ލިވަޕޫލް (އޮކްޓޯބަރު 21) – ޗެލްސީއާ ދެކޮޅަށް އެންފީލްޑްގައި ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ރެފްރީ ބޭނުންވީ އެ ކްލަބްގެ ސަޕޯޓަރުންގެ އަޑަށް ގުޑުވާނުލެވޭނެކަން ދައްކަން ކަމަށް ކޯޗު އާން ސްލޮޓް ބުނެފި އެވެ.
21 އޮކްޓޯބަރ 2024
ލިވަޕޫލް (އޮކްޓޯބަރު 21) – ޗެލްސީއާ ދެކޮޅަށް އެންފީލްޑްގައި ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ރެފްރީ ބޭނުންވީ އެ ކްލަބްގެ ސަޕޯޓަރުންގެ އަޑަށް ގުޑުވާނުލެވޭނެކަން ދައްކަން ކަމަށް ކޯޗު އާން ސްލޮޓް ބުނެފި އެވެ.
ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 2-1 ންނެވެ. މެޗުން މޮޅުވިޔަސް ރެފްރީގެ ނިންމުންތަކާ މެދު ސްލޮޓް ހުރީ ހިތްހަމަ ނުޖެހިފަ އެވެ.
އޭނާ ބުނީ އާންމުގޮތެއްގައި ރެފްރީންގެ ނިންމުންތައް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭ ކްލަބަށް ބަރޯސާވާ ކަމަށެވެ. އެކަމަކު ރޭގެ މެޗުގައި ރެފްރީ ބޭނުންވީ އޭނާ އަށް އެހެން ނުވާނެކަން ދައްކަންކަން ކަމަށެވެ. އެހެންވެ ލިވަޕޫލާ ދެކޮޅަށް ނުރަނގަޅު ނިންމުންތައް އޭނާ ނިންމި ކަމަށް ސްލޮޓް ބުންޏެވެ.
"ސަޕޯޓަރުން ކިތަންމެ އަޑުގަދަ ވިޔަސް ރެފްރީ ބޭނުންވީ އޭނާގެ ނިންމުންތައް ނިމޭނެކަން ދައްކަން. އެހެންވެ އެކަމުގެ ސަބަބުން އަހަރެމެންނަށް އެހީއަކަށް ނުވި. އެކަމަކު އަހަރެމެންގެ ކުޅުންތެރިންނަށް އެކަމުން އެހީއަކަށްވީ. ސަބަބަކީ އެ ކުޅުންތެރިންނަށް އެނގުނު ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެކަން... ނަފުސާނީ ގޮތުން ކުޅުންތެރިން އިތުރަށް ވަރުގަދަ ވި،" ސްލޮޓް ބުންޏެވެ.
މެޗުގައި ޗެލްސީއަށް ލިޑް ނަގައިދިނީ ޕެނަލްޓީއަކުން މުހައްމަދު ސަލާހް އެވެ. ދެވަނަ ހާފު ފެށިގޮތަށް ނިކޮލަސް ޖެކްސަން ޗެލްސީ އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހީ ކާޓިސް ޖޯންސް އެވެ.
ސްލޮޓް ބުނީ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗަކީ ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ފަހުން މިހަތަނަށް އޭނާ ކުރިމަތިލި އެންމެ އުނދަގޫ މެޗު ކަމަށެވެ.
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
ސިޓީއަށް ލިބުނީ ލުޔެއް، އެކަމަކު ލިވަޕޫލް ދޫނުދިން
ސީޒަންގެ ބާކީ އޮތް ތަނަށް ލިވަޕޫލަށް ބޮޑު އިތުބާރެއް
ސްލޮޓްގެ ފުރަތަމަ ބަލި: "މިއީ ފަހަތަށް ވެއްޓުމެއް"
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
ސްލޮޓް ލިވަޕޫލަށް ސޮއިކޮށްފި، "ޓެންހަގަށް ވުރެ މޮޅު"
ލިވަޕޫލުގައި ސްލޮޓަށް ސަލާމަތް ވެވިދާނެތަ؟