ލިވަޕޫލް (ނޮވެމްބަރު 3) – ބްރައިޓަންގެ މައްޗަށް ފަހަތުން އަރައި މޮޅުވުމުން، ސީޒަންގެ ބާކީ އޮތް ތަނަށް ވެސް ބޮޑު އިތުބާރެއް ލިބިއްޖެ ކަމަށް ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.
03 ނޮވެމްބަރ 2024
ލިވަޕޫލް (ނޮވެމްބަރު 3) – ބްރައިޓަންގެ މައްޗަށް ފަހަތުން އަރައި މޮޅުވުމުން، ސީޒަންގެ ބާކީ އޮތް ތަނަށް ވެސް ބޮޑު އިތުބާރެއް ލިބިއްޖެ ކަމަށް ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.
ފުރަތަމަ ހާފުގައި ފެރްދީ ކަޑިއޯލޫގެ ލަނޑުން ބްރައިޓަންއިން ލީޑް ނެގި އެވެ. އެކަމަކު ދެވަނަ ހާފަށް ނުކުމެ ކޯޑީ ގަކްޕޯ އާއި މުހައްމަދު ސަލާހްގެ ލަނޑުތަކުން ލިވަޕޫލުން ނަތީޖާ ބަދަލު ކުރި އެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ސްލޮޓް ބުނީ ހާފް ޓައިމްގައި ބައެއް ޓެކްޓިކްސްތަކަށް ބަދަލު ގެނައި ކަމަށެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް، ނަތީޖާ ބަދަލުކުރަން އެހީއަށްވީ ކުޅުންތެރިން ކުރި މަސައްކަތް ތަފާތުވުމުން ކަމަށް އޭނާ ބުންޏެވެ.
"(މި މެޗުން) އަހަންނަށް ވަރަށް ބޮޑު އިތުބާރެއް ލިބިއްޖެ ސީޒަންގެ ބާކީ އޮތް ތަނަށް ވެސް،" ސްލޮޓް ބުންޏެވެ.
"ފުރަތަމަ ހާފު ދިޔައީ އަހަރެން ބޭނުންވި ގޮތަކަށް ނޫން. ދެވަނަ ހާފަށް ނުކުތުމުގެ ކުރިން ރޭވުންތެރިކަމަށް ބަދަލުތައް ގެނައިން. އެކަމަކު އެއީ ދެވަނަ ހާފުގައި ނަތީޖާ ބަދަލުކުރަން އެހީވި ސަބަބެއް ނޫން. ކުޅުންތެރިން ތަފާތު ވިސްނުމެއްގައި މަސައްކަތްކޮށް އަވަސް ކުޅުމެއް ދެއްކީމަ ނަތީޖާ ބަދަލު ކުރެވުނީ."
ފުރަތަމަ ހާފުގައި ޓީމުން ފެނުނު ދަށް ކުޅުމުގެ ގެއްލުން ރޭގެ މެޗުގައި ނުފެނުނަސް، ސީޒަންގެ އެހެން ހިސާބެއްގައި އެކަން ދައްކާނެ ކަމަށް ސްލޮޓް ބުންޏެވެ.
"ގޭމްގެ ތެރެއަށް އެނބުރި އަންނަން އަހަރެމެންގެ ގޮތުގައި މަސައްކަތް ކުރި. އެކަމަކު ފުރަތަމަ 45 މިނެޓް ތެރޭގައި އެ ފެނުނު ދަށް ކުޅުމުގެ އަދަބު ކޮންމެވެސް އެހެން ހިސާބެއްގައި ލިބޭނެ،" އޭނާ ބުންޏެވެ.
މެޗުން މޮޅުވުމުގެ އިތުރަށް ލިވަޕޫލަށް ލިބުނު ހިތްހަމަޖެހުމަކީ ވާދަވެރި މެންޗެސްޓާ ސިޓީ ބޯންމައުތު އަތުން ބަލިވުމެވެ. މިހާރު ލިވަޕޫލް އެއްވަނައިގައި އޮތީ ސިޓީގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ނަގައިގެންނެވެ.
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
ސިޓީއަށް ލިބުނީ ލުޔެއް، އެކަމަކު ލިވަޕޫލް ދޫނުދިން
ރެފްރީ ބޭނުންވީ ސަޕޯޓަރުންގެ އަޑަށް ނުގުޑާނެކަންދައްކަން
ސްލޮޓްގެ ފުރަތަމަ ބަލި: "މިއީ ފަހަތަށް ވެއްޓުމެއް"
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
ސްލޮޓް ލިވަޕޫލަށް ސޮއިކޮށްފި، "ޓެންހަގަށް ވުރެ މޮޅު"
ލިވަޕޫލުގައި ސްލޮޓަށް ސަލާމަތް ވެވިދާނެތަ؟