލިބޭނެ އެވެ.