Roadha Mihaaru
"ޑޮލަރާގުޅޭ ފިޔަވަޅުތައް ލަސްވަނީ ލޮކްޑައުންތަކާ ހެދި"

ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމުގެ ފިޔަަވަޅުތައް ލަސްވަނީ ލޮކްޑައުންތަކާ ހެދި: އަމީރު

29 ޖުލައި 2021

ކޮވިޑް-19 އާ ގުޅިގެން ޑޮލަރުގެ އަގު އިންތިހާ އަށް މައްޗަށް އަރާފައިވާ މި ދަނޑިވަޅުގައި، އަގު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމާފައިވާ ކަންކަން ތަންފީޒުކުރުން ލަސްވަނީ ލޮކްޑައުންތަކާ ހެދި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން ޑޮލަރުގެ އަގު އިންތިހާ އަށް މައްޗަށް އަރާފައިވާ މި ދަނޑިވަޅުގައި، އަގު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމާފައިވާ ކަންކަން ތަންފީޒުކުރުން ލަސްވަނީ ލޮކްޑައުންތަކާ ހެދި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ފިޔަވަޅުތައް އެޅުމުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް އުޅުނަސް، އެކަން ކުރުމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ހަދަންޖެހޭ ގަވައިދުތައް ނިމިފައިވާ ކަމަށެވެ. މިކަމުގައި ޝާމިލުވާ ހުރިހާ ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ހޯދާފައިވާ ކަމަށާއި އައިއެމްއެފްގެ ހިޔާލު ވެސް ލިބިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއް ތެރޭ އެކަން ކުރެވޭނެ ކަމަށް މި ބަލަނީ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޑޮލަރުގެ އަގު ކޮންޓްރޯލް ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ލަސްވީ ކޮވިޑްގެ ބަލިމަޑުކަމާއެކު، ހާލަތަށް އައި ބަދަލުތަކުގެ ތެރެއިން މަސައްކަތް ކުރަން ޖެހުމުންނެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން މިދިޔަ މޭ މަހުން ޖުލައި މަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ހިންގީ އޮންލައިން ކޮށެވެ. އަދި އޮފީސްތައް ހުޅުވީ ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވަންނަ ޑޮލަރު ވަރަށް ބޮޑަށް މަދުވިއިރު، ޑޮލަރު ލިބެނީ ޓޫރިޒަމުންނާއި މަސް އެކްސްޕޯޓުކޮށްގެންނެވެ.

އަމީރު ވިދާޅުވީ، ފިޔަވަޅުތައް އެޅުމުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް އުޅުނަސް، އެކަން ކުރުމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ހަދަންޖެހޭ ގަވައިދުތައް ނިމިފައިވާ ކަމަށެވެ. މިކަމުގައި ޝާމިލުވާ ހުރިހާ ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ހޯދާފައިވާ ކަމަށާއި އައިއެމްއެފްގެ ހިޔާލު ވެސް ލިބިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ރާއްޖޭގައި ޒަމާނުއްސުރެ އޮތް "ޑޮލަރައިޒް އިގްތިސާދު" ބަދަލުކޮށް، އެތެރޭގައި ހިންގާ ފައިސާގެ މުއާމަލާތުތައް ވީހާ ވެސް ބޮޑަކަށް ދިވެހި ރުފިޔާ އިން ހިންގޭނެ ފަދަ ގޮތަކަށް ބަދަލު ގެންނަން އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ޑޮލަރުގެ ކަޅު ބާޒާރު ނައްތައިލެވޭނެ ގޮތަށް ސިޔާސަތުތައް ކަނޑައެޅުމުގެ ގޮތުން މަރުކަޒީ ބޭންކުން އުސޫލުތަކެއް އެކުލަވައިލައި ކެބިނެޓަށް އެކަން ހުށަހަޅާފައިވަނީ މި އަހަރުގެ ފެބްރުއަރީގަ އެވެ. މިވަގުތު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅެނީ، 18ރ. އާއި 19ރ. އާ ދެމެދުގަ އެވެ.

ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރާއްޖޭގެ ރަސްމީ ޑޮލަރުގެ ރޭޓަށް ވުރެ މަތީގައި ހުންނަ މައްސަލަ އަށް ހައްލެއް ނުހޯދި އޮތް އިރު މިކަމާ ގުޅޭ ގޮތުން މި އަހަރުގެ ކުރީ ކޮޅު ރައީސް އޮފީހުން ބުނެފައި ވަނީ ޑޮލަރުގެ އަގު އެހާ މަތިވަނީ ޑޮލަރު ނުވަންނާތީ ނޫން ކަމަށެވެ. ނަމަވެސް މާކެޓުގައި ދައުރު ވަނީ ރާއްޖެ އަށް ވަންނަ ޑޮލަރުގެ 20 ޕަސެންޓް ކަމަށް މި ދާއިރާގައި އުޅޭ ފަރާތްތަކުން ކުރި ދިރާސާ އިން އެނގޭ ކަމަށް އެ އޮފީހުން ބުނެފައި ވެ އެވެ.