ފުވައްމުލަކަށް އިއްޔެ 120 މިލިމީޓަރުގެ ވާރޭ ވެހިއްޖެ އެވެ.
09 އޮކްޓޯބަރ 2024
ފުވައްމުލަކަށް އިއްޔެ 120 މިލިމީޓަރުގެ ވާރޭ ވެހިއްޖެ އެވެ.
މެޓް އޮފީހުން މިއަދު އާންމުކުރި ރާއްޖެއަށް މިދިޔަ 24 ގަޑިއިރު ވެހުނު ވާރޭގެ ރެކޯޑުތަކުގައިވާ ގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ގިނައިން ވާރޭ ވެހުނީ ފުވައްމުލަކަށެވެ. އެއީ 120 މިލިމީޓަރުގެ ވާރޭ އެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ސ. ގަމަށް ވަނީ 70 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. އަދި ލ. ކައްދުއަށް 60 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
އިއްޔެ އެންމެ ވިއްސާރަކުރީ ދެކުނުގެ އަތޮޅުތަކަށެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މި ހަފުތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯހެވެ.
ގަދަ ވަޔާ އެކު ކަނޑުތައް ގަދަވެ އަދި ބޯކޮށް ވާރޭ ވެހޭނެތީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
މިހާރު ރާއްޖެއަށް މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ސެޕްޓެމްބަރު މަހުގެ ފަހުކޮޅާއި އޮކްޓޯބަރު މަހުގެ ކުރީކޮޅަކީ އާންމު ގޮތެއްގައި ވެސް ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ.
މެޓް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހާއި ކުރިއަށް އޮތް ދެ މަހު ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެނީ އާންމުކޮށް މި ދުވަސްވަރު ވެހޭ މިންވަރަށް ވުރެ މަދުން ކަމަށެވެ. ނަމަވެސް، އުތުރުގެ ބައެއް އަތޮޅުތަކަށް އާންމުކޮށް މި ދުވަސްވަރު ވެހޭ ވަރަށް ނުވަތަ އެއަށް ވުރެ އިތުރަށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ހުޅަނގު މޫސުން ނިމި، ރާއްޖެއަށް އިރުވައި މޫސުން ފެށޭނީ އަންނަ ޑިސެމްބަރު މަހު އެވެ.
ކޮޅިގަނޑު ގަދަވެ، ކުރިއަށް އޮތީ ވިއްސާރަ 24ގަޑިއިރު
މި ވިއްސާރައިގެ އަސަރު ހަފުތާއެއްހާ ދުވަހަށް ކުރާނެ
ހޯމަ ދުވަހުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރާނެ
ހޯމަދުވަހާ ހަމައަށް ވިއްސާރަ އަލިވާނެ ކަމަށް ނުބެލެވޭ
މި ފެށުނީ ވަރަށް ވިއްސާރަ ހަފުތާއެއް
މި މަހު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި
ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ!
އައްޑުއަށް ވިއްސާރަ، އެހެން ހިސާބުތަކަށް ހޫނުގަދަ!
ކުރިއަށް އޮތް ހަތަރު ދުވަހު ކަނޑުގަދަވާނެ: މެޓް
ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ: މެޓް