ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ވިސުލްބްލޯވަރުން ނުވަތަ ލިބިފައިވާ ސިއްރު މައުލޫމާތުތައް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ އަށް މިއަދު ހުށަހަޅައިފި އެވެ.
05 އޯގަސްޓް 2025
ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ވިސުލްބްލޯވަރުން ނުވަތަ ލިބިފައިވާ ސިއްރު މައުލޫމާތުތައް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ އަށް މިއަދު ހުށަހަޅައިފި އެވެ.
ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ޕޮލްކޯގެ އިތުރު މައްސަލަތަކާ ގުޅޭ ގޮތުން ވިސުލްބްލޯވަރުން މަޖިލީހާ ހިއްސާކުރި މައުލޫމާތުތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަނީ ސިއްރުން ކަމަށެވެ. ސަބަބަކީ، އޭގެ ބައެއް މައްސަލަތަކުގައި ފުލުހުންގެ މިހާރުގެ ވެސް ވެރިންގެ އަނބިދަރިންނާއި އާއިލާގެ މީހުންނާ ގުޅުން ހުރި މައުލޫމާތުތައް ވެސް ހިމެނޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ މެދުވެރިކޮށް ޕޮލްކޯއާ ގުޅޭ ގިނަ މައްސަލަތަކެއް އަންނަނީ ބަލަމުންނެވެ.
ޕޮލްކޯގެ މައްސަލަތައް ބަލަން މަޖިލިހުން، ފުލުހުންގެ ފްލެޓްތަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވި ހިސާބުންނެވެ. މިދިޔަ އަހަރުން ފެށިގެން ސަބް ކޮމިޓީން އަންނަނީ އެކަމާ ގުޅޭ މައްސަލަތައް ބަލަމުންނެވެ.
ފުލުހުންގެ ފްލެޓު އިމާރާތުގެ ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓުން އަމަލުކުރި ގޮތުން ޕޮލްކޯ އަށް 291 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށް ވަނީ ހާމަވެފަ އެވެ. އެހެންވެ، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ ލަގްޒަރީ ފްލެޓު އިމާރާތް އެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތަށް ނަގަން އެދެން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅޭ ގޮތުން ހެދި އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއުއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެގޮތުން އަކަފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދު ކޮށްފައިވާއިރު، މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ އަގުގެ ދެ ގުނަ ބޮޑު އަދަދެއް ކަމަށް އޮޑިޓުގައިވެ އެވެ.
އައިލެންޑް އެކްސްޕާޓުގެ ފްލެޓް އިމާރާތް ދައުލަތަށް!
ޕޮލްކޯގެ ހިޔާނާތުން ހޯދި މުދާތައް އަތުލަން ހުށަހަޅަނީ
ޕޮލްކޯގެ މައްސަލައިގެ ހިލުންގަނޑާއެކު، ވަކި ސެކްޝަނެއް
ޕޮލްކޯގެ ކުރީގެ ވެރިންނާ ބައްދަލުކުރުން ވެސް ސިއްރު!
ޕޮލްކޯގެ ވެރިން ހާޒިރުކުރި ބައްދަލުވުން ސިއްރުކޮށްފި
ގޭހަށް ދެއްކި 3.7 މިލިއަން "ގެއްލުނު" މައްސަލައެއް
ކޮރަޕްޝަނަށް ތުހުމަތުވާ ފުލުހުންގެ މަގާމާ މެދު ސުވާލެއް
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަކިކުރަން ލަފާ ދެނީ
ސިފްކޯ، ޕްލޮކޯއަށް މިލިއަނުން ފައިސާ ދިން ގޮތް ބަލަނީ