ފިލިޕީންސާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު މާލޭގައި ކުޅުނު މެޗަށް ފަހު، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ކުޅުންތެރިންގެ ގާތު ބުނީ އެ މެޗަކީ އޭނާގެ ފަހު މެޗު ކަމަށެވެ.
25 ނޮވެމްބަރ 2025
ފިލިޕީންސާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު މާލޭގައި ކުޅުނު މެޗަށް ފަހު، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ކުޅުންތެރިންގެ ގާތު ބުނީ އެ މެޗަކީ އޭނާގެ ފަހު މެޗު ކަމަށެވެ.
އޯގަސްޓް މަހު އެފްއޭއެމުން، މޯހަން އާ އެކު ކޮންޓްރެކްޓް ހެދީ ތިން މަސް ދުވަހަށެވެ. އެ ކޮންޓްރެކްޓްގެ ދަށުން ގައުމީ ޓީމުގައި އޭނާގެ މަސައްކަތް ވަނީ ނިމިފަ އެވެ. "ފަހު މެޗު" ކަމަށް ކުޅުންތެރިންގެ ގާތު ބުނީ އެ ކޮންޓްރެކްޓްގެދަށުން އޭނާ އަށް ދެން ކުރާނެ އިތުރު މަސައްކަތެއް ނެތުމުން ކަމަށްވެދާނެ އެވެ.
އެކަމަކު ގައުމީ ޓީމުގެ އެތެރޭގެ މަސްދަރުން ބުނި ގޮތުގައި މޯހަން ކުޅުންތެރިން ކައިރީ އެ ވާހަކަ ބުނީ އޭނާ ދެން ނާންނާނެ ކަހަލަ ރާގެއްގަ އެވެ.
"ކޯޗު ބުނި މިއީ ތިމަންނަގެ އެންމެ ފަހު މެޗޭ. އެންމެންނަށް ވެސް ހީވީ ކޯޗު އެއްކޮށް ދަނީއޭ ބުނިކަމަށް،" "މިހާރު" އަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ.
ގައުމީ ޓީމުގެ ބައެއް އޮފިޝަލުންނާ އެކު މޯހަން
ގައުމީ ޓީމަށް ބިދޭސީ ކޯޗެއް ގެނައުމުގެ ވިސްނުންތަކާ ބެހޭގޮތުން ރަށުތެރޭގައި ކޮންމެވެސް ވަރަކަށް ވާހަކަތައް އެބަހުއްޓެވެ. ބައެއް ތަޖުރިބާކާރުން ވެސް ބުނަނީ ގައުމީ ޓީމަށް "ރަނގަޅު ފެންވަރުގެ" ގެ ބިދޭސީ ކޯޗެއް ބޭނުންވާ ކަމަށެވެ.
މޮޅެތި ބިދޭސީ ކޯޗުން ވެސް ރާއްޖޭގައި މީގެ ކުރިން މަސައްކަތް ކުރި އެވެ. އެކަމަކު މި ފަހުން ގައުމީ ޓީމާ ހަވާލުވި ބިދޭސީ ގިނަ ކޯޗުންނަކީ "އެވްރެޖް ފެންވަރު"" ކޯޗުންނެވެ. އެ ކޯޗުންނާ ޓީމު ހަވާލު ކުރުމަށް ވުރެ ދިވެއްސަކު ހުރުން ވެސް ބައެއް މީހުންނަށް ރަނގަޅެވެ.
"ގައުމީ ޓީމަށް [މިފަހަކަށް އައިސް] ގެނައި ކޯޗުންގެ ފެންވަރު ވަކި ރަނގަޅެއް ވެސް ނޫން. އެހެންވީމަ ދިވެހި ކޯޗަކު ހުއްޓަސް އެ މަސައްކަތް ކުރެވޭނެ،" ތަޖުރިބާކާރަކު ބުންޏެވެ.
މޯހަން
"އެހެނެއް ނޫން ގައުމީ ޓީމު ބަދަލުކޮށްލެވޭ އެ ޓްރާންސްފޯމް ގެނެވޭނެ ފެންވަރުގެ ކޯޗަކު ބޭރުން ވެސް ގެންނަންވީ."
ގައުމީ ޓީމަށް ދެން މެޗެއް އޮތީ އަންނަ އަހަރު މާޗް މަހު އެވެ. ރަނގަޅު ފެންވަރުގެ ބިދޭސީ ކޯޗަކު ހޯދަން ވިޔަސް ދިރާސާކުރަން އެކަށީގެންވާ ވަގުތު ވެސް އަދި އެބައޮތެވެ. ކޮންމެ ގޮތެއްވިޔަސް އެފްއޭއެމަށް އޮތީ ދެ ގޮތެކެވެ. އަނެއްކާވެސް ކުރު މުއްދަތަކަށް މޯހަން އަށް އާ ކޮންޓްރެކްޓެއް ދިނުމެވެ. ނުވަތަ ބިދޭސީ ކޯޗަކާ ދިގު މުއްދަތަކަށް ޓީމު ހަވާލު ކުރުމެވެ. ޖެނަރަލް ސެކްރެޓަރީ އަހްމަދު ޒަރީރު ވިދާޅުވީ އަދި ވަކި ނިންމުމެއް ނިންމާފައި ނުވަ ކަމަށެވެ.
"ވަކިގޮތެއް އަދި ނުނިންމާ،" އެފްއޭއެމްގެ ވިސްނުމަކީ ބިދޭސީ ކޯޗަކާ ޓީމު ހަވާލު ކުރުނުންތޯ ނުވަތަ މޯހަންގެ ކޮންޓްރެކްޓް އާ ކުރުންތޯ ސުވާލުކުރުމުން ޒަރީރު ވިދާޅުވި އެވެ.
ގައުމީ ޓީމު ޖާގަދޭން ކްލަބްގެ ޕްރެކްޓިސް ވެސް ބަލަނީ
ދެ އަހަރަށް ފަހު ފައިސަލް އެނބުރި ގައުމީ ޓީމަށް!
ހާލަތު ބަދަލުކުރަން ފްރެންޑްލީ ގިނަކުރަންޖެހޭ: މޯހަން
ޓީމުގެ ދިފާއީ ޕްލޭނުގައި ހައްލުތަކެއް ހޯދިއްޖެ: މޯހަން
ކުޅުމަށް ބަލައި ނަތީޖާ ގަބޫލުކުރަން މޯހަންއަށް އުނދަގޫ
ގައުމީ ޓީމުގެ މެޗަށް ޓިކެޓުގެ 75 ޕަސަންޓް ވިކިއްޖެ
ހޯމް އެޑްވާންޓޭޖާއި ޕްރެޝަރު ވެސް އެބައޮތް: މޯހަން
ބަލިނުވެ ސަލާމާތްވާން ރާއްޖެއަށް ގޮތެއް ހަދާލެވިދާނެ
ރައީސް ގައުމީ ޓީމާއެކު، އެހީތެރިކަން ކަށަވަރުކޮށްދެއްވި
ސީނިއާ ޓީމުގެ ކާމިޔާބަކީ ޒުވާން ޓީމުތަކަށް ހިތްވަރެއް