24 އޮކްޓޯބަރ 2024
ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖަހާފައިވާ ގިނަ އަދަދުތައް ރިއަލިސްޓިކް ނޫން ކަމަށާއި އަހަރަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ކޮންޓްރެކްޓް އަގު 36 ބިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖަހާފައިވާ ގިނަ އަދަދުތައް ރިއަލިސްޓިކް ނޫން ކަމަށާއި އަހަރަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ކޮންޓްރެކްޓް އަގު 36 ބިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރު ކުރާ އެއް ސަބަބަކީ ޕްރޮޖެކްޓްތަކަށް ކުރަން ޖެހޭ ހޭދަ އިތުރުވުން ކަމަށެވެ.
އޭނާ ވިދާޅުވީ، ޕީއެސްއައިޕީގެ މިދިޔަ އަހަރުގެ ބިލްތަކަށް ފައިސާ ދެއްކުމާއި އަލަށް ފެށި ބައެއް ޕްރޮޖެކްޓްތަކުގެ ދުވެލި އަންދާޒާކުރި ވަރަށް ވުރެ ބާރަށް ހިނގުމާއި މާ ކުޑަ އަގެއް ޖަހައިގެން ބަޖެޓު ކުރި ޕްރޮޖެކްޓްތަކުގެ ސަބަބުން މަޝްރޫއުތަކަށް އިތުރު ދެ ބިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
"މިއީ 2023 ވަނަ އަހަރު ގިނަ މަޝްރޫއުތަކެއް އެވޯޑުކޮށް، އެޑްވާންސް ޕޭމަންޓް ހަދާފައިވާއިރު ފިސްކަލް ހާލަތަށް ރިޔާޔަތްކޮށް، ދެމެހެއްޓެނިވި މިންވަރެއްގައި މި ދާއިރާގެ ހަރަދު ހިފެހެއްޓުމުގެ ވިސްނުން ގެންގުޅެފައި ނުވާކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވިގޮތުގައި، ބަޖެޓުގެ އަދަދު އިތުރު ކުރަން ޖެހިވަޑައިގަންނަވާ އަނެއް ސަބަބަކީ ރިފޯމުތަކެއް ގެންނަން ކަނޑައަޅާފައި ހުރި ނަމަވެސް، އެކަންކަމާ ގުޅޭ މަސައްކަތްތައް ފުރިހަމައަށް އެކުލަވައިލާފާ ނެތުމުން، އެކަންކަން ތަންފީޒު ނުކުރެވިފައި ވާތީ އެވެ.
ޒަމީރު ވިދާޅުވީ، މި އަހަރަށް ކަނޑައެޅި ބަޖެޓުން މިހާތަނަށް 74 ޕަަސެންޓު ހޭދަކޮށްފައިވާ ކަމަށެވެ. ސަރުކާރުގެ ހަރަދުތަކަށް ބަޖެޓުން ވަނީ 37 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ޖުމްލަ ބަޖެޓުން ވަނީ 39 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
އޭނާ ވިދާޅުވީ، މިއަހަރު ނިމޭ އިރު ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 34 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު މިދިޔަ މަހުގެ ނިޔަލަށް 27 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި އަންނަ މަހުން ފެށިގެން ސިނގިރޭޓާއި ބިޑީގެ އިމްޕޯޓު ޑިއުޓީއަށް ގެންނަ ބަދަލާ އެކު މިއަހަރަށް ލަފާކުރި އަދަދަށް ވުރެ އާމްދަނީ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ އަމާޒަކީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް ބަޖެޓުގައި ހިމެނިފައިވާ ހަރަކާތްތަކާއި މަޝްރޫއުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުން. އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް މަޝްރޫއުތަކުގެ ޕައިޕްލައިން އެކުލަވައިލާ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުން،" އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ ބަޖެޓުގައި 3،000 ވުރެ ގިނަ ޕްރޮޖެކްޓް ވަނީ ހިމަނައިފަ އެވެ.
- ސަޕްލިމެންޓްރީ ބަޖެޓު: 5.1 ބިލިއަން ރުފިޔާ
- ޕީއެސްއައިޕީ: ދެ ބިލިއަން ރުފިޔާ
- ސަބްސިޑީ: އެއް ބިލިއަން ރުފިޔާ
ސަޕްލިމެންޓްރީ ބަޖެޓުން ވަނީ ކިޔަވާ ކުދިންނަށް ދޭ ލޯނަށް 458 މިލިއަން ރުފިޔާ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 441 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެންސްޕާ އަށް 263 މިލިއަން ރުފިޔާ އިތުރު ކުރި އިރު މެޑިކަލް ކޮންޒިއުމަބަލްސް އަށް ވަނީ 200 މިލިއަން ބޮޑުކޮށްފަ އެވެ.
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
މި އަހަރަށް 5 ބިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓެއް
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
މުސާރަ ކުޑަކުރާއިރު ޕްރޮފެޝަނަލް ސްޓާފުން އިސްތިސްނާވާނެ
ސިޔާސީ މުވައްޒަފުންގެ މުސާރައަކީ ބަޖެޓުގެ އެއް ޕަސެންޓް
ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރުކުރަން މަޖިލީހަށް
ސަޕްލިމަންޓްރީ ބަޖެޓުތަކުން ހަރަދުކުރީ ގާނޫނާ ހިލާފަށް
6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