26 އޮކްޓޯބަރ 2024
އިޒްރޭލުން އީރާނަށް މިފަހަރު ދިން ހަމަލާތަކުގެ ބަދަލު ހިފަން އީރާނުން ރައްދު ނުދީ، ފަހަރަކު ބަޔަކު ރައްދު ދެމުން ދިއުމުގެ "ބުރު" ނިމުމަކަށް ގެނައުމަށް އެމެރިކާއިން ގޮވާލައިފި އެވެ.
އިޒްރޭލުން އީރާނަށް މިފަހަރު ދިން ހަމަލާތަކުގެ ބަދަލު ހިފަން އީރާނުން ރައްދު ނުދީ، ފަހަރަކު ބަޔަކު ރައްދު ދެމުން ދިއުމުގެ "ބުރު" ނިމުމަކަށް ގެނައުމަށް އެމެރިކާއިން ގޮވާލައިފި އެވެ.
"އީރާނުން އިޒްރޭލަށް ރައްދު ނުދިނުމަކީ އެމެރިކާގެ އެދުމެއް. މި ނުރައްކާ ހާލަތު އިތުރަށް ނުރައްކާ ނުވެ ނިމުމަކަށް ގެނެވޭނީ [އެއްބަޔަކު ހަމަލާ ދޭއިރަށް އަނެއް ބަޔަކު] ރައްދު ދިނުން ހުއްޓިގެން،" އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޝޯން ސެވެޓް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
އިޒްރޭލުން ބުނީ އީރާނަށް ދިން ހަމަލާތައް އަމާޒުކުރީ އިޒްރޭލަށް ހަމަލާދޭން އީރާނުން ބޭނުންކުރާ މިސައިލް ސައިޓްތަކާއި އަސްކަރީ އެހެން މަރުކަޒުތަކަށް ކަމަށެވެ. އަދި މިއީ އިޒްރޭލަށް މި ވަގުތަށް އީރާންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާ ކުޑަކުރުމަށް ވިސްނައިގެން ދިން ރައްދެއް ކަމަށް ބުންޏެވެ.
"އިޒްރޭލުގެ ރައްދަކީ އަމިއްލަ ދިފާއުގައި ދިން ހަމަލާއެއް. ހަމަލާތަކުގައި ވަނީ މީހުން ގިނަ ސަރަހައްދުތައް އިސްތިސްނާކޮށްފައި. ހަމަލާ ދިނީ ސީދާ އަސްކަރީ ތަންތަނަށް. އެކަމަކު އީރާނުން އިޒްރޭލަށް ހަމަލާ ދިން އިރު އަމާޒުކުރީ އެންމެ މީހުންގެ ގިނަ ސިޓީއަށް،" ސެވެޓް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިޒްރޭލުން ދިން ހަމަލާގައި އެމެރިކާގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އެމެރިކާއިން މަސައްކަތްކުރަނީ ސަރަހައްދަށް ހަމަޖެހުން ގެނައުމުގައި ޑިޕްލޮމެޓިކޮށް މަސައްކަތް ހަލުވިކުރަން ކަމަށް ވިދާޅުވި އެވެ.
އެމެރިކާއިން ބުނެފައިވާ ގޮތުގައި އެ ގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވަނީ އިޒްރޭލުން އީރާނަށް ދޭ ހަމަލާ އަކީ އެކަށީގެންނުވާ ވަރުގަދަ ހަމަލާއަކަށް ވެދާނެތީ އެކަން އެގޮތަށް ވިޔަ ނުދިނުމަށް އިޒްރޭލާ އެކު މަސައްކަތްކޮށްފަ އެވެ. ތަރުޖަމާނު ވިދާޅުވީ ހަމަލާތައް އިޒްރޭލުން ދިން ގޮތަށް ބަލާއިރު އެމެރިކާގެ މަސައްކަތުގެ ނަތީޖާ ފެނިފައިވާ ކަމަށް ގަބޫލުކުރެވެ އެވެ. -- އޭއެފްޕީ
އިޒްރޭލަށް ހަމަލާދިނުމުން އީރާނަށް ފިޔަވަޅު އަޅަނީ
ހަމަލާދިނުމުގެ ކުރިން އެމެރިކާއަށް އެންގިން: އީރާން
އިޒްރޭލަށް ހަމަލާ ދީފާނެ، ކާމިޔާބެއް ނުވާނެ: ބައިޑެން
އީރާންގައި ބޮން ގޮއްވައި 100 އަށްވުރެ ގިނަ މަރު
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް
ހަމަލާ ހުއްޓާލާށޭ ނުކިޔާ، މިއީ ހަނގުރާމައިގެ ވަގުތު
އީރާންގެ މުޒާހަރާތަކުގެ އަޑީގައި އެމެރިކާ އާއި އިޒްރޭލު
އިޒްރޭލާއި އެމެރިކާ ސަލާމަތީ އެއްބަސްވުމެއް ހަދަނީ
އިޒްރޭލާއި އީރާން ވަރުގަދަ ބަހުގެ ހަމަލާތަކެއްގައި
އީރާން ހުއްޓުވަން އެންމެ ރަނގަޅީ ނިއުކްލިއާ މުއާހަދާ