12 އޮކްޓޯބަރ 2024
ކޫއްޑޫ އެއާޕޯޓްގެ ހާލަތު ދަށްވެ މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލާފައިވާތީ، އެ ތަން މަރާމާތުކޮށް އަވަހަށް އަލުން ދަތުރުތައް ފަށަން ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
ކޫއްޑޫ އެއާޕޯޓްގެ ހާލަތު ދަށްވެ މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލާފައިވާތީ، އެ ތަން މަރާމާތުކޮށް އަވަހަށް އަލުން ދަތުރުތައް ފަށަން ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގު މުއްދަތެއްގައި އެއާޕޯރޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ހާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ.
އެހެންވެ މިނިސްޓްރީގެ އިސް ނެގުމާއެކު ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެއާޕޯޓް އޮޕަރޭޓާ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއާޕޯޓް އާންމު ހާލަތަށް ގެނެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ކުރިން ވިދާޅުވެފައިވާ ގޮތުގައި ގއ. ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ އެ އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަން ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެވެ. އެކަމުގެ ސަބަބުން މޯލްޑިވިއަންގެ ދެ ބޯޓެއް ހަލާކުވެ މަރާމާތު ކުރަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަތުރުތައް ހުއްޓާލީ އެ ހާލަތުގައި ދަތުރުކުރާ ނަމަ ބޯޓާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.
"ކޫއްޑޫގައި ވަރަށް ދުވަސްވެއްޖެ، ވެރިފަރާތާ ވެސް މިކަމުގައި ވާހަކަ ދައްކާތާ. ރަންވޭ އާއި އޭޕްރަން ހަލާކުވެފައިވާތީ. އޭވިއޭޝަން އޮތޯރިޓީގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައިވާނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަންވޭގެ އެ މައްސަލަތައް ހައްލު ކުރިހާ އަވަހަކަށް ދަތުރުތައް ފަށާނެ ކަމަށެވެ.
ކުއްޑޫ އެއާޕޯޓު އެންމެ ފުރަތަމަ ހުޅުވީ 2012 ވަނަ އަހަރު އެވެ. އެއަށްފަހު ބޮޑެތި ބޯޓުފަހަރާއި ޖެޓްތައް ޖެއްސޭ ފެންވަރުގެ ބޮޑު ރަންވޭއަކާ އެކު ތަރައްގީކޮށް އަލުން ކޫއްޑޫ އެއާޕޯޓު ހުޅުވީ 2017 ވަނަ އަހަރު އެވެ.
އުންމީދަކީ އަގުހެޔޮ ޓިކެޓް އެންމެނަށްލިބުން: އައިއޭއެސް
ކޫއްޑޫ އެއާޕޯޓު މަރާމާތު ކުރާނީ އޮޕަރޭޓްކުރާ ފަރާތުން
ފްލައިދުބާއީއާއެކު، ގަން-ކޫއްޑޫ ދަތުރުތައް އިތުރުކުރަނީ
ސ. ގަމުން ކޫއްޑު އަށް ދަތުރުތައް ފަށަނީ
ގަމާއި ދެކުނުގެ އެއާޕޯޓްތަކާ ދެމެދު ދަތުރުތައް ފަށަނީ
މޯލްޑިވިއަން އިން އީދަށް ހާއްސަ އަގުތަކެއް!
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ
ބަލި މީހުން އުފުލާ އުސޫލު މޯލްޑިވިއަންއިން ބަދަލުކޮށްފި
އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަށް ކުރީގެ އެމްޑީ މިހާދު