13 އޮކްޓޯބަރ 2024
ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގައި ލަފާ ދޭން އެމެރިކާގެ އިންޑިޕެންޑެންޓް އިންވެސްޓްމެންޓް ބޭންކިން ފާމް، ސެންޓަވިއު ޕާޓްނާސް ކަނޑައަޅައިފި އެވެ.
ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގައި ލަފާ ދޭން އެމެރިކާގެ އިންޑިޕެންޑެންޓް އިންވެސްޓްމެންޓް ބޭންކިން ފާމް، ސެންޓަވިއު ޕާޓްނާސް ކަނޑައަޅައިފި އެވެ.
މި ވާހަކަ ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައި ވިޔަސް ފިނޭންސް މިނިސްޓްރީން އެކަން ކަށަވަރުވާ ގޮތެއް ނުވި އެވެ.
ސެންޓަވިއު ޕާޓްނާސް އުފެއްދީ 2006 ވަނަ އަހަރު އެވެ. އެ ފާމުން އަންނަނީ ދުނިޔޭގެ އެކި ކުންފުނިތަކާއި ގައުމުތަކަށް މާލީ ކަންކަމުގައި ލަފާ ދެމުންނެވެ. އެ ފާމުގައި 60 ޕާޓްނަރުންނާއި 400 އަށް ވުރެ ގިނަ ތަޖުރިބާކާރުން މަސައްކަތް ކުރެ އެވެ.
ދަރަނީގެ މައްސަލަ ހައްލުކޮށް، މާލީ ހާލަތު ހަމަޔަކަށް އެޅުވުމަށްޓަކައި ސަރުކާރުން ވަނީ އަމިއްލަ ރިފޯމް އެޖެންޑާއެއް އިއުލާނުކޮށްފަ އެވެ. ނަމަވެސް، މިހާތަނަށް އަދި އެ ކަންކަން މާ ބޮޑަށް ތަންފީޒެއް ނުކުރެވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް: ސީކިން ސްޓެބިލިޓީ އިން ޓާބިއުލެންޓް ޓާމްސް" ގައިވާ ގޮތުން ދައުލަތުގެ ހަރަދުތައް ބޮޑުވެ، ބޭރުގެ ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހަރަދު ވަނީ ބޮޑުވެފަ އެވެ. އަދި ސަރުކާރުގެ ރިފޯމު އެޖެންޑާއަށް އަމަލުކުރުން ލަސްވާކަން ފާހަގަކޮށް ވީ އެންމެ އަވަހަށް ފިޔަވަޅުތައް އެޅުމަށް ގޮވާލައިފައިވެ އެވެ.
ވޯލްޑް ބޭންކުން ބުނީ، 2026 ވަނަ އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކާ އެކު ޖުމްލަ އެއް ބިލިއަން ޑޮލަރުގެ ދަރަންޏަށް ތައްޔާރުވުމުގެ ގޮތުން ސޮވްރިން ޑިވަލޮޕްމެންޓް ފަންޑު (އެސްޑީއެފް) އުފެއްދި ނަމަވެސް މިއަހަރުގެ އޮގަސްޓާ ހަމައަށް އެ ފަންޑުގެ ބެލެންސްގައި ހުރީ 65 މިލިއަން ޑޮލަރު ކަމަށެވެ. އެއީ ދަރަނި އަދާކުރަން އެކަށީގެންވާ އަދަދެއް ނޫން ކަމަށް ވެސް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގަ އެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 116 ޕަސެންޓު ކަމަށެވެ.
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
އެމެރިކާގެ ފާމާއެކު ކުރިއަށް ނުދާން ނިންމައިފި
ސަބްސިޑީ ރިފޯމް ކުރާނީ އަންނަ އަހަރު
64 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައިި
މާލީ ދަތިކަމުގައި ރާއްޖެއަށް އެހީވާން އިންޑިއާ ތައްޔާރު
މޫޑީސް އިން ރާއްޖެއަށް ދިނީ "ސީއޭއޭ2" ރޭޓިންއެއް
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
"ޕެންޑިން ބިލްތަކަށް 11.3 ބިލިއަން ދައްކައިފިން"
ނުއުފުލޭ ވަރުގެ ބޮޑު ދަރަންޏެއް ނުނަގާނަން: ޝަފީގު