11 އޮކްޓޯބަރ 2024
މީގެ 12 ވަރަކަށް އަހަރު ކުރިން އިންޑިއާގެ ބެންގަލޫރަށް އަޖުހަދު މުހައްމަދު ދިޔައީ އޭނާގެ ކަންފަތުގައި ރިއްސާތީ ކްލާހުގައި އިންނަން ވެސް ކެތްނުވެގެން ޑޮކްޓަރަށް ދައްކާށެވެ. އޭރު މާލޭގެ ޕޮލިޓެކްނިކްގައި އޭނާ ކިޔަވަމުންދިޔަ މެކޭނިކަލް އިންޖިނިއަރިން ކޯހުގެ ތެރެއިން ލިބުނު ޗުއްޓީއެއްގައި ފުރައިގެން އިންޑިއާ އަށް ދިޔައީ އަވަހަށް އެނބުރި އަންނާށެވެ. އެކަމަކު މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ބެދި ތާށިވި ގޮތަށް އަދިވެސް ހުރީ ނާދެވިފަ އެވެ.
މީގެ 12 ވަރަކަށް އަހަރު ކުރިން އިންޑިއާގެ ބެންގަލޫރަށް އަޖުހަދު މުހައްމަދު ދިޔައީ އޭނާގެ ކަންފަތުގައި ރިއްސާތީ ކްލާހުގައި އިންނަން ވެސް ކެތްނުވެގެން ޑޮކްޓަރަށް ދައްކާށެވެ. އޭރު މާލޭގެ ޕޮލިޓެކްނިކްގައި އޭނާ ކިޔަވަމުންދިޔަ މެކޭނިކަލް އިންޖިނިއަރިން ކޯހުގެ ތެރެއިން ލިބުނު ޗުއްޓީއެއްގައި ފުރައިގެން އިންޑިއާ އަށް ދިޔައީ އަވަހަށް އެނބުރި އަންނާށެވެ. އެކަމަކު މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ބެދި ތާށިވި ގޮތަށް އަދިވެސް ހުރީ ނާދެވިފަ އެވެ.
އަޖުހަދު "މިހާރު" އަށް މިއަދު ކިޔައިދިން ގޮތުގައި އޭނާގެ ވާތްފަރާތު ކަންފަތުގެ ސާޖަރީއެއް ހެދުމަށް އިންޑިއާ އަށް ދާން ނިންމައި، އެކަމުގައި އެހީތެރިވުމަށް ޅިޔަނެއްގެ ގާތުގައި ބުނީ ދުވަހަކު ރާއްޖެއިން ބޭރަށް އެކަނި ގޮސްފައި ނުވާތީ އާއި ޅިޔަނަކީ ބެންގަލޫރަށް ގޮސް އުޅޭ މީހަކަށް ވެފައި ދަންނަ މީހުން އެ ތަނުގައި އުޅޭތީ އެވެ.
އެކަމަކު އަޖުހަދު ބުނީ، ޅިޔަނުގެ އޮތީ މުޅިން އެހެން ޕްލޭނެއް ކަމަށެވެ. އޭރު އުމުރުން 23 އަހަރުގެ އަޖުހަދާ ހަވާލުކޮށްފައި އިންޑިއާ އިން ރާއްޖެ އަށް ޑްރަގު އެތެރެކުރަން ޅިޔަނު ހުރީ ނިންމައިގެންނެވެ. އޭރު އިންޑިއާގެ ނޫސްތަކުގައި އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ވެސް ބުނެފައިވަނީ އަޖުހަދަކީ އިންޑިއާއިން ރާއްޖެއަށް ޑްރަގް ގެންދިއުމުގައި މެދުވެރިއަކަށް ބޭނުންކުރަން އުޅުނު މީހެއް ކަމަށެވެ. އޭނާ މެދުވެރިކޮށް ރާއްޖެއަށް ގެންދަން އުޅުނު ކަމަށް ބުނާ 500 ގްރާމް ހެރޮއިން ފެނުނު ކަމަށް ވެސް މީޑިއާގައި އޭރު ރިޕޯޓްކޮށްފައިވެ އެވެ.
