އައިލެންޑް އޭވިއޭޝަނުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް މިއަދުން ފެށިގެން ހެޔޮކޮށްފައި ވާއިރު އަގު ހެޔޮ ފެއާގައި އެންމެންނަށް ވެސް ޓިކެޓް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.
10 ޖެނުއަރީ 2019
އައިލެންޑް އޭވިއޭޝަނުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް މިއަދުން ފެށިގެން ހެޔޮކޮށްފައި ވާއިރު އަގު ހެޔޮ ފެއާގައި އެންމެންނަށް ވެސް ޓިކެޓް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދެކެވެ. އައިލެންޑް އޭވިއޭޝަނުން އަގުތައް 25-30 ޕަސެންޓަށް ހެޔޮކޮށްފައިވާކަން ކުރިން ވަނީ އިއުލާނުކޮށްފަ އެވެ.
މިއަދު އައިލެންޑް އޭވިއޭޝަންގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕަބްލިކް ރިލޭޝަންސް މެނޭޖަ މޫސާ ވަސީމު ވިދާޅުވީ، ކުރިން އެންމެ އަގު ބޮޑުކޮށް ހުރި ދެ ފެއާގެ އަގުތައް ކުޑަކޮށްފައިވާ ކަމަށެވެ.
"މިހާރުގެ އަގުތަކުގައި ގާތްގަނޑަކަށް ކުރިއަށް ވުރެ ތިން ގުނަ އިތުރުވާނެ. އަގުހެޔޮ ފެއާގައި ސީޓް ލިބޭ ވަރު ވެސް އިތުރުވާނެ. އަޅުގަނޑު މި ޔަގީން ކުރަނީ އޭގެތެރެއިން އަގު ހެޔޮކޮށް ޓިކެޓް ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ރިޒްވީ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރިން މައިގަނޑު ފަސް ރޭންޖެއްގައި އަގުތައް ހުރި އިރު އެންމެ ދަށް ރޭންޖްގައި ވިއްކަނީ ވަރަށް މަދު ސީޓްތަކެއް ކަމަށެވެ. ނަމަވެސް އާ އަގުތައް މައިގަނޑު ތިން ރޭންޖަކަށް ބަހާލާފައި ވާއިރު އޭގެ ތެރެެއިން އެންމެ ދަށް ރޭންޖުގައި ވެސް މަހަކު ގާތްގަނޑަކަށް 15،000 ސީޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން އެންމެ ދަށް ރޭންޖްގައި މަހަކު ދޫކުރީ އެއް ސީޓެވެ.
އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި އަގު ހެޔޮކޮށް ވިއްކާ ސީޓްގެ އަދަދު މަހަކު ތިން ގުނަ އަށް މިހާރު އިތުރުވާނެ އެވެ.
ޓިކެޓްގެ އަގަށް ބަދަލު ގެނެސްފައިވާ ގޮތް
މިއަދުން ފެށިގެން ވިއްކާ އަގުތަކާ އެކު، އައްޑުއަށް ދެކޮޅު ޓިކެޓް ނަގާ މީހަކަށް 800 ވަރަކަށް ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. އެގޮތުން މިހާރު ކަނޑައަޅާފައިވާ ތިން ރޭންޖުގެ ތެރެއިން އެންމެ މަތީ ރޭންޖްގައި އައްޑުއަށް ދެކޮޅު ޓިކެޓް ވިއްކާނީ 2،665ރ. އަށެވެ.
އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ އިރު ކުރިއަށް އޮތްތަނުގައި، ދަތުރުތަކުގައި ރަނގަޅު ލުއި ކާނާއެއް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މޯލްޑިވިއަން އިން އީދަށް ހާއްސަ އަގުތަކެއް!
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަށް ކުރީގެ އެމްޑީ މިހާދު
ޗުއްޓީގައި މޯލްޑިވިއަނުން ރެކޯޑު އަދަދެއްގެ ފްލައިޓު
އައިލެންޑް އޭވިއޭޝަނަށް 164 މިލިއަންގެ ގެއްލުން
ފީތައް ބޮޑުވުމުން މޯލްޑިވިއަންގެ ޓިކެޓް އަގު ބޮޑުކޮށްފި
ސ. ގަމުން ކޫއްޑު އަށް ދަތުރުތައް ފަށަނީ
މާފަރު އެއާޕޯޓުގެ ފިއުލް ފާމް މި އަހަރު ނިމޭނެ
ހޯރަފުށި އެއާޕޯޓުގެ ދަތުރުތައް ކެންސަލްކޮށްފި
މަޑިވަރު އެއާޕޯޓް ހުޅުވައިފި، ޓިކެޓެއް 1،029ރ.