Roadha Mihaaru
ޑްރަގް ގެނައި އިންޑިއާ މީހާގެ ބަންދަށް 15 ދުވަސް

ޑްރަގް ގެނައި 56 އަހަރުގެ އިންޑިއާ މީހާގެ ބަންދަށް އިތުރު 15 ދުވަސް

17 އެޕްރީލް 2023

އިތިއޮޕިއާ މަގުން ރާއްޖެ އަށް ފަސް ކިލޯގެ ޑްރަގް ގެނައި އުމުރުން 56 އަހަރުގެ އިންޑިއާ އަންހެން މީހާގެ ބަންދަށް ކްރިިމިނަލް ކޯޓުން އިއްޔެ އިތުރު 15 ދުވަސް ދީފި އެވެ.

އިތިއޮޕިއާ މަގުން ރާއްޖެ އަށް ފަސް ކިލޯގެ ޑްރަގް ގެނައި އުމުރުން 56 އަހަރުގެ އިންޑިއާ އަންހެން މީހާގެ ބަންދަށް ކްރިިމިނަލް ކޯޓުން އިއްޔެ އިތުރު 15 ދުވަސް ދީފި އެވެ.

މިދިޔަ ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ލަލްތުލަންޕަރި ގެ ބަންދަށް އެންމެ ފުރަތަމަ ކޯޓުން ދިނީ ތިން ދުވަހެވެ. އެއީ އެ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރި އިރު ތަރުޖަމާނަކާ ނުލައި ހާޒިރު ކުރުމުން، އޭނާގެ ދިފާއަށް ފުރުސަތު ދިނުމުގެ ގޮތުން ތަރުޖަމާނަކާ އެކު ގެންނަން ދިން މުއްދަތެކެވެ.

ތަރުޖަމާނަކާ އެކު ހާޒިރުކުރުމުން ގާޒީ ސަފްއަތު ހަބީބް އެ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށް ނެރުއްވި އަމުރުގައިވާ ގޮތުން ލަލްތުލަންޕަރިގެ ލަގެޖުގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ ކޮކެއިން ކަމަށް ވަގުތީ ޓެސްޓް ކިޓްގެ ނަތީޖާއިން ދައްކަ އެވެ.

މިދިޔަ ހަފުތާގައި ވަނީ ގިނަ އަދަދެއްގެ ޑްރަގްސް ގެނައި ޕާކިސްތާނު މީހަކު ވެސް އެއާޕޯޓުން ހައްޔަރުކޮށްފައިވެ އެވެ.

ވައިގެ މަގުން ރާއްޖެ އަށް ޑްރަގް ގެންނަން އާންމުކޮށް ބޭނުންކުރަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކުގައި އުޅޭ މީހުން ކަމަށް، ކަމާބެހޭ އިދާރާތަކުން ބުނެފައި ވެ އެވެ. އެހެންވެ، މިހެން އަންނަ ކޮންމެ މީހަކު ހައްޔަރުކޮށް ބެލެހެއްޓުމަށް އުނދަގޫ އަދި ހަރަދު ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭތީ އިމިގްރޭޝަންގެ ގަވައިދަށް ބަދަލު ގެނެސް މިހެން އަންނަ މީހުންގެ އަތުން ޑްރަގްސް ތުލައި ޑީޕޯޓްކޮށްލުމުގެ ބާރު އިމިގްރޭޝަން ކޮންޓްރޯލާއަށް މިހާރު ވަނީ ދީފަ އެވެ.

އެކަމަކު މިގޮތަށް ޑީޕޯޓްކޮށްލަނީ ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޭނުންކޮށް، އެހެން ގައުމަކަށް ޑްރަގް ގެންދަން އުޅޭކަމުގެ ޔަގީން މައުލޫމާތު ހުރި ނަމަ އެވެ. ސީދާ ރާއްޖެ އަށް ޑްރަގް ގެންނަ މީހެއް ނަމަ އެ މީހަކު ހައްޔަރުކޮށް، އެ އޮންނަ އުސޫލުން ތަހުގީގުކޮށް ދައުވާކުރާނެ އެވެ.