މޭ އެންދުމުގެ މައްސަލައަށް އިނގިރޭސި ވިލާތުގެ ފާމަސޫޓިކަލް ޖީއެސްކޭ ކުންފުނިން އުފައްދާ ޒެންޓަކް ބޭހުން ކެންސަރަށް މަގުފަހިވާ ކަމަށް ބުނެ އެމެރިކާގެ ކޯޓުތަކަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ދައުވާތައް އަނބުރާ ގެންދާ ގޮތަށް އެ ކުންފުނިން 2.3 ބިލިއަން ޑޮލަރު ދައްކަން އެއްބަސްވެއްޖެ އެވެ.
މޭ އެންދުމުގެ މައްސަލައަށް އިނގިރޭސި ވިލާތުގެ ފާމަސޫޓިކަލް ޖީއެސްކޭ ކުންފުނިން އުފައްދާ ޒެންޓަކް ބޭހުން ކެންސަރަށް މަގުފަހިވާ ކަމަށް ބުނެ އެމެރިކާގެ ކޯޓުތަކަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ދައުވާތައް އަނބުރާ ގެންދާ ގޮތަށް އެ ކުންފުނިން 2.3 ބިލިއަން ޑޮލަރު ދައްކަން އެއްބަސްވެއްޖެ އެވެ.
މި ދައުވާތަކުގެ 93 ޕަސެންޓް (ގާތްގަނޑަކަށް 80،000) އަކީ 10 މައްސަލައަކާ ގުޅުން ހުރި ކޭސްތަކެވެ.
މި އެއްބަސްވުމުގެ ދަށުން ޖީއެސްކޭއިން މި މައްސަލަތައް ހައްލުކުރުމަށް "2.2 ބިލިއަން ޑޮލަރާ ހަމައަށް އެގްރިގޭޓް ޕޭމަންޓް" ދައްކާނެ ކަމަށް ބަޔާނުގައިވެ އެވެ. އަދި އެމެރިކާގެ "ލެބޯޓްރީ ވެލިޝުއާ" އާ އެކު އެހެން މައްސަލައެއްގައި 70 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.
އެމެރިކާގެ ކޯޓްތަކަށް ކްލާސް އެކްޝަން އަދި ޕާސަނަލް އިންޖަރީގެ މައްސަލަތައް ހުށަހެޅީ ޒެންޓަކް ފަދަ ބައެއް ރެނިޓިޑިން ބޭސްތަކުގައި ކާސިނޯޖަންއެއް ކަމަށް ބެލެވޭ މާއްދާއެއް ހުރި ކަމަށް ބެލެވުމާ އެކުގަ އެވެ. ނަމަވެސް ފާމަސޫޓިކަލް ކުންފުނިން ބުނީ ރެނިޓިޑީން އަކީ ކާސިނޯޖެނިކް އެއްޗެއްކަން ސައިންޓިފިކް ގޮތުން އިއްތިފާގުވެވެވޭ ހޯދުމެއް ނެތް ކަމަށެވެ. ދައުވާތައް އަނބުރާ ގެންދިއުމަށް ފައިސާ ދޭން އެއްބަސްވުމަކީ ދައުވާގައި ބުނާ ކަންކަމަށް އެއްބަސްވުން ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ފާއިތުވި އަހަރުތަކުގައި ޖީއެސްކޭ އިން ވަނީ އެމެރިކާގައި މި މައްސަލައާ ގުޅޭ ގިނަ ކޯޓު މައްސަލަތަކެއް ކާމިޔާބުކޮށް، ދައުވާތަކުން ސަލާމަތްވުމަށް ސެޓްލްމަންޓްތަކެއްގައި ސޮއިކޮށްފަ އެވެ. -- އޭއެފްޕީ
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން އޭޑީކޭގައި ފަށައިފި
ކެންސަރަށް "އޮލްޓަނޭޓިވް" ފަރުވާ ރައްކާތެރިއެއް ނޫން
ގޭހަށްދޭ އިންޖެކްޝަނެއްގައި މައްސަލަ ހުރުމުން މަނާކޮށްފި
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
އާމްދަނީދަށް ގައުމުތަކުގެ ކުދިންނަށް ކެންސަރު ބޭސް ހިލޭ
ކެންސަރުގެ ވޭނާ ދެކޮޅަށް އެއަށްވުރެ ގަދަ ހިތްވަރެއްގައި
ކެންސަރު ދުވަސް:ރައީސް އެދިވަޑައިގަތީ ދުންފަތާ ދުރުވާން
އަހަރުގެ ފުރަތަމަ "ނާޗާ" ޕްރޮގްރާމް ބާއްވައިފި
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ
ކެންސަރަށް ވެކްސިން ހޯދިއްޖެ ކަމަށް ރަޝިޔާއިން ބުނެފި