މާލޭގެ މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތަކުގެ ތެރެއިން ބާވެ ހަލާކުވެފައިވާ 224 ސައިކަލް މިއަދު އެ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
21 ސެޕްޓެމްބަރ 2024
މާލޭގެ މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތަކުގެ ތެރެއިން ބާވެ ހަލާކުވެފައިވާ 224 ސައިކަލް މިއަދު އެ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭގެ މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށާއި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކައުންސިލާއި ފުލުހުން ގުޅިގެން މިއަދު ވަނީ މާލޭގެ މަގުތަކުގައި ހުރި ބާ އުޅަނދުތައް އަނެއްކާ ވެސް ނަގަން ފަށައިފަ އެވެ.
މާލޭގެ އެކި ސަރަަހައްދުތަކުން ނެގި ސައިކަލްތަކުގެ ތެރޭގައި ސައިކަލުގެ އެކި ބައިތައް ނެއްޓިފައިވާ އުޅަނދުތައް ހިމެނެ އެވެ.
މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރު ހިތްފަސޭހަތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ކައުންސިލާއި @PoliceMv ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ވަނ މާލޭ މަގުމަތީ ގިނަދުވަސްވެ، ބާވެ ހަލާކުވެފައި ހުރި 224 ސައިކަލް ނަގާފަ. pic.twitter.com/HGdQ91iR5N
— Malé City Council (@MaleCitymv) September 21, 2024
ސިޓީ ކައުންސިލުން ކުރިން ބުނި ގޮތުގައި މާލޭގެ އެކި މަގުތަކުގައި ބޭނުން ނުކުރާތާ އެތައް އަހަރެއްވީ އުޅަނދުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ވަރަށް ބޮޑަށް ބާވެ، އެކި ބައިތައް ނެއްޓި ހަލާކުވެފައިވާ އުޅަނދުތައް ހުރި ކަމަށް ކައުންސިލުން ބުނެފައި ވެ އެވެ.
ގިނަ ދުވަސް ވަންދެން މަގުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ ފެބްރުއަރީ މަހު ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުން ވެސް ވަނީ މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި މިގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް ކޮށްފަ އެވެ.
އެ ފަހަރު ވެސް މާލޭގެ މަގުތަކުން 200 އަށް ވުރެ ގިނަ ވެހިކަލް ނަގައި ނައްތާލި އެވެ.
މާލޭގައި ހަމައެެއް ލަމައެއް ނެތި ޕާކުކުރުން އާންމުވެފައިވާތީ، ނުގަވައިދުން ޕާކުކުރާ ވެހިކަލްތައް ވެސް އަންނަނީ މިދިޔަ މާޗު މަހުން ފެށިގެން ޓޯކުރަމުންނެވެ.
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
ގިނަ ދުވަސްވަންދެން ހުރި 200އެއްހާ ވެހިކަލް ޓޯކޮށްފި
ހުޅުމާލެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަނީ
މިދިޔަ އަހަރު 7،606 އުޅަނދަށް ފިޔަވަޅު އެޅި
ނުގަވައިދުން ޕާކުކުރާ ވެހިކަލްތައް އަނެއްކާވެސް ޓޯކުރަނީ
ބަންދުކުރި ދެ ޑްރައިވަރުން ދޫކޮށްލައިފި
އިހުތިޖާޖަށް ނުދާ ޓެކްސީތައް ވެސް ޓޯކުރި: ޑްރައިވަރުން
މަގުތަކުގައި ހުރި ބާ އުޅަނދުތައް ނަގަން ފަށައިފި
ޒޯން ބަދަލުކުރަންޖެހޭ ވެހިކަލްތަކުގައި ސްޓިކާ ޖަހަނީ
ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯން ސާފުކުރަނީ