ހުޅުމާލޭގައި ރޭ ދަންވަރު ފުލުހުންގެ ކާރެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން ދުއްވީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވުމުގެ ސަބަބުން ލައިސަންސް ހިފަހައްޓާފައިވާ އުމުރުން 18 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
27 ޑިސެމްބަރ 2024
ހުޅުމާލޭގައި ރޭ ދަންވަރު ފުލުހުންގެ ކާރެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން ދުއްވީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވުމުގެ ސަބަބުން ލައިސަންސް ހިފަހައްޓާފައިވާ އުމުރުން 18 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ މައްސަލައާ ގުޅިގެން އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، އެކްސިޑެންޓު ހިނގީ ރޭ ދަންވަރު 1:50 ހާއިރު ހުޅުމާލެ 2 ގެ ގުލްއަލާ މަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުން ދިޔަ ފުލުހުންގެ ކާރެއްގައި، ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖާ އަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ. އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ ވެންޓިލޭޓަރުގެ އެހީގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށެވެ.
އެކްސިޑެންޓުވި ސައިކަލު ދުއްވާފައި ވަނީ، ފުލުހުން ބުނިގޮތުގައި، އެއްގަމު ދަތުރުފަތުރުމުގެ ގާނޫނާ ހިލާފުވެގެން މިދިޔަ ހޮނިހިރު ދުވަހު ލައިސެންސް ހިފަހައްޓާފައިވާ ކުއްޖެކެވެ. ނަމަވެސް، އެކްސިޑެންޓު ހިނގުމުގައި ޕޮލިސް ކާރު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ތެރެއިން ބަލަމުން އަންނަ ކަމަށް ބުންޏެވެ.
"މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެކެވެ. އެފަދަ އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވެސް ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.
ފުލުހުން ވަނީ އެފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދީފަ އެވެ.
ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެއްޖެ
ސްޕޯޓްސް ކާރު އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އިކުރާމް އިތުރު 30 ދުވަހަށް ބަންދުކޮށްފި
ހައި ކޯޓުގައި ފުލުހުން ދޮގު ހެދިކަމުގެ ތުހުމަތު!
އެކްސިޑެންޓާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި
ސިމެންތި ގަށާ ޓްރަކެއް ފުރޮޅާލައި 2 ކުއްޖަކަށް އަނިޔާ
ކާރަކާއި ސައިކަލެއް ޖެހި، ޒުވާނަކަށް އަނިޔާތަކެއް
ހުޅުމާލެ2 ގެ ދެވަނަ އެކްސިޑެންޓްގައި މީހަކު މަރުވެއްޖެ
ހުޅުމާލޭގައި އެކްސިޑެންޓުވެ، ދެ މީހަކަށް އަނިޔާވެއްޖެ