"އަސްލު ޅިޔަނުގެ ޕްލޭންގައި އޮތީ މަށަށް ނޭނގޭ ގޮތަށް މަގޭ އަތަށް އެއްޗެއް ހަވާލުކޮށްފައި ގެންދިއުން. ދެން އަހަންނަކީ ކުޑަމީހަކަށް ވެފައި އުމުރުން ޅަވެފައި ދުވަހަކު ޕޮލިސް ރިކޯޑެއް އޮތް މީހެއް ނޫން ވީމާ، އަހަންނަކަށް ނޭނގޭނެތާ. އޭގެ އެކްސްޕީރިއަންސެއް ވެސް،" ގދ. ތިނަދު އަށް އުފަން އެ ޒުވާނާ ބުންޏެވެ.
"ޅިޔަނަކީ އެ ކަހަލަ ކަންކަމުގެ ރިކޯޑު އޮންނަ މީހެއް. އޭނާ ވަނީ 2019 ގައި ސްޓްރޯކެއް ޖެހިގެން ޖަލުގައި މަރުވެފައި،"
ސޮއި ނުކުރަން ވަރަށް ހިފަހައްޓާލިން އޭގައި ލިޔެފައި އޮތް އެއްޗެއް ނޭނގޭތީ. ދެން ގޮތެއް ނެތީމާ ސޮއިކުރީ. އޭގައި ސޮއިކުރުމާ އެކު އަހަރެން ގޮވައިގެން ނައްޓާލި ތަނަކަށް. އެއީ ގެއެއް ހެން ހުރި ތަނެއް. އެތަނުގައި ޖަޖެއް ހުރި،"--- އަޖުހަދު
ފެބްރުއަރީ 5، 2012 ގައި އަޖުހަދު ބެންގަލޫރު އެއާޕޯޓަށް ފޭބިއިރު އޭނާ ބަލައި ޅިޔަނު ފޮނުވައިގެން މީހަކު ގޮސް ހުއްޓެވެ. އެކަމަކު، އެ މީހާ ގެންދިޔަ ހޮޓަލުގައި ހުއްޓާ، ޖެހިގެން އައި ދުވަހު އިންޑިއާގެ ފުލުހުން ބޭރުން ގެނައި މީހަކާ އެކު ގޮސް ބަލައިފާސްކުރުމުގެ ތެރެއިން އެ ގޮވައިގެންދިޔަ މީހާގެ ދަބަހަކުން މަސްތުވާތަކެތި ފެނުނު ކަމަށް އަޖުހަދު ބުންޏެވެ.
އެ ވަގުތު ފުލުހުން އަޖުހަދާ އެއްވެސް ސުވާލެއް ނުކުރެ އެވެ. ނަމަވެސް އެ މީހުންނާ އެކު، އަޖުހަދު ވެސް ގެންދިޔައީ ޅިޔަނުގެ ރައްޓެހިމީހާ އިނގިލީގެ އިޝާރާތުން ދައްކާލައި ބުނެލި އެއްޗަކުން ކަމަށް އަޖުހަދު ބުންޏެވެ.
"....އެ ދުވަހު ހަވީރު ހޮޓަލަށް ދެވުނީ. އަނެއް ދުވަހު ހޮޓަލުގައި ނިދާފައި، އެތަނުގެ ލޮބީގައި އިންދާ ސިފައިން ވަންނަނީ ބޭރުން އައި މީހަކު ގޮވައިގެން. އެ މީހާ [އެއާޕޯޓަށް އަޖުހަދު ބަލައި ދިޔަ މީހާ] އޮތީ ކޮޓަރީގައި. އެ މީހުން ކޮޓަރިއަށް ވަދެ، ބޭރުން ގެނައި މީހާގެ އަތުގައި އޮތް ބޭގު ހުޅުވައިލާއިރު އޭގައި ހުރީ ޑްރަގްސް. އެއީ ކާބަން ޕޭޕާގައި ޕެކް ކޮށްފައި ހުރި އެއްޗެއް. ބޭގުގެ ފުލުން އެ ނެގީ،" އަޖުހަދު ބުންޏެވެ.
"ދެން ނުކުމެ ނުކުމެ ހުއްޓާ އަހަރެން ބަލައި އެއާޕޯޓަށް ދިޔަ މީހާ، އަހަންނާ ދިމާލަށް އިނގިލި ދިއްކޮށްލާފައި [ކަންނަޑާ ބަހުން] ބުނި އެއްޗަކުން އަހަރެން ގެންދިޔައީ،"
އެ ދުވަހު އޭނާ ގޮވައިގެން ފުލުހުން ދިއުމުން ހަދާނެ ގޮތެއް ނޭނގިފައި ހުރީ ވެސް އެއީ މުޅިން އާ ކަމަކަށް ވުމުންނެވެ. އެ ދަނޑިވަަޅުގައި ވާހަކަ ދައްކައިފި ނަމަ އިތުރަށް ހާލަތު ގޯސްވާނެ ކަމަށް އެ މީހުން ބުނުމުން އަޖުހަދު ވެސް ހުރީ ހިމޭނުންނެވެ. އަޖުހަދާ އެކު، އިންޑިއާގެ ފުލުހުން ގެންދިޔަ މީހުން ބުނިގޮތެއް އޭނާ ދިޔައީ ހަދަމުންނެވެ.
"ޕޮލިސް ސްޓޭޝަންގައި ވެސް އަހަންނަކާ ސުވާލެއް ނުކުރޭ. އެ ތަނުގައި އިނގިރޭސި ރަނގަޅަށް އެނގޭ މީހެއް ނެތް. އެހެންވެ، އަހަންނަކާ އެ މީހުންނަކާ ވެސް ރަނގަޅަށް ކޮމިއުނިކޭޝަނެއް ނުދޭ. އަހަރެން ބުނީމާ އާއިލާ އަށް ވެސް ގުޅައިދިން އެއްފަހަރު. އެ ގަޑީގައި އާއިލާ އަށް ވެސް ކިޔައިދިން ވީ ގޮތް،" އަޖުހަދު ބުންޏެވެ.
އަޖުހަދު.
އޭގެ ފަހުން، ކަންނަޑާ ބަހުން ލިޔެފައިވާ ލިޔުމެއްގައި ސޮއިކުރަން އިންޑިއާގެ ފުލުުހުން އެންގި ކަމަށާއި އޭރުން ދޫކޮށްލާނެ ކަމަށް އެ މީހުން ބުނި ކަމަށް އަޖުހަދު ބުންޏެވެ.
"ސޮއި ނުކުރަން ވަރަށް ހިފަހައްޓާލިން އޭގައި ލިޔެފައި އޮތް އެއްޗެއް ނޭނގޭތީ. ދެން ގޮތެއް ނެތީމާ ސޮއިކުރީ. އޭގައި ސޮއިކުރުމާ އެކު އަހަރެން ގޮވައިގެން ނައްޓާލި ތަނަކަށް. އެއީ ގެއެއް ހެން ހުރި ތަނެއް. އެތަނުގައި ޖަޖެއް ހުރި،" އަޖުހަދު ބުންޏެވެ.
"އެ ވަގުތު ބުނީ އަނގައިން ނުބުނައްޗޭ. އެހެންވެ އަނގައިން ނުބުނަން. ދެން އެތަނަށް ވައްދާފައި ކޮންމެވެސް އެއްޗެކޭ ބުނެފައި ނެރުނީ."
އެ މީހުން ވާހަކަ ދެއްކީ ކަންނަޑާ ބަހުން ކަމަށް ވާތީ ވީ ގޮތެއް، ދެއްކި ވާހަކައެއް ވެސް އަޖުހަދަށް ސާފެއް ނުވި އެވެ.
އެ ކަންތައް ނިމިގެން އޭނާ ގެންދިޔައީ ފަސްދޮޅަހަކަށް މީހުން ތިބި ޖަލު ގޮޅިއަކަށެވެ. އަޖުހަދު ބުނާ ގޮތުން ނަމަ އޭނާ ޖަލު ގޮޅި އަށް ލާން ޖެހުނު ސަބަބު ވެސް އެނގުނީ މާ ފަހުންނެވެ.
"ރާއްޖެ އަށް ޑްރަގްސް ގެންދަން ކޮރިއާ އަކަށް އަހަރެން ބޭނުންކޮށްފައިވާ ކަމަށް މައްސަލާގައި އޮތީ،" އަޖުހަދު ބުންޏެވެ.
އިންޑިއާގެ ނޫސްތަކުގައި އޭރު ބުނެފައިވާ ގޮތުގައި އަޖުހަދާ އެކު ދެން ހައްޔަރުކުރީ އިންޑިއާގެ ރާޖަސްތާން މީހެއް ކަމަށްވާ ބަންވަރިލާލް އާއި މަދިޔަޕްރެދޭޝް މީހެއް ކަމަށްވާ ޗެޓަން ސަކްސޭނާ އެވެ. އެއީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކާ ގުޅުން އޮންނަ ދެ މީހުން ކަމަށާއި އިންޑިއާގައި ވެސް މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި އެ ދެ މީހުން ހިމެނޭ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.
މި ތިން މީހުންނަށް 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު 10 އަހަރުގެ ޖަލު ހުކުމާ އެކު ކޮންމެ މީހަކު 10،000 ރުޕީސް އިން ޖޫރިމަނާކުރުމުގެ ހުކުމެއް އިއްވި އެވެ. މި ފައިސާ ނުދައްކައިފި ނަމަ ޖަލު ހުކުމަށް އެއް އަހަރު އިތުރު ވާނެ އެވެ.
އަޖުހަދު ޖަލުގައި އޭނާ ހޭދަކުރީ ދަތި ދުވަސްތަކެކެވެ. މީހުންނާ ވާހަކަ ދައްކާނެ ގޮތެއް ނޭނގުމާއި ނުކައި ނުބޮއެ އުޅެން ޖެހުމުން ދަތިވެ، އެންމެ ފަހުން ކަފާލާތުގެ ދަށުން އާއިލާގެ އެހީތެރިކަމާ އެކު ޖަލުން ނެރުނެވެ. އެއީ 2013 ވަނަ އަހަރު އެވެ.
"ކަފާލާތުގެ ދަށުން ބޭރުގައި ހުއްޓާ އޭރު އަދި ޖަޖްމެންޓް ނާދޭ. މިހެން ހުއްޓާ ކުރިން އަހަންނާ އެކީގައި މި މައްސާލަގައި ހައްޔަރުކުރި މީހާ ވެސް ކަފާލާތުގެ ދަށުން މިނިވަންކޮށްފައި ހުއްޓާ އެހެން ކޭސްއެއްގައި އަލުން ހައްޔަރުކުރަނީ ހަމަ ޑްރަގް މައްސަލައެއްގައި،" އަޖުހަދު ބުންޏެވެ.
"އެ ކޭސްގައި އޭނާ އަށް ހުކުމް ކުރުމުން، އެ މައްސަލައިގެ ޖަޖްމެންޓް އައި ދުވަހު ޕަބްލިކް ޕްރޮސެކިއުޓާ މި އޮންނަނީ ބުނެފައި އެ މީހުންނަކީ ޑްރަގުގެ މައްސަލައެއްގައި ހިމެނޭ މީހުންނޭ. އެހެންވީމާ ދޫދެވެން ނެތޭ. އެހެންވެ އަނެއްކާ އަހަރެން ވެސް ގޮޅިއަށް ލީ."
އަޖުހަދު ބުނި ގޮތުގައި އިންޑިއާގެ ގާނޫނު އޮންނަ ގޮތުން މިކަހަލަ މައްސަލަތަކުގައި އެކަކަށް ހުކުމް ކޮށްފި ނަމަ ނުވަތަ ތުހުމަތު ކުރެވޭ ނަމަ އެ މައްސަލާގައި ދެން ހިމެނޭ މީހާ އަށް ވެސް ހުކުމް އަންނާނެ އެވެ.
އެ މައްސަލާގައި ދެވަނަ ފަހަރަށް ޖަލަށްލާފައިވަނިކޮށް، ކަފާލާތުގެ ދަށުން އޭނާ ފަހުން މިނިވަންކޮށްފައި ވަނީ ޖަލުގައި ހުއްޓާ ވަރަށް ބޮޑަށް ބަލިވެގެންނެވެ. އެ ފަހަރު ޓީބީ ޖެހި، އެ ބަލީގެ ދެވަނަ ސްޓޭޖުގައި ހުރުމާއި ޖަލުގައި ރަނގަޅު ފަރުވާ ނުދެވޭތީ ކަފާލާތުގެ ދަށުން ނެރުނީ 2018 ގަ އެވެ.
"ޖަލުގައި ހުންނަން ޖެހޭ މުއްދަތަކީ 3 އަހަރާއި 6 މަސް ދުވަހަށް. އެ މުއްދަތުގައި ހުންނަން ޖެހެނީ ޖަލުގައި. ޖަލުން ބޭރުގައި ހޭދަކުރާ މުއްދަތު މިތަނުގައި ކައުންޓެއް ނުކުރޭ. ދިހަ އަހަރަށް ޖަލަށް ހުކުމް ކުރީ، އެކަމަކު ބާކީ އިން މުއްދަތު ޖަލުގައި ހޭދަނުކުރާތީ ވަކި ގޮތަކަށް ނުނިމި އޮތީ،"
އޭގެ ފަހުން، އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް ކުރިއަކަށް ނުގެންދެ އެވެ.
އެ މައްސަލާގައި ހައި ކޯޓުން ވަކި ގޮތެއް ނިންމަންދެން އަޖުހަދުގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން، އޭގެ ފަހުން އަދި ރާއްޖެއަކަށް ނާދެވެ އެވެ. އެކަނިމާއެކަނި އާއިލާއާ ދުރުގައި އޭނާ އުޅެމުން އަންނަނީ ބެންގަލޫރުގައި ރައްޓެއްސަކު ކުއްޔަށް ދީފައި ހުންނަ ތަންކޮޅެއްގެ ތެރޭގަ އެވެ.
"އެތަނުގައި ކައްކައި ކެވޭކަށް ނޯވޭ. އެހެންވެ ދުވާލަކު އެއްފަހަރު ކައިގެން މި އުޅެނީ. މިހާރު އެހެން ކައިގެން އުޅޭތީ އާދަވެފައި ހުންނަނީ، ދުވާލަކު އެއްފަހަރު ކައިގެން އުޅެން،" އަޖުހަދު ބުންޏެވެ
އަޖުހަދަށް ދިމާވެފައިވާ ހާދިސާ ރައީސް މުއިއްޒަށް މިދިޔަ ބުދަ ދުވަހުގެ ރޭ އަޖުހަދު ކިޔައިދެނީ: ރައީސް އެ ރޭ ވިދާޅުވީ، ވެފައިވާ ގޮތް ބަލައި ހައްލެއް ހޯއްދަވައި ދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް.---ފޮޓޯ: އަހުމަދު ހަމްދޫން| މިހާރު
އަޖުހަދު މިހާރު ކުރާ ކަމަކީ ބެންގަލޫރަށް ބޭސް ފަރުވާ އަށް ދާ ދިވެހިންނަށް އެކި ކަންކަމުގައި އެހީތެރިވުމެވެ. ކޮންމެވެސް ވަރަކަށް އެ މަސައްކަތުން ފައިސާ ލިބުނަސް ދެކޮޅެއް ނުޖެހެ އެވެ. މަސްތުވާތަކެތީގެ މައްސަލާގައި ބެދުނު ހިސާބުން އޭނާ އަންނަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި އެހީތެރިކަމަށް އެދި އާދޭސް ކުރަމުންނެވެ.
އެކަމަކު މިއަހަރާ ހަމައަށް ވެސް އެއްވެސް އެހީތެރިކަމެއް އެއްވެސް ސަރުކާރަކުން ނުދިން ކަމަށް ބުންޏެވެ. މި ސަރުކާރު ވެރިކަމަށް އައިސް ފުރަތަމަ ފަހަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ މިދިޔަ ބުދަ ދުވަހުގެ ރޭ ބައްދަލުވުމުން އެ ޝަކުވާ އެ މަނިކުފާނަށް އަޖުހަދު އޮއްސާލި އެވެ. އެ ވަގުތު ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް އެ މޭޒަށް ގެންދަވައި މައްސަލަ ސާފުކުރެއްވުމަށް ފަހު، ރައީސް މުއިއްޒު ވިދާޅުވީ ކަން ހިނގާފައިވާ ގޮތް ބައްލަވައި އެހީތެރިކަން ދެއްވާނެ ކަމަށެވެ.
ރައީސް މުއިއްޒާއި އަޖުހަދު ބައްދަލުވީ އެ މަނިކުފާނު އިންޑިއާ އަށް މި ހަފުތާގައި ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަން ބޭއްވި ހަފުލާއިންނެވެ.
އަޖުހަދު "މިހާރު" އާ ހިއްސާކުރި ލިޔެކިޔުންތަކުން ފެންނަ ގޮތުގައި އެ މައްސަލައިގައި އެހީތެރިކަމަށް އެދި 2020 ގައި ރައްޔިތުންގެ މަޖިލީހަށް ވެސް އޭނާ ހުށަހަޅާފައިވެ އެވެ. އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ފޮރިން މިނިސްޓްރީ އަށް ވެސް ހަމަ އެ އަހަރު ސިޓީ ފޮނުވި އެވެ.
ފޮރިން މިނިސްޓްރީން އޭނާ އަށް ފޮނުވި ޖަވާބުގައި ބުނީ އިންޑިއާގައި ބަންދުގައި ހުންނަ މައްސަލައިގެ ކޯޓު މަރުހަލާ އަވަސްކުރުމަށް އިންޑިއާ ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭނާ އުޅެމުންދާ ދަތި ހާލަތުގެ ސަބަބުން މާލީ އެހީތެރިކަން ހޯދުމަށް އެފަދަ އެހީ ފޯރުކޮށްދޭ ސަރުކާރުގެ އިދާރާތަކަށް އެހީއަށް ހުށަހެޅުމަށް ފޮރިން މިނިސްޓްރީން އެންގި އެވެ.
އަޖުހަދަށް ދިމާވެފައިވާ ހާދިސާ ރައީސް މުއިއްޒަށް މިދިޔަ ބުދަ ދުވަހުގެ ރޭ އަޖުހަދު ކިޔައިދޭއިރު ބަންޑާރަ ނައިބު އުޝާމް ވެސް އެ ވާހަކަ އަޑުއައްސަވަނީ: ރައީސް އެ ރޭ ވިދާޅުވީ، ވެފައިވާ ގޮތް ބަލައި ހައްލެއް ހޯއްދަވައި ދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް.---ފޮޓޯ: އަހުމަދު ހަމްދޫން| މިހާރު
އަޖުހަދު ބުނިގޮތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މިހާތަނަށް އޭނާ އަށް ދިން ހަމައެކަނި އެހީތެރިކަމަކީ ކަންފަތުގެ ސާޖަރީ ހެދުމަށް 2021 ގައި އެންސްޕާ މެދުވެރިކޮށް ދިން އެހީއެކެވެ.
ބެންގަލޫރުގައި ދިރިއުޅެމުން އަޖުހަދު ވަނީ 2019 ގައި އެ ތަނުން ދިވެއްސަކާ ކައިވެނި ކޮށްފަ އެވެ. އެ ކައިވެންޏަށް މިހާރު ދެ އަހަރުގެ އަންހެން ކުއްޖަކު ވެސް އެބަހުއްޓެވެ. އެކަމަކު، އަންހެނުންނާއި ދަރިފުޅު ވެސް ދިރިއުޅެނީ ރާއްޖޭގަ އެވެ. އަޖުހަދުގެ ހަޔާތުގައި ދަރިފުޅު ފެނުނީ އެންމެ ފަހަރަކު އެވެ.
"ފެށުނީއްސުރެ މިދަނީ އެކި އިދާރާތަކުގައި އެދެމުން. މި އަހަރުގެ ކުރީކޮޅު އެމްބަސީގެ މީހުން މިކޮޅަށް ކުރި ދަތުރެއްގައި ފުރަތަމަ ފަހަރަށް ބައްދަލުކުރި. އެ މީހުން ވެސް ބުނަނީ ހަމަ މަޝްވަރާ ކުރަމުންދާ ވާހަކަ،" އަޖުހަދު ބުންޏެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ވަނީ މައްސަލައިގެ ލިޔެކިޔުންތައް ބަންޑާރަ ނައިބުގެ އޮފީހަށް ވެސް ފޮނުވައިފަ އެވެ. ނަމަވެސް އޭނާގެ ޝަކުވާއަކީ މިހާތަނަށް އެއްވެސް ސަރުކާރަކުން އޭނާ އަށް އެހީތެރިކަން ފޯރުކޮށްދީފައި ނެތުމެވެ. މައްސަލަ އަވަސް ކޮށްދޭން ކުރި މަސައްކަތެއް ކިޔައިދޭނެ މީހަކު ނެތެވެ.
ބިޒްނަސް ފޯރަމަށް ރައީސް ބެންގަލޫރަށް
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
ޑްރަގް ގެނައި އިންޑިއާ މީހާގެ ބަންދަށް 15 ދުވަސް
އިންޑިއާ މީހަކު 12 ކިލޯގެ ޑްރަގާ އެކު ހައްޔަރުކޮށްފި
ޑްރަގާ އެކު ދިވެއްސަކު އިންޑިއާގައި ހައްޔަރުކޮށްފި
ޑްރަގު ވިއްކި ދިވެއްސަކު އިންޑިއާގަ 10އަހަރަށް ޖަަލަށް
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ޔޫޕީއައި ތައާރަފުކުރަން ކޮންސޯޓިއަމެއް ގާއިމުކުރަނީ
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން