އުރީދޫ މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޕޭމަންޓް ސާވިސް ޕްރޮވައިޑާ (ޕީއެސްޕީ) ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރަސްމީކޮށް ދީފި އެވެ.
01 އޮކްޓޯބަރ 2024
އުރީދޫ މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޕޭމަންޓް ސާވިސް ޕްރޮވައިޑާ (ޕީއެސްޕީ) ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރަސްމީކޮށް ދީފި އެވެ.
މި ލައިސަންސާއެކު، ގިނަ ބަޔަކު ބޭނުންކުރާ އުރީދޫގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާ އާއި ރެމިޓެންސްގެ ހިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށުން މިހާރު މެނޭޖް ކުރެވޭނެ އެވެ.
މިއީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެންމެ ޒަމާނީ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށް ދިނުމުގައި އުރީދޫ މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީއާ ގުޅިފައިވާ ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ބުންޏެވެ.
އެމް-ފައިސާ ޕްލެޓްފޯމްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މާލީ މުއާމަލާތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ފައިސާ ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ރެމިޓެންސްގެ ހިދުމަތް ހޯދުމުގައި ފަސޭހަ އަދި ހަރުދަނާ މަގެއް ފަހިކޮށްދެވިފައިވާ ކަމަށް އުރީދޫން ބުންޏެވެ.
އެމް.ފައިސާ މެދުވެރިކޮށް ބިލްތައް ދެއްކުމާއި ޕެޓްރޯލް ޝެޑްތަކާއި ފިހާރަ އަދި ކެފޭތަކުގައި ވެސް ފައިސާގެ މުއާމަލާތް ކުރެވޭނެ އެވެ. އަދި ސަރުކާރުގެ ބަނޑޭރިޕޭގެ ތެރޭގައި ވެސް އެމް-ފައިސާ ހިމެނެ އެވެ.
ޓެކްފިން މޯލްޑިވްސްގެ ދަށަށް އެމްފައިސާގެ ހިދުމަތްތައް ބަދަލުކޮށް، އުރީދޫއިން ގެންދަނީ ޑިޖިޓަލް ފައިނޭންޝަލް އިކޯސިސްޓަމް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އީޒްއެޕަށް އެމްފައިސާ ތައާރަފް ކުރަނީ
ރާއްޖޭގައި ގިނަ ހިދުމަތްތަކަށް ބުރޫ އަރައިފި
އުރީދޫގެ އުމްރާ ދަތުރުގެ 10ވަނަ ނަސީބުވެރިޔާ ހޮވައިފި
އުރީދޫ އިމާރާތުގެ ވީޑިއޯ ޝެއާކޮށްގެން ހާއްސަ އިނާމެއް
ކޮންމެ ނަމްބަރަކަށް ވެސް ޕޭޕަލްގެ ހިދުމަތް ލިބޭނެ
އުރީދޫން ގޫގުލް ވޯކްޕްލޭސް ރާއްޖެއަށް ތައާރަފްކޮށްފި
އުރީދޫން ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
ކަސްޓަމަރުންގެ ދުވަހު އުރީދޫން ކަސްޓަމަރުންގެ ގާތަށް
އެމްފައިސާއިން "ފަތުރުވެރިންނާ" އެކު ޕާޓްނާޝިޕެއް
ރާސްޓަސްކޮށްގެން ކޮންމެ ހަފްތާއަކު ބޮޑު އިނާމެއް!