އެމްއޭސީއެލް އިން މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަކަށް 25،000ރ. ދޭން ނިންމައިފި އެވެ.
10 އޯގަސްޓް 2023
އެމްއޭސީއެލް އިން މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަކަށް 25،000ރ. ދޭން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ސާކިއުލާގައި ބުނީ ބޯނަސްގެ ގޮތުގައި 25،000ރ. ލިބޭނީ މިދިޔަ އަހަރު އެއްކޮށް މަސައްކަތްކުރި މުވައްޒަފުންނަށް ކަމަށެވެ.
މިދިޔަ އަހަރުގެ ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނާއި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންނަށް ބޯނަސް ދޭން ނިންމައިފައި ވަނީ ވަޒީފާގައި އުޅުނު ދުވަހުގެ ނިސްބަތުން ކަމަށް އެ ސާކިއުލާގައިވެ އެވެ.
އެކަމަކު، ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް ބޯނަސްއެއް ނުލިބޭނެ އެވެ.
މިދިޔަ އަހަރުގެ ބޯނަސް ފައިސާ، އެންމެ ލަސްވެގެން އަންނަ އާދިއްތަ ދުވަހުގެ ކުރިން މުވައްޒަފުންގެ އެކައުންޓުތަކަށް ޖަމާކުރާނެ ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.
އެމްއޭސީއެލްއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މުވައްޒަފުން އެންމެ ގިނަ ތަނެވެ. ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު އަހަރީ ބޯނަސްގެ ގޮތުގައި ވެސް ކޮންމެ މުވައްޒަކަށް 25،000ރ. ދީފައިވެ އެވެ.
އެ ފަހަރު ބޯނަސްގެ ގޮތުގައި ދިނީ 7،870.79ރ. އެވެ.
އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 25،000ރ.
އެމްއޭސީއެލް ބޯނަހުގެ ގޮތުގައި 25،000 ރުފިޔާ
މިދިޔަ އަހަރު އެސްއޯއީތަކުން 5.4 ބިލިއަންގެ ފައިދާ
އެމްއޭސީއެލްގެ ބޯނަސް ނުބަހާތާ ދެ އަހަރު
އެމްއޭސީއެލްގެ 10 މުވައްޒަފަކު ހައްޖަށް ފޮނުވަނީ
ނަތީޖާއާ އެކު ކުންފުނިތައް އުންމީދީ ބަދަލަކާ ދިމާއަށް
އެންމެ ބޮޑު ފައިދާއެއް އެމްއޭސީއެލް އަށް
އެމްއޭސީއެލް، އެސްޓީއޯއިން ހިއްސާގެ ފައިދާ ނުދޭ
ފައިނުގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
އެމްއޭސީއެލްއިން ރޯދައަށް އެއާޕޯޓް ސާފުކުރަނީ