ބިދޭސީންނަށް ދޫކުރާ ހުއްދަތަކުގެ ފީތަކާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ ތެރެއިން ވަކި ތާވަލެއްގެ ދަށުން 254 މިލިއަން ރުފިޔާ ދައްކަން 3،159 މީހުން އެދިފައިވާ ކަމަށް ހޯމް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
23 ސެޕްޓެމްބަރ 2024
ބިދޭސީންނަށް ދޫކުރާ ހުއްދަތަކުގެ ފީތަކާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ ތެރެއިން ވަކި ތާވަލެއްގެ ދަށުން 254 މިލިއަން ރުފިޔާ ދައްކަން 3،159 މީހުން އެދިފައިވާ ކަމަށް ހޯމް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ، އޭގެ ތެރޭގައި ހިމެނެނީ ވޯކް ޕާމިޓް ފީގެ ގޮތުގައި ދައްކަން ޖެހޭ 188 މިލިއަން ރުފިޔާ އާއި ކޯޓާ ފީއަށް ލިބެން ޖެހޭ 63 މިލިއަން ރުފިޔާ އާއި ކެންސެލޭޝަން ފީގެ ގޮތުގައި ދައްކަން ޖެހޭ 2.7 މިލިއަން ރުފިޔާ އެވެ.
އެ ފައިސާ ދެއްކުމަށް އެއް އަހަރުގެ މުއްދަތެއް ވަނީ ދީފަ އެވެ.
ބިދޭސީންނަށް ދޫކުރާ ހުއްދަތަކުގެ ފީތަކާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 7،500 ފަރާތަކަށް އެކްސްޕެޓް ސިސްޓަމް ބޭނުން ނުކުރެވޭ ގޮތަށް ހޯމް މިނިސްޓްރީން ސަސްޕެންޑް ވަނީ ކޮށްފަ އެވެ. އެއީ ދައްކަން ޖެހޭ ފީތައް ނުދައްކާތީ އެވެ.
ރާއްޖޭގައި 139،000 ބިދޭސީ މަސައްކަތު މީހުންނަށް ހުއްދަ ދޫކޮށްފައި ވިޔަސް ބަރާބަރަށް ފައިސާ ދައްކަނީ އެންމެ 36 ޕަސެންޓް މީހުންނެވެ. ބިދޭސީންނަށް ދައްކަން ޖެހޭ ފީތައް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން ފީ ނުދައްކާ ކުންފުނިތަކުގެ މައުލޫމާތު ވެސް ހޯމް މިނިސްޓްރީން އާންމުކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ނަންތައް ވެސް ހިމެނެ އެވެ.
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ބިދޭސީންނަށް މުސާރަ ނުދޭނަމަ ބައި ލައްކައިން ޖޫރިމަނާ
މެޑިކަލް ނުހަދާ ބިދޭސީންނަށް އެތެރެވެވޭތީ އެޗްޕީއޭގެ ކަންބޮޑުވުން
ރެހެންދި ސްކޫލް ހޯލުގައި ބިދޭސީންގެ މައުލޫމާތު ނަގަނީ
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓުކުރަނީ
"ކުރަނގި" ހަފްތާ ބަންދުގައި 13 ރިސޯޓެއްގައި
ބިދޭސީންގެ ބަޔޯމެޓްރިކްސް ނުދޭނަމަ ސަސްޕެންޑް ކުރަނީ
މާލެ އިން 1،455 ބިދޭސީއެއްގެ މައުލޫމާތު ނަގައިފި