އެމްޓީސީސީން އެކި ދާއިރާތަކުން މީހުން ތަމްރީން ކުރުމަަށް ހިންގާ "ހުނަވަރު" ޕްރޮގްރާމްގެ ދަށުން 140 ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
31 ޖެނުއަރީ 2022
އެމްޓީސީސީން އެކި ދާއިރާތަކުން މީހުން ތަމްރީން ކުރުމަަށް ހިންގާ "ހުނަވަރު" ޕްރޮގްރާމްގެ ދަށުން 140 ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ކުންފުނީގައި އެންމެ ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް މި ފުރުސަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި ފަންނީ ދާއިރާގެ ގިނަ ވަޒީފާތަކެއް ހިމެނެ އެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެ ކުންފުނީގައި ވަޒީފާތައް އެބަހުރި ކަމަށާއި "ހުނަވަރު" ޕްރޮގްރާމްގެ ދަށުން ތަމްރީން ފުރިހަމަކުރާ މީހުންނަށް އެ ފުރުސަތުތައް ލިބޭނެ ކަމަށެވެ. މިއީ ދިވެހިން ކުރިއަރުވަން ބޭނުންވާ ދާއިރާތަކަށް ވުމުން ވީހާ ވެސް ގިނަ މީހުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް އޭނާ އެދިވަޑައިގަތެވެ.
މިދިޔަ އަހަރު ވެސް އެމްޓީސީސީން މި ޕްރޮގްރާމް ހިންގާފައިވާއިރު، އެކަށީގެންވާ ތަރުހީބެއް އެހާތަނަށް ނުލިބޭ ކަމަށް އާޒިމް ވިދާޅުވި އެވެ. އެހެންވެ، ތަމްރީން ފޯރުކޮށްދޭ ދާއިރާތަކުގެ ވަޒީފާތަކުގެ މުސާރަ މިހާރު ބޮޑު ކޮށްފައިވާ ކަމަށާއި ގިނަ އަދަދެއްގެ ވަޒީފާ އެ ކުންފުނިން ކުރިމަގުގައި ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ވަޒީފާ ނެތް ކަމަށް ބުނާ ކުދިން އެބަތިބި ވަރަށް ގިނަ ރަށްރަށުގައި. އެ ކުދިންނަށް ވަރަށް ރަނގަޅު ފުރުސަތެއް މިއީ. އަޅުގަނޑުމެން އެދެން ޝައުގުވެރިކަން ހުންނަ މީހުން އެކަން އަޅުގަނޑުމެންނަށް އަންގަން. އޭރުން އެ ފުރުސަތުތައް އަޅުގަނޑުމެން ހުޅުވައިލަ ދޭނަން،" އާޒިމް ވިދާޅުވި އެވެ.
"މިއަހަރު ތެރޭ ބަހުގެ ހިދުމަތް ފުޅާކޮށް، ބަސް ޑްރައިވަރުންނާއި އެޖެންޓުން ބޭނުންވާނެ. މި ގޮތުން ގާތްގނޑަކަށް 100އަށް ވުރެ ގިނަ ވަޒީފާ ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާން ކުރާނެ."
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެ ކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
- ބަސް ޑްރައިވަރު: 50 ފުރުސަތު
- އެކްސްކެވޭޓަރު އޮޕަރޭޓަރު: 20 ފުރުސަތު
- ކްރޭން އޮޕަރޭޓަރު: ފަސް ފުރުސަތު
- ލޯޑާ އޮަޕަރޭޓަރު: 10 ފުރުސަތު
- ސައިޓް ސުޕަވައިޒަރު: 15 ފުރުސަތު
- ވެލްޑަރު: 20 ފުރުސަތު
- މެރިން މެކޭނިކް: 10 ފުރުސަތު
- ޓަގް މެކޭނިކް: ފަސް ފުރުސަތު
- ޓިންކާ: ފަސް ފުރުސަތު
"ހުނަވަރު" ޕްރޮގްރާމްގެ ދަށުން ތަމްރީން ހާސިލްކުރާ މީހުންގެ ތަމްރީނުްގެ މުއްދަތުގައި ކޮންމެ މަހަކު 5،000ރ. ގެ އުޖޫރައެއް ލިބޭނެ އެވެ. ޕްރޮގްރާމް ނިންމާ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭއިރު، ހުރިހާ ވަޒީފާތަކަށް ވެސް 10،000ރ-25،000ރ. އާ ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ. ޝައުގުވެރިވާ މީހުންނަށް ހާއްސަ ކޮށްގެން މާލެ އާއި ކުޅުދުއްފުއްޓާއި ލ. އަތޮޅުގައި އޯޕަންޑޭއެއް ބާއްވާނެ އެވެ. އެހެން ރަށްތަކުން މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.
އެމްޓީސީސީއަކީ ހުރިހާ އެންމެނަށް ވެސް ހަމަހަމަ ވަޒީފާގެ ފުރުސަތުތައް ދޭ ކުންފުންޏަކަށް ވާތީ އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ވަޒީފާތަކަށް ކުރިމަތި ލެއްވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީން 43 ބަސް ޑްރައިވަރުން ތަމްރީނުކޮށްފި
ހެވީ ވެހިކަލް ދުއްވަން ދިވެހިން ތަމްރީިން ކުރަނީ
ޓެކްނިކަލް ދާއިރާތަކަށް މުވައްޒަފުން ލިބުން ދަތި
އެމްޓީސީސީން 200 އަށް ވުރެ ގިނަ ވަޒީފާ
ރަސްފަންނު މަރާމާތުކުރުމުގެ ފުރުސަތެއް ނުދިން:އެމްޓީސީސީ
"ރަސްފަންނު ބަލަހައްޓަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފައި"
އެމްޓީސީސީއަށް ނުދެއްކޭވަރުގެ ދަރަންޏެއް ނޯންނާނެ:އާޒިމް
މަޝްރޫއުތައް އަވަސްކުރަން އެމްޓީސީސީން ބޮޑު ޑްރެޖަރެއް
5ބިލިއަންގެ މަޝްރޫއުން އަމާޒަކީ ބޮޑު އާމްދަނީއެއް
މުޒާހަރާކުރާ މީހުން ޓްރެފިކްހުއްޓުވާ މައްސަލަ ބޮޑުވެއްޖެ