Roadha Mihaaru
އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

12 އޮކްޓޯބަރ 2024

ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް1 ގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އެ ދެ އުޅަނދުގައި ތިބި ހަތަރު މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ. އަދި އެ މީހުންނަށް ލިބިފައިވާ އަނިޔާގެ މައުލޫމާތެއް ވެސް ނުލިބެ އެވެ.

ހުޅުމާލޭގައި މިފަހުން އެކްސިޑެންޓުތައް ވަރަށް ބޮޑަށް އިތުރުވުމުން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައި، ގަވާއިދާ ހިލާފަށް ދުއްވާ އުޅަނދުތަކަށް ފިޔަވަޅު އަޅަން ފަށައިފަ އެވެ. އަދި ޓްރެފިކް މޮނީޓާކުރަން ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާ މިންވަރު ވެސް ވަނީ އިތުރުކޮށްފަ އެވެ.