13 އޮކްޓޯބަރ 2024
އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓުގެ ކުރީގެ ވަޒީރެއް ކަމަށްވާ ބާބާ ސިއްދިގީ އަވަހާރަކޮށްލުމާ ގުޅިގެން ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާންގެ ގޭގެ ސެކިއުރިޓީ މިއަދު ވަރުގަދަކޮށްފި އެވެ.
އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓުގެ ކުރީގެ ވަޒީރެއް ކަމަށްވާ ބާބާ ސިއްދިގީ އަވަހާރަކޮށްލުމާ ގުޅިގެން ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާންގެ ގޭގެ ސެކިއުރިޓީ މިއަދު ވަރުގަދަކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓް ބޭރުގައި ތިބޭ ސެކިއުރިޓީ ބަލަހައްޓާ ގާޑުން މިހާރު ވަނީ އިތުރު ކޮށްފަ އެވެ.
އުމުރުން 66 އަހަރުގެ ބާބާ ސިއްދީގީ އަވަހާރަކޮށްލީ އޭނާގެ ދަރިފުޅުގެ އޮފީހުގެ ބޭރުގައި، އެތައް ފަހަރަކު ބަޑިން ހަމަލާ ދީގެން ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އޭނާ އަވަހާރަވީ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.
ސިއްދިގީ އަވަހާރަކޮށްލުމުން ސަލްމާން ވަނީ ރޭ ހޮސްޕިޓަލަށް ގޮސް އޭނާގެ އާއިލާއާ ބައްދަލު ވެސް ކޮށްފަ އެވެ.
ސިއްދިގީއަށް ހަމަލާ މި ދިނީ، މިދިޔަ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ސަލްމާންގެ ގެއަށް ވެސް ބަޔަކު ބަޑި ޖަހާފައި ވަނިކޮށެވެ. އެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
މަހާރާޝްޓްރާގެ ޗީފް މިނިސްޓަރު އެކްނާތު ޝިންޑޭ ވަނީ ދައުލަތުގެ އެންމެ މަތީ ޝަރަފުގައި ސިއްދިގީގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަން އަންގަވައިފަ އެވެ.
ސިއްދީގީ އަވަހާރަކޮށްލާފައި ވަނީ މުހިންމު ސްޓޭޓް އިންތިޚާބުތަކެއް ބޭއްވުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. ފުލުހުން ބުނީ ސިއްދީގީ އަވަހާރަކޮށްލުމާ ގުޅުން ހުރި ކަމަށް ބެލެވޭ، ކުށްވެރިންގެ ނުރައްކާތެރި ގްރޫޕެއްގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
ސިއްދީގީ އަކީ ބޮލީވުޑްގެ ވަރަށް ގިނަ ތަރިންނާ ގާތް ގުޅުމެއް އޮންނަ އަދި ބޮޑެތި ޕާޓީތައް ބާއްވާ ކަމަށް މަޝްހޫރު ބޭފުޅެކެވެ. ސަލްމާން އާއި ޝާހްރުކް ހާންއާ އޭނާ ވަރަށް ގާތް ގުޅުމެއް ބޭއްވި އެވެ.
ބިރުބޮޑުވުމުން ސަލްމާން ބުލެޓްޕްރޫފް ކާރެއް ގަނެފި
ވަރުންގެ "ބޭބީ ޖޯން"ގައި ސަލްމާން؟
ސަލްމާންގެ "ކިކް 2" އިއުލާންކޮށްފި
ޝާހުއަށް މަލާމަތްކުރުމުން މައްސަލަ ހޫނުވެއްޖެ
އަހަރެންގެ ރައްޓެއްސަކަށް ހުރީ ސަލްމާން ހާން: ސަންޖޭ
ސަލްމާންގެ އާ ފިލްމަށް ރަޝްމިކާ
ސަލްމާންގެ ގެއަށް ބަޑި ޖެހި ދެމީހުން ހައްޔަރުކޮށްފި
ސަލްމާން ހާންގެ ގެއަށް ބަޔަކު ބަޑި ޖަހައިފި
ކަރަންގެ ފިލްމު ސަލްމާން ދޫކޮށްލައިފި
ސޮހައިލް ހާން ދަރިންނާ އެކު ޗުއްޓީއަށް ރާއްޖެއަށް