Roadha Mihaaru
ނޫސްވެރިންނަށް ބިރު ދެއްކުމުން ކަންބޮޑުވުން ފާޅުކޮށްފި

ނޫސްވެރިންނަށް ބިރު ދެއްކުމުން މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

02 މާޗް 2017

ސައޫދީ އަރަބިއްޔާގެ އިސް ފަރާތްތަކަކާ ހަވާލުކޮށްގެން ފ. އަތޮޅުގައި ހިންގަން ސަރުކާރުން ރާވާފައިވާ މަޝްރޫއާ މެދު ރައްޔިތުން ދެކޭ ގޮތުގެ ހިޔާލު ހޯދަން އެ އަތޮޅު ނިލަންދު އަށް ދިޔަ ދެ ނޫސްވެރިއަކަށް ރޭ އެ ރަށު ބަޔަކު ބިރު ދެއްކުމުން، އެކަން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި އެވެ.

އެ އަތޮޅު ނިލަންދު އަށް ދިޔައީ މޯލްޑިވްސް އިންޑިޕެންޑެންޓުގެ ހަސަން މުހައްމަދާއި ހަސަން މޫސާ އެވެ. މި ދެ ނޫސްވެރިންނަށް ފާރަލައި، އެ މީހުންނަށް ބިރުދެއްކީ މަގުމަތިން ހުއްޓުވުމަށް ފަހު އެވެ.

މީޑިއާ ކައުންސިލުން ބުނީ ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ވެސް އިންޒާރު ދީފައިވާ ކަމަށް އެ ކައުންސިލަށް މައުލޫމާތު ލިބިފައިވާތީ އެކަމާ މެދު ވެސް ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ ކަން ކަށަވަރު ކޮށްދީފައިވާ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުންޏެވެ.

"އެފަދަ އަމަލުތަކަކީ މިނިވަން ނޫސްވެރިކަމަށް ހުރި ހުރަސްތަކެއް ކަމަށް ދެކެމެވެ. އަދި އެފަދަ އަމަލުތަކަކީ ދިވެހި އިސްލާމީ މުޖުތަމައުގައި އެއްވެސް ހާލެއްގައި ހިނގައިގެންވާނެ ކަމެއް ކަމަށް މި ކައުންސިލުން ގަބޫލެއް ނުކުރަމެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީޑިއާ ކައުންސިލުން ބުނީ ނޫސްވެރިންނަށް ބިރު ދެއްކުމަށް ހިންގާ އެފަދަ ހުރިހާ އަމަލެއް ކުށްވެ ރިކުރާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް މަގުފަހިވެދާނެ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުނުކުރަން އެ ކައުންސިލުން އިލްތިމާސްކޮށްފައިވެ އެވެ.