13 އޮކްޓޯބަރ 2024
މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓި މަރުވި މައްސަލާގައި އޭނާގެ ދޮންބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމަށް ތުހުމަތުތަކެއްކޮށް، ޓީވީ ޗެނަލަކުން ދެއްކި ރިޕޯޓުގައި ހިމެނޭ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.
މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓި މަރުވި މައްސަލާގައި އޭނާގެ ދޮންބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމަށް ތުހުމަތުތަކެއްކޮށް، ޓީވީ ޗެނަލަކުން ދެއްކި ރިޕޯޓުގައި ހިމެނޭ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.
މިފަދަ މައްސަލަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތަކާއި އަމިއްލަ އަށް މަރުވި ކަމަށް ބެލެވޭ މައްސަލަތަކުގެ ތަފުސީލުތައް ފުލުހުން އާންމުކޮށް ހާމައެއް ނުކުރެ އެވެ. ނަމަވެސް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ހާދިސާގައި މަރުވި އުމުރުން 25 އަހަރުގެ ޒުވާނާއާ ގުޅޭ ވަރަށް ގިނަ މައުލޫމާތުތައް ތަފްސީލުކޮށް ހާމަކޮށްފަ އެވެ.
މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ އިސްވެރިޔާ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އެއީ ގިނަ އަހަރުތަކެއް ވަންދެން ނަފުސާނީ ބައްޔަށް ފަރުވާ ކުރަމުން އައި ޒުވާނެއް ކަމަށެވެ.
އެ ޒުވާނާ މީގެ ކުރިން ވެސް އަމިއްލަ އަށް މަރުވާ މަސައްކަތް ކޮށްފައިވާ ކަމާއި އެ އިމާރާތުގެ ބެލްކަނިން ވެސް އަމިއްލަ އަށް ފުންމާލި ކަމަށް މިހާތަނަށް ނަގާފައިވާ ބަޔާންތަކާއި ލިބިފައި ހުރި އެހެނިހެން ހެކިތަކުން ބެލެވޭ ކަމަށް ޝިފާއު ވިދާޅުވި އެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކެއް ޓީވީ ޗެނަލަކުން ކޮށްފައިވީ ނަމަވެސް އެ ޒުވާނާގެ މެޑިކަލް ރިޕޯޓުތަކުން އެފަދަ އެއްވެސަ ކަމެއް ފާހަގަ ނުވާ ކަމަށް ޝިފާއު ވިދާޅުވި އެވެ. އެ މައްސަލާގައި ޒުވާނާގެ މަންމަ އާއި ބައްޕަ އަދި ދޮންބައްޕަ ނާޒިމާ ވެސް ސުވާލު ކުރި ކަމަށް ޝިފާއު ވިދާޅުވި އެވެ.
އެފަދަ ޒާތީ މައުލޫމާތުތައް އާންމު ކުރަން ޖެހުނު ސަބަބަކީ ޝިފާއު ވިދާޅުވި ގޮތުގައި ޓީވީ ޗެނަލަކުން އެފަދަ ގިނަ ވާހަކަތަކެއް އާންމު ކުރުމާ ގުޅިގެންނެވެ. އެ ނޫން ނަމަ އެ ވާހަކަތައް އާންމު ނުކުރާނެ ކަމަށް ޝިފާއު ވިދާޅުވި އެވެ.
ޒާތީ މައުލޫމާތު އާއްމުކުރުމުން ފުލުހުންނަށް ފާޑުކިޔުން!
ޒުވާނާގެ މައުލޫމާތު އާއްމުކުރުމުން ފުލުހުން މާފަށްއެދެފި
އަތުހަރު މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ
އަތުހަރު އަމިއްލައަށް މަރުވާން އުޅެގެން ފަރުވާ ދެނީ
މޭރީގެ ހަށިގަނޑާއެކު ފިރިމީހާ ތެމިފޯވެގެން ހޮސްޕިޓަލަށް
ނަރުހަކު މަރާލި ކަމަށް ޝައްކުވެގެން ތަހުގީގު ފަށައިފި
ބަންދުގައި ހުއްޓާ މަރުވީ ޑްރަގްގެ މައްސަލައެއްގެ މީހެއް
ބަންދުގައި ހުރި މީހަކު އަމިއްލަ އަށް މަރުވެއްޖެ