04 އޮކްޓޯބަރ 2024
ޕޯޓޯ (އޮކްޓޫބަރު 4) - މެންޗެސްޓާ ޔުނައިޓެޑާ އެކު ކުރާ މަސައްކަތަށް އިތުބާރުކުރަން ކޯޗު އެރިކް ޓެން ހާގް ސަޕޯޓަރުން ކިބައިން އެދިއްޖެ އެވެ.
ޕޯޓޯ (އޮކްޓޫބަރު 4) - މެންޗެސްޓާ ޔުނައިޓެޑާ އެކު ކުރާ މަސައްކަތަށް އިތުބާރުކުރަން ކޯޗު އެރިކް ޓެން ހާގް ސަޕޯޓަރުން ކިބައިން އެދިއްޖެ އެވެ.
މެންޗެސްޓާ ޔުނައިޓެޑް ވަނީ ޔޫރޮޕާ ލީގުގައި ރޭ ރަށުން ބޭރުގައި ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗު 3-3 އިން އެއްވަރު ކޮށްލައިގެން ޕޮއިންޓެއް ހޯދައިފަ އެވެ.
ޔޫރޮޕާ ލީގުގައި ޔުނައިޓެޑް މިހާތަނަށް ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. ފުރަތަމަ މެޗުގައި އެއްވަރުވީ ނެދަލެންޑްސްގެ ޓްވެންޓޭ އަތުންނެވެ. ނަމަވެސް ސީޒަންގެ މިހާ ކުރީކޮޅު މި ނަތީޖާތަކާ މެދު ސަޕޯޓަރުން ކަންބޮޑު ނުވާން ޓެން ހާގް ވަނީ އެދިފަ އެވެ.
"މިއީ އަހަރެމެންގެ ސީޒަންގެ ނަތީޖާ ކަމަށް ބަލައިގެން ނުވާނެ، ސީޒަން ނިމެންދެން މަޑުކޮށްލާ. ކުރީ ސީޒަނުގައި ވެސް ބުނިން، އަހަރެމެން މި ކުރިއަށް ގެންދަނީ މަރުހަލާއެއް. އަހަރެމެންނަށް ކުރިއެރުން އަންނާނެ. ކުރީ ދެ ސީޒަނުގައި ވެސް ފައިނަލްތަކާ ހަމައަށް ދެވުނު. އަދި ކެތްތެރިވެލާ،" މެޗަށް ފަހު ޓެން ހާގް ބުންޏެވެ.
ޕޯޓޯއާ ދެކޮޅަށް މެޗުގެ 81 ވަނަ މިނިޓުގައި ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދެއްކުމުން، 10 ކުޅުންތެރިންނާ އެކު ކުޅުނު ޔުނައިޓެޑަށް އިތުރު ވަގުތުގައި އެއްވަރު ކޮށްދިނީ ކުރީގެ ކެޕްޓަން ހެރީ މެގުއާ އެވެ.
އެންމެ ފަހުން ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ފެނާންޑޭޒަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ޔުނައިޓެޑް ވަނީ 3-0 އިން ބަލިވެފަ އެވެ. ރޭގެ މެޗަށް ފަހު ޔުނައިޓެޑުން މިހާތަނަށް މި ސީޒަންގައި ކުޅުނު 10 މެޗުން މޮޅުވެފައި ވަނީ ތިން މެޗުންނެވެ.
ޔުނައިޓެޑް ވަނީ ރޭ ފުރަތަމަ ހާފުގެ 20 މިނިޓް ތެރޭ މާކަސް ރަޝްފޯޑާއި ރަސްމުސް ހޮއިލެންޑް ޖަހައިދިން ގޯލުތަކުން ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޓޯގެ ވިންގަށް ކުޅޭ ޕެޕޭ އާއި ސަމޫ އޮމޯޑިއޮން ވަނީ ޕޯޓޯ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޕޯޓޯ އަށް ލީޑު ނަގައިދިނީ ވެސް އޮމޯޑިއޮން އެވެ.
ޔޫރޮޕާ ލީގުގައި ރޭ ޓޮޓެންހަމް ވަނީ ފެރެންކްވަރޯސް އަތުން ރަށުން ބޭރުގައި 2-1 އިން މޮޅުވެފަ އެވެ. އެތުލެޓިކޯ ބިލްބާއޯ އާއި ލިޔޯން އަދި ޖަރުމަންގެ އެއިންޓްރަކްޓް ފްރޭންކްފާޓް ވެސް ކުޅުނު މެޗު ކާމިޔާބު ކުރި އިރު، އިޓަލީގެ ރޯމާ ވަނީ ރަށުން ބޭރުގައި ސްވިޑެންގެ އައިއެފް އެލްފްސްބޯގް އަތުން ބަލިވެފަ އެވެ.
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް، ލިވަޕޫލް ކުޅޭނީ ޔޫރޮޕާ
މޮރޮކޯގެ އައްނަސީރީގެ ގޯލުތަކުން ޔުނައިޓެޑް ކަޓުވާލައިފި
ފަހު ވަގުތު ސެވިއްޔާ އިން ޔުނައިޓެޑާ އެއްވަރުކޮށްފި
އާސެނަލް ކަޓައި، ޔުނައިޓެޑާއި ޔުވެންޓަސް ކުއާޓާ އަށް
ޔޫރަޕުގައި ބެޓިސް އަތުން ޔުނައިޓެޑަށް ބޮޑު މޮޅެއް
ޔުނައިޓެޑް ދެން ވެސް ކުޅޭނީ ސްޕެއިން ޓީމަކާ ދެކޮޅަށް
ބާސެލޯނާ ކަޓުވާލައި ޔުނައިޓެޑް އަނެއް ހަރުފަތަށް
ބާސާގެ ދަނޑުގައި އެއްވަރު، ޓެން ހަގް ރުޅިގަދަ ވެފައި
ބާސާ އާއި ޔުނައިޓެޑް: ދެ ކޯޗުން ތައުރީފު އޮއްސާލައިފި