ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތައް ރަޖިސްޓްރީކުރުން ލާޒިމުކޮށް ޖަނަވާރު ގެންގުޅުމާއި ޖަނަވަރުގެ ސިއްހަތާ ބެހޭ ބިލެއް ޑްރާފްޓްކޮށްފި އެވެ.
23 ސެޕްޓެމްބަރ 2024
ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތައް ރަޖިސްޓްރީކުރުން ލާޒިމުކޮށް ޖަނަވާރު ގެންގުޅުމާއި ޖަނަވަރުގެ ސިއްހަތާ ބެހޭ ބިލެއް ޑްރާފްޓްކޮށްފި އެވެ.
ބުޅަލާއި ދޫންޏާއި އެކި ކަހަލަ ދިރޭތަކެތި ރާއްޖޭގައި މީހުން ޕެޓްގެ ގޮތުގައި ގެންގުޅުނަސް ރާއްޖޭގައި ޖަނަވާރާ ގުޅުންހުރި އެއްވެސް ގާނޫނެއް މިހާތަނަށް ހަދައިފައެއް ނެތެވެ.
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ، ދައުލަތުގެ މީޑިއާއަށް ވިދާޅުވި ގޮތުގައި ޖަނަވާރުންގެ ސިއްހަތާ ގުޅޭ ކަންކަން ވެސް ހިމަނާފައިވާ މި ބިލުގެ ޑްރާފްޓް މަސައްކަތް ނިންމައި އެޓާނީ ޖެނަރަލްގެ އޮފީހަށް ވަނީ މިހާރު ފޮނުވައިފަ އެވެ.
އެ ބިލުގައި ހިމެނޭ ކަންކަމުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި މި ބިލުގައި ވަނީ ގޭގައި ގެންގުޅޭ ޖަނަވާރުތައް ރަޖިސްޓްރީކުރަން ވެސް ލާޒިމުކޮށްފަ އެވެ. އަދި ޖަނަވާރުގެ ވެރިފަރާތަކީ ކާކުކަން ދެނެގަތުމަށް ވެސް ކަންކަން ހިމަނާފައިވާ ކަމަށާއި އޭރުން މަގުތަކުގައި ބުޅާ ފަދަ ޖަނަވާރުތައް ގިނަވާ މައްސަލަ ހައްލުކުރަން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.
ޖަނަވާރުންނަށް ބޭނުންވާ ފަރުވާ އާއި ވެކްސިން ފަދަ ތަކެތި ހެޔޮ އަގުގައި ލިބޭނެ މަގު ފަހިކޮށްދޭން ވެސް އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާއިރު މިނިސްޓަރު ވިދާޅުވީ ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކް ގާއިމުކުރުމާއި އެކަމަށް ހާއްސަ ޑޮކްޓަރުންނާއި ނަރުހުން ރާއްޖެ ގެނައުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޕެޓުގެ ގޮތުގައި ރާއްޖޭގައި ގިނަ ބަޔަކު ބުޅާ ގެންގުޅޭއިރު ބައެއް މީހުން އެ ބޭނުން ނުވުމުން މަގުމައްޗަށް ދޫކޮށްލާ މައްސަލަ ބޮޑެވެ. މި މައްސަލަ ކޮވިޑްގެ ލޮކްޑައުން ތެރޭ ވަރަށް ބޮޑުވުމާ އެކު ކުރިމަތިވި މައްސަލަތަކަށް ފަހު ސަރުކާރުން އަންނަނީ ހުޅުމާލޭގައި ބުޅާ ފެސިލިޓީއެއް ވެސް ހަދަމުންނެވެ.
މީގެ ކުރިން 2021 ވަނަ އަހަރުގެ ތެރޭގައި ވެސް ވަނީ ޖަނަވާރުންގެ ސިއްހަތާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވި އެވެ. އެ ބިލުގައި ވެސް، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ބަލަހައްޓާ މީހުން އެ އެއްޗެހީގެ ސިއްހަތާއި ދުޅަހެޔޮކަމަށް ޒިންމާ ކުރުވާފައިވެ އެވެ. އަދި ޖަނަވާރާއި ޖަނަވާރުގެ އުފެއްދުންތައް އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމާއި ޓްރާންސިޓްކުރުމާއި އެތަކެތި ގަނެވިއްކުމުގައި އަމަލުކުރަން ޖެހޭނެ އުސޫލުތައް ވެސް ހިމެނި އެވެ.
އެކަމަކު މަޖިލީހުގެ ދައުރު ހަމަވިއިރު މި ބިލުގެ މަސައްކަތް ނުނިމި އޮތުމުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އޭރު ހުށަހަޅާފައިވާ އެ ބިލުގައި އެނިމަލް ވެލްފާއާ ގުޅޭ އެއްވެސް ކަމެއް ހިމަނާފައެއް ނެތެވެ. އެކަމަކު މުޅިން އަލަށް ހުށަހަޅާފައިވާ މި ބިލުގައި އެނިމަލް ވެލްފެއާ ގުޅޭ ކަންކަން ވެސް ހިމަނާފައި ވަނީ މިނިސްޓްރީގެ ދަށުން އެ ކަންކަން މިހާރު އަންނާތީ އެވެ.
ވިޔަފާރީގެބޭނުމަށް ބުޅާ ގެނައުން ވަގުތީގޮތުން މަނާކުރަނީ
ބުޅާ ފެސިލިޓީއަށް ސާމާނު ހޯދަން ރެޕިޑްއިންޖިނިއަރިންއަށް
އޮޅުހިޔާ އަށް ބުޅާތައް ގެންދަން ފަށައިފި
ތިންމަސްފަހުން ބުޅާ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވެއްޖެ
މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާކުރުން އިތުރުވަނީ
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ބުޅާ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި
ބުޅާތައް އޮޅުހިޔާއަށް އަދި ގެންދާކަށް ނުފެނޭ: މިނިސްޓްރީ
ދަނޑުވެރިކަމާބެހޭ މިނިސްޓްރީ ހިންގެވުން މާރިޔާ އަށް
މިނިސްޓަރު ރަމީލާ އިސްތިއުފާ ދެއްވައިފި