އެމްޓީސީސީގައި ހުރި ވަޒީފާގެ ފުރުސަތުތައް ޒުވާނުންނަށް އަންގައިިދިނުމަށްޓަކައި ބާއްވާ ޖޮބް ފެއާ މިއަދު ފަށައިފި އެވެ.
04 މާޗް 2017
އެމްޓީސީސީގައި ހުރި ވަޒީފާގެ ފުރުސަތުތައް ޒުވާނުންނަށް އަންގައިިދިނުމަށްޓަކައި ބާއްވާ ޖޮބް ފެއާ މިއަދު ފަށައިފި އެވެ.
"ޖޮއިން ޓީމް އެމްޓީސީސީ"ގެ ނަމުގައި ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާ ފެއާ މިއަދު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފެއާ ހުޅުވައިދެއްވީ އެމްޓީސީސީގެ ޗެއާމަން އަހުމަދު ނިޔާޒު އަދި ޔޫތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަލީ ޒަކީ އެެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޓީސީސީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އެގްޒެކެޓިވް އަބްދުﷲ ފުއާދު ވިދާޅުވީ 700 ވަޒީފާއަކަށް މީހުން ބޭނުންވާ ކަމަށާއި އެ ވަޒީފާތަކަކީ އެ ކުންފުނިން މިއަހަރު ހިންގަން ހަަމަޖައްސާފައިވާ އެކި ޕްރޮޖެކްޓްތަކާ އެކު ފަހިވާ ފުރުސަތުތަކެއް ކަމަށެވެ. އަލަށް ވަޒީފާއަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް އެމްޓީސީސީއަކީ އެންމެ ރަނގަޅު ކުންފުންޏަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެއާ ހުޅުވައިދެއްވުމަށްފަހު އެމްޓީސީސީގެ ޗެއާމަން، ސްޓޯލެއްގެ މަސައްކަތް ބައްލަވާލަައްވަނީ: ފެއާ ކުރިއަށްދާނީ މިރޭ 10:00 ޖަހަންދެން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"ސަަރުކާރުގެ މެގަ ޕްރޮޖެކްޓުތަކާ އެއްކޮށް މިއަހަރު ގާތްގަނޑަކަށް 700 ވަޒީފާ ފަހިވެގެން ދާނެ. އެހެން ނަމަވެސް މިއީ ބަލްކް ކޮށް ނަގާ އެއްޗިއްސެއް ނޫން. މުޅި އަހަަރަށް ބަހާލައިގެން ކުރިއަށްގެންދާނީ،" ފުއާދު ވިދާޅުވި އެވެ.
މިދިޔަ އަހަރު ނިމުނުއިރު އެމްޓީސީސީގައި 1700 މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.
ފެއާގެ ތެރޭގައި ވަަޒީފާތަކަށް ފޯމު ހުށަހެޅޭނެ އެވެ. އަދި ވަޒީފާތަކަށް އިންޓަވިއުކުރުމާއި އެމްޓީސީސީގެ އެކި ޑިޕާޓްމަންޓުތަކުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވޭނެކަމަށް ފުއާދު ވިދާޅުވި އެވެ.
"އެމްޓީސީސީން މިއަހަރު ހިންގާ ލޯންގް ޓާމް އަދި ޝޯޓް ޓާމް ޓްރެއިނިން އަކީ ކޮބައިކަން ކިޔައިދެވޭނެ. ކެރިއަ ގައިޑެންސަކީ ކޮބައިކަމާއި އެ ކުދިންގެ ފިއުޗާ ބައްޓަން ކުރާނީ ކިހިނެއްކަން ވެސް ކިޔައިދެވޭނެ. ހޯލް ޕެކޭޖެއް އަޅުގަނޑުމެން މިއަދު މި ފަހިކޮށްދެނީ،" ފުއާދު ވިދާޅުވި އެވެ.
30،000ރ.ގެ މުސާރާގައި މަހާ ޖައްރާފަށް ކައްކާއެއް
"ހަވާލުވިއިރު އެމްޓީސީސީ އޮތީ 954 މިލިއަނުން ދަރާ"
ދޮޅުއަހަރުން ސަރުކާރު ކުންފުނިތަކުން 15،000 ވަޒީފާ
ރެކޯޑް އަހަރަކަށްފަހު އެމްޓީސީސީގެ ފެށުން ވެސް ރަނގަޅު
އެމްޓީސީސީގައި ތަމްރީންވުމަށް ހާއްސަ ފުރުސަތުތަކެއް
ހައުސިންގެ މަޝްރޫއުތައް ހިންގަން އެމްޓީސީސީން ވިސްނަނީ
ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނާ އެކު އެމްޕީއެލް
"ޒުވާނުން ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ"
މަހާޖައްރާފަށް ދިވެހި ކެޕްޓަނަކު ހޯދަނީ
މައުލޫމާތު ގާނޫނު ކުންފުނިތަކަށް ހިނގާނެ: ހައި ކޯޓު