އިންޑޮނޭޝިއާގެ ޖަކާޓާގައި އިއްޔެ ފެށި އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕް ކޮލިފައިން ގުރޫޕް އެފްގައި، ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ފަހު ހާފުގައި ޖެހި ގޯލުތަކުން އިންޑޮނޭޝިއާ އިން 4-0 އިން ރާއްޖެ ބަލިކޮށްފި އެވެ.
އިންޑޮނޭޝިއާގެ ޖަކާޓާގައި އިއްޔެ ފެށި އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕް ކޮލިފައިން ގުރޫޕް އެފްގައި، ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ފަހު ހާފުގައި ޖެހި ގޯލުތަކުން އިންޑޮނޭޝިއާ އިން 4-0 އިން ރާއްޖެ ބަލިކޮށްފި އެވެ.
އިއްޔެ ކުޅުނު މެޗުގެ ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނިޓުގައި އަދިތުޔާ ވަރުމަން އިންޑޮނޭޝިއާ އަށް ލީޑު ނަގައިދިން އިރު، އޭގެ ތިން މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ ދެ ވަނަ ހާފުގައި ކުޅެން ނުކުތް ފީގޯ ޑެނިސް އެވެ. އަދި ދެ މިނިޓު ފަހުން ޓޯނީ ފިރުމާންސިޔާހް ވަނީ ތިން ވަނަ ގޯލު ޖަހައިދީފަ އެވެ.
ތިން ގޯލުގެ ލީޑެއް ނެގިތާ ނުވަ މިނިޓު ފަހުން އިންޑޮނޭޝިއާގެ ހަތަރު ވަނަ ގޯލު ޖަހައިދިނީ، ނެދަލެންޑްސް އަށް އުފަން، އެގައުމުގެ ދެ ވަނަ ޑިވިޝަން ކުޅޭ ޑޯޑްރެކްޓްގެ އެކަޑަމީ ޓީމުގެ ފޯވާޑް ޔެންސް ރޭވެން އެވެ.
ކޮލިފައިންގެ ގުރޫޕް އެފްގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ޔަމަނުން ވަނީ 3-1 އިން އީށްޓް ޓިމޯ ބަލިކޮށްފަ އެވެ.
ރާއްޖޭގެ ޓީމު ކޮލިފައިންގައި މާދަމާ ޔަމަނާ ދެކޮޅަށް ކުޅެ، ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހު އީސްޓް ޓިމޯއާ ދެކޮޅަށް ކުޅޭނެ އެވެ.
އަނިޔާގެ މައްސަލަތަކާ އެކު ރާއްޖޭގެ ޓީމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ އޭ ލެވެލްގެ އިމްތިހާނު ދުވަސްވަރާ ދިމާވުމެވެ. އެއާ ގުޅިގެން، މިދިޔަ މަހު ނޭޕާލްގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ސްކޮޑުގައި ހިމެނުނު މުހިއްމު ގިނަ ކުޅުންތެރިން ކޮލިފައިންގެ ސްކޮޑުގައި ނުހިމެނެ އެވެ. އޭގެ ތެރޭގައި ފުރަތަމަ 11 ގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވެސް ހިމެނެ އެވެ.
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު
މެޗުގެ ޕްރޮމޯޝަނެއް ނެތް، އެފްއޭއެމް އަތްއުރާލައިގެން
ގައުމީ ކޯޗުކަމުގައި މޯހަންގެ ފަހު މެޗުތަ؟
ގައުމީ ޓީމުގެ ޒިންމާ ދޫކޮށްލި ފަތޯ ޓީމުން ބޭރުކޮށްފި
ފަލަސްތީނުގެ ޓީމަށް ރާއްޖޭން ވީއައިޕީ މަރުހަބާއެއް!
ފަލަސްތީނުގެ ޓީމަށް އެހީވާން ސްވެނިއާ ޓިކެޓް ވިއްކަނީ!
ގައުމީ ޓީމުގެ މެޗަށް ޓިކެޓުގެ 75 ޕަސަންޓް ވިކިއްޖެ
ރާއްޖެ އާއި ތަޖިކިސްތާނު މެޗަށް "ފޯރީގައި ދަނޑަށް"
ރާއްޖެއަށް އިހްތިރާމު އޮންނާނެ: ތަޖިކިސްތާނުގެ ކޯޗު